ބަނގުރަލާ އެކު ހައްޔަރުކުރި މީހާ.
13 މެއި 2025 - 10:12
ހުޅުމާލޭގައި ކާރަކަށް ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ރީތިގަސް މަގުން ކާރަކަށް ބަނގުރާ އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މުހައްމަދު އުޝާން، 46، ގ. ލާމިއާގެ ކަމަށެވެ.
ފުލުހުން ބުނީ އަމީން އެވެނިއު މެޕަލް ކުރިމަތިން ކާރު ހުއްޓުވައިގެން ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނުނު ކަމަށާއި އެ ފޮށިގަނޑުތަކުގައި 84 ފުޅި ބަނގުރާ ހުރި ކަމަށެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ވެސް 40 ފުޅި ބަނގުރަލާ އެކު އިންޑިއާ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކުރި އެވެ. އެ މީހުން އަތުލައިގަތީ ބޯފެން ހުސްކުރި ފުޅިތަކަކަށް ރާ އަޅައިގެން، ވޭނެއްގައި އެ ހިފައިގެން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞުހުތާނު7
13 May 2025
އަޅުގަނޑު މިދިޔަ ހަފްތާވެސް ދުށިން ޕިކަޕަކަށް ތިފަދަ ފޮށިގަނޑެއް އަރުވާތަން.. ސަފާރީއަކުން ބޭލީ.. ހެނދުނު 7 ޖަހަނީ އޭރު.. ފެރީ ޓަރމިނަލް ކާރިއަށް.. ޕިކަޕް ފަހަތުން ދިޔައިން އެކަމު ވަަރަށް ބާރަށްގޮސް މީތި ފިލައިފި.. ރޯމާދުވާލު ހިންގާ ކަމެއްމީ.. ކާކު މިކަން ބަލަނީ.. ބަލާ ވަގުން ޖީބަށް އަތްޖަހާފަ، ކެޓް ވޯކުގަ ހިނގާފަ އުޅޭ ގައުމެއް މިނޫނީ އޮވޭބާ؟
ނިމުނީ
13 May 2025
އެވާނީ ކޮންމެވެސް ރިޒޯޓެއްގެ ގުދަނުން ވަގަށް ނެގިއެއްޗަކަށް. އަވަހަށް ގުދަނަށް ވައްދާލާ. އެހިސާބުން މައްސަލަ ނިމުނީ
ލާމިގެ
13 May 2025
އެ ބެއްޔާވެސް ފެންވަރާލާ ފުށްކޮޅެއް ޖަހާލަންދެން މަޑުކޮށްލަން ނޭނގުނު ދޯ ފޮޓޯ ނެގުމުގެ ކުރިން ފުލުހުންނަށް؟
ސުހާބާ
13 May 2025
މީނާގެ ހައްގު ހޯދަން މުޒާހަރާ ނުކުރާނެބާ؟
ބާބިޝާ
13 May 2025
ޕާޓީ ބާއްވާ މީހުން ކޮށްފާނެއްނު.