މ. މުލީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
22 ސެޕްޓެމްބަރ 2025 - 22:17
މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.
މ. މުލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ނޮވެމްބަރު 11 އިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރުން ފައިސާ ދެއްކޭ އަދަދު ނޮވެމްބަރު 11 އިން ފެށިގެން މަތިކުރަނީ އެ ބޭންކުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ "އަޅުވެތިކަމުން" އަރައިގަތުމަށް އަޅާ މުހިންމު ފިޔަަވަޅުތަކެއް ކަމަށެވެ.
މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ރައީސް ވަނީ ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް މިއަދު ހަމަޖެއްސި ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
ޔުއާން އިން އެކައުންޓު ހުޅުވޭނެ ގޮތަށް ހަމަޖައްސެމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޓިޑް ކާޑު ތައާރަފުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިންޑިއަން ރުޕީސް ބޭނުން ކުރެވޭ ގޮތް ހަމަޖައްސަން ބީއެމްއެލަށް މިހާރު ވެސް ވާނީ އަންގަވައިފަ އެވެ.
"ދިވެހި ވިޔަފާރިވެރިން ޗައިނާ އިން ވަރަށް ބޮޑަށް ވިޔަފާރި ކުރޭ. ވަރަށް ބޮޑު ތަނުން އޭގެ ނަތީޖާ ރަނގަޅުވާނެ. އަދި ޖެނުއަރީ އެކަކުން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓްތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާ ކާޑު، ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އޭގެން ވެސް ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާއި އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ."
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ހަމަޖެހިގެން ދިޔުމުން ދިވެހި ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮތް ޑިމާންޑު ކުޑަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނާރު
23 September 2025
މިހާރުވެސް ތި 500 ޑޮލަރުވެސް ކަނޑަނީ ރަސްމީ ރޭޓަކުންނޫން
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
23 September 2025
ކަމެއް ކޮށްދެންޏާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުން ގަންނަ އެއްޗިއްސަށް ކެނޑޭވަރު 1000 ޑޮލަރަށް ހަދާދީ!! އޭރުން މަ ބުނާނަން ކަމެއް ކޮށްފިޔޭ ރައްޔިތުންގެ ފައިދާއަށް
ޞުލޭ
23 September 2025
ކާޑުގެ ކުރެޑިޓް ލިމިޓް ހަމަވަން ދެން ބޭނުން ކުރެވެން ވާނެ.
ސަރުކާރު ބޭންކް 2.0
23 September 2025
1000 ޑޮލަރު ކެނޑުމެއްނޫން މުޙިއްމީ ބޭންކުން ކަނޑާނީ ތި 1000 ޑޮލަރު -/20ރ ކަމަށް ވަނޏާ ކޮބާ ލިބޭ މޮޅެއް؟ ހުރިހާ ފައިދާއެއް ބޭންކަށް ހެހެ
އަސަރީ
23 September 2025
ރާއްޖޭގެ ބޭންކުތަކުން އަދި މިހާތަނަށް ތިބުނާ -/20 ރުފިޔާގެ ރޭޓުން ޑޮލަރު ކަނޑާފައި ނުވާކަށް ފާހަގަ ކުރަމެވެ. ރައީސް ތި ނެންގެވި ފިޔަވަޅަށް ޝުކުރު އަދާކުރަމެވެ.
އަފްރާސިޔާބު
23 September 2025
ބޭންކުން ޗާޖް ކުރާނީ ރަސްމީ ރޭޓުގައި. ދެންބޭންކުން އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނަގާތީ ޗާޖްކުރާ 20 ޕަސެންޓާއި ޓްރާންޒެކްޝަން ކޮސްޓާއި ސަރޗާޖް ނަގާނެ. އެއީކުރިންވެސްް ނަގާ އެއްޗެއް ހެންހީވަނީ. އަހަރެން ބޭންކުން ޑޮލަރެއް ނުނަގަން.
ރައިކް
23 September 2025
ކްރެޑިޓް ކާޑުގެ ލިމްޓް ބޮޑެއް ނުކުރޭ! މުއްސަދިންނަށް ލިމިޓް ބޮޑު އާދައިގެ ރައްޔިތުންނަށް 750 ޑޮލަރު! ކޮބާ އިންސާފު؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
23 September 2025
މިއީ ނަމެއްގަ ކުރާ ކަމެކޭ. ރައްޔިތުންނަށް ފަސޭހައަކަށް ނޫނީ އިޤްތިޞާދު ކުރިއަރުވާކަށް ނޫނޭ މިގޮތަށް ހަމަޖައްސަނީކީ
އަލީބެ
23 September 2025
މިޚަބަރުގަ ޖަހަންވީ ނޮވެމްބަރުމަހުން ފެށިގެން 1000 ޑޮލަރުދޫކުރަން ވިސްނާވާހަކަ. އަހަރެމެން މިތިބީ އެވަރުންވެސް އަތްޖަހާގޮތަށް
އަހުމަ
23 September 2025
ތިޔަ ޑޮލަރެއް ވެސް ލިބިއްޖެއްޔާ ރަނގަޅު. މިހާރު ވެސް މި އުޅެނީ އާސަންދައިން ބޭސް ކުރަން ދާ މީހުންނަށް ދޭ 2000 ޑޮލަރު ވެސް ނުލިބިގެން. އެޕްރޫވްޑް އޯ އެކަމު ޑޮލަރު އަތަށް ނާރާ. ކޮންމެ ދުވަހަކު އާދޭސް ކުރަން މި ޖެހެނީ. ޢެޕް މެދުވެރިކޮށް މެސެޖް ކުރީމަ އެއަށް ވެސް ޖަވާބެއް ނުލިބޭ.
ސިމްވާ
23 September 2025
ދެން ނުޖެހޭނެ ބޮޑު އަގުގަ ޑޮލަރު ހޯދަން ދުވާކަށް، ވިޔަފާރިވެރިންނަށް އެމީހުން ބޭނުންވާ އަދަދަށް ޑޮލަރު ލިބޭ، ބޭސްފަރުވާއަށް ދާމީހުންނަށް ޑޮލަރު ލިބޭ.
އަލިބެ....
23 September 2025
ދިވެހިން ހަމަ މިހާ ގަޅީހެއްޔެވެ. ކޮމެންޓުތައް ބަލާލީމާ ހަމަ ދެރަވެއްޖެއެވެ. މިދިޔައަހަރު ފުރާ މީހަކަށް 1000 ޑޮލަރު ދޭން ބުނެގެން އެކަން ވީގޮތެއް އެގޭ ދިވެއްސަކު ނެތެވެ. ހައްޖުވެރިންނަށް ދޭންބުނި 2000 ޑޮލަރުވެސް ލިބުނު އާދައިގެ ދިވެއްސަކު ނެތެވެ. ސަރުކާރުގެ ވެރިންނަށް ނުލިބޭ ވާހަކައެއް ނޫނެވެ. 500 ޑޮލަރު ނުދެވިގެން ބޭންކުތައް ބަގުރޫޓު ވެދާނެތީ 250ޑޮލަރަށް ލިމިޓު ދަށްކޮށްފައިވެސް މިބުނަނީ 3000 ޑޮލަރު ދޭނެ ކަމަށެވެ. އެކަމަކުވެސްހަމަ އަތްޖަހަނީއެވެ.
ރާއްޖެ
23 September 2025
2000 ޑޮލަރުގެ ކާޑް ލިމިޓް ލިބުނު ކަން ހައްޖަށް ދިޔަ މީހަކަށް ވިއްޔާ އެނގޭނެ.
ރައިކް
23 September 2025
ވަަރަށް ރަނގަޅު ވާހަކައެއް
ޗަޕް
23 September 2025
ފުރާހައި މީހަކަށް 1 ހާސް ޑޮލަރު ހަމަޖެއްސިކަމަށް ތިކިޔަނީ އެމްޑީޕީ މީހުންނެވެ. އަހަރެމެން އަޑުއެހީ އަމިއްލަ ގޮތުން ބޭހަށް ދާމީހުންނަށް 1 ހާސް ޑޮލަރުދޭ ވާހަކައެވެ. ހަމަގައިމުވެސް އެ 1ހާސް ޑޮލަރު ދެއެވެ. ޙައްޖާއި އުމުރާގެ 2 ހާސް ޑޮލަރަކީ އަތަށް ދޭ އެއްޗެއް ކަމެއް ނޭނގެއެވެ. ސައޫދީގައި 2 ހާސްޑޮލަރު އެކާޑުން ބޭނުން ކުރެވެއެވެ. އެހެންވީމަ ފިތުނަ ނުއުފައްދައި މަޑުން ހުންނާށެވެ.
ނުއުމާން
23 September 2025
ޑޮލަރު އަގު ކަޅު ބާޒާރެއް އޮތަސް މިހާރު އާންމު މީހުންގެ ގިނަ ބޭނުންތަކަށް މިހާރު ޑޮލަރު ލިބޭ، މީ ވަރަށް ރަނގަޅުކަމެއް މިސަރުކާރުން ކުރި
ސައްޙާފް
23 September 2025
އަދި ދިވެހި ބޭންކުން ބޭރުމީހުންނަށް ދޫކުރާ ވިސާ ޑެބިޓްގެ މުއްދަތު ހަމަވާތާރީހަކީ ވޯކް ވިސާ ތާރީހް ކަމަށް ހަދާ، އަހަރުން އަހަރަށް ރިނިއު ކުރަންޖެހޭ ޓެމްޕަރަރީ ކާޑު ސިސްޓަމެއް ގާއިމު ކުރަންޖެހޭ