ވިނަރެސް ޓަވަރެއްގައި އެޗްޑީސީން ހުޅުވި އާ އޮފީސް: އެތަނުން ކަސްޓަމާ ކެއާގެ ހިދުމަތްތައް ލިބޭނެ ކަމަށް އެޗްޑީސީން ބުނޭ --- ފޮޓޯ/އެޗްޑީސީ
13 މެއި 2025 - 15:21
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސްގެ ޓަވަރެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ.
އެ އޮފީސް ހުޅުވީ ވިނަރެސްގެ ހަވަނަ ޓަވަރުގެ ފުރަތަމަ ފުލޯގަ އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ވިނަރެސްގެ ހަވަނަ ޓަވަރުގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވާފައިވާ ކަމަށެވެ.
އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ހުޅުވި އޮފީހެއް ކަމަށް އެޗްޑީސީން ބުންޏެވެ.
The new HDC Customer Care outlet is now open at Vinares 6, bringing added convenience to residents of Hulhumalé 2#WithHDC pic.twitter.com/UGOOcaaLGT
— Housing Development Corporation (@hdcmaldives) May 13, 2025
އެޗްޑީސީން ބުނި ގޮތުގައި، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި އެކި ބާވަތުގެ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްތައް ވެސް އެ އޮފީހުން ލިބޭނެ އެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް އެ އޮފީސް ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ އޮފިސް ހުޅުވުމާ އެކު، ހިޔާ ޓަވަރެއްގައި ކުރިން ހުރި އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކޮށް، އެ އޮފީހުން ދެމުންދިޔަ ހުރިހާ ހިދުމަތެއް އާ އޮފީހަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އ
13 May 2025
އެޗްޑީސީގެ ހިދުމަތްތަ ހުޅުމާލޭން ނުލިބެނީތަ?
ދޮން
13 May 2025
ނުޙައްޤުން ހޯދި ފުލެޓާއި ގޯތި އަދި އެކަކަށް ލިބުނު 2 ފުލެޓާއި ކުލި ނުދީ އުޅޭ މީހުން ލިސްޓް އާންމު ކޮށްބަލަ ، ނޫނީ ދެންވެސް ފުލެޓާއި ގޯތި ލިބޭނީ ހަމަ އެމީހުންނަށް ، ވަރަށް ސުލޯތަނެއް މީ މިހާރު
ނަދުރުބެ
13 May 2025
ދެން؟... އަހަންނައަށް ކޮން މޮޅެއް؟؟؟
ސުޖާބެ
13 May 2025
ކޮބާތަ ؟ ހުޅުމާލޭގެ ތިޔަދާއިރާގެ ސަރުކާރު ހިންގާޕާޓީ ގެ މެމްބަރު ،އަދި ވެސް ގުޅުންރަނަގަޅު ނުވަނީތަ.
އަޖާބު
13 May 2025
އަޖާބެއް މީހަކު ނުވާނެތަ ވިނަރެސް ކޮންމެ ޓަވަރެއްގެ ގްރައުންޑު ފުލޯގަ އިންނާނެ އެޗްޑީސީގެ އޮފީހެއް