ބަނގުރާ ފެނިގެން ހައްޔަރުކުރި މީހާ.
27 އޯގަސްޓް 2025 - 19:47
ހުޅުމާލެ އިން ބަނގުރާފުޅިތަކެއް ޕިކަޕަކަށް އަރުވައިގެން ދަނިކޮށް، އުމުރުން ދުވަސްވީ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ތ. ގާދިއްފުށީ، ނީލާއާކާސް، އަލިމަނިކު ކަމަށެވެ. އުމުރުން 57 އަހަރުގެ އެ މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އޭނާ ދުއްވަމުން ދިޔަ ޕިކަޕު ހިފަހައްޓައި ބަލައިފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެެވެ.
ޕިކަޕެއް ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން ފެނުނު ބަނގުރާ.
ފުލުހުން ބުނިގޮތުގައި ހުޅުމާލެ 1 ގައި ދުއްވާފައި ދިޔަ އެ ޕިކަޕުން 14 ފުޅި ބަނގުރާ ފެނުނެވެ. އަދި އޭނާ ލައިގެން ހުރި އަންނައުނު ބަލައިފާސްކުރިއިރު އެ އިން ވެސް މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ބުންޏެވެ.
އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިމްރާން ޚާން
28 August 2025
މި މީހާ އެއް ނޫންތަ ޝޭއިހް އިމްރާންގެ ކާރުގަ ޖައްސައިގެން އަހަރެމެންގެ އެމްޕީ ޕޮލިސް އިމްރާން ބޮޑު ޑްރާމާ އެއް ކުޅުނީ؟ ބަލާބަ މިހާރު ކޮބާތަ އެއްކަލަ ޕޮލިސް އިމްރާން މި މީހާ ސަލާމަތް ކުރަން؟؟؟
މުސްކުޅި އުމުރަކީ ކޮބާ
28 August 2025
އުމުރުން ދުވަސްވީ މީހަކަށްވަނީ ކޮން އުމުރަކަށް އެޅީމަ. އުމުރުން 1 ދުވަސް ވިޔަސް އެއީ ދުވަސްވީ މީހެއް. ރާއްޖޭގައި ވަޒީފާއާއި ޕެންޝަނަށް ރިޢާޔަތްކޮށް މުސްކުޅި ކުރުވާ ނޫނީ އިސްރަށްވެހިންކަމަށް ބެލޭނެ އެއް މިންގަނޑަކީ، 65 އަހަރު. 57 ވީމަ އަދި އުމުރުން ދުވަސްވީއޭ ނުކިޔަމާ. މީހާގެ ފޮޓޯއަށް ބަލާފަ އެހެން ލިއެލެވުނީ ކަންނޭންގެ
އަޗާބޮނޑު
28 August 2025
ހުވާނުކުރާ ފުލުހުން އުޅޭއިރު އެ ބޭބެ ފުރޭމު ކުރިހެން ބޮޑަށް ވައްތަރީ.
ޑރ ވާންޗޯ
27 August 2025
އިންސާނާ މިދުނިޔެދޫކޮށް ދާންޖެހުމަކަށް ވަކިއުމުރެއް ސަރުތެއްނުވޭ. އެކަމަކު 57 އަހަރު ވީމަ އާޚިރަތުގެމައްޗަށް ދުނިޔެ އިސްކުރެވުމަކީ ހިތާމަހުރިކަމެއް.
ރަދީފްއޮފިޝަލް /
27 August 2025
ހެހެހެހެ.އަނގަމަތި ހުރި ގޮތެއް.
ބަބްސް
27 August 2025
ތިޔަފުޅިތަށް އަންނަނީ ކޮންތަނަކުން ކަމާ ، ފުޅިތަށް ގެންދާތަނާ ، ފުޅިތަށް ބޮނީ ކޮންބަޔެއްކަމާ ހުރިހާކަމެއް ފުލުހުންނަށް އަދި ސަރުކާރު ތަކަށްވެސް އެނގޭ. ރާއްޖޭގައި ވެރިކަން ކުރާއެކަކުވެސް އިހްލާސް ތެރިޔެއް ނޫން.
އެޑްމުންޑޯ
28 August 2025
އެބުނާހެން ، މިފުޅިތަށް ޕިކަޕްތަކަށް އަރުވަނީ ކޮންބައެއްކަން ހޯދާ ހައްޔަރުނުކޮށް މީދެން ކޮންކަމެއް ، ޑްރަގުވެސް އެތެރކޮށް ވިއްކާ މީހާ ބަހައްޓާފައި އޭގެ އަވާގައި ޖައްސާފައި ، އެބޯކުދިން މިހައްޔަރު ކުރަނީ