އެންވަޔަރަނަމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން.
14 މެއި 2025 - 18:47
ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަަރައްގީކޮށް ހިންގުމަށް އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެޗްޑީސީން ބުނީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރާ ނާސަރީއެއް ކަމަށެވެ. އަދި މިނިސްޓްރީން އެތަން ތަރައްގީ ކުރިޔަސް ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީގެ ދަށުންނެވެ.
އެންވަޔަރަނަމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން.
އެޗްޑީސީން ބުނި ގޮތުގައި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު އެއް މިލިއަން ގަސް އެ ކުންފުނިން އިންދާނެ ކަމަށް ބުންޏެެވެ.
އެޗްޑީސީން އިންދާ އެއް މިލިއަން ގަސް އިންދާނީ ހުޅުމާލެ އާއި ރަސްމާލެ އާއި ކުޑަގިރި އަދި ތިލަފުއްޓާއި ގުޅީފަޅުގަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަށްތައް ފެހިކުރުމަށް އެ ކުންފުނިން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމަށް ވެސް ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
15 May 2025
ފަރުކޮޅުފުށީގަ މިހާރު 20 ވަރަކަށް އެގްރިމެންޓް އެކިގްރޫޕްތަކާ އެކިމަސައްކަތްކުރުމަށް ހެދިއްޖެތޯއްޗެ. ހަމަ އެއްކަމެއްނުފެށޭ. ތިތަނަށް މިހާރު އެގްރިމެންޓު ނުހެދިއޮތީ މަސާޖްޕާލަރއަކަށް އެކަނި.
ހޮޓްކިންގ
15 May 2025
މިއިން އެއްވެސް ލިސްޓަކު ގިރާވަރުފަޅު ނިހިމެނޭ. ގޯތިދީރެޖިސްޓްވެސް ވަނީ ހަވާލުކޮށްފަ. އެރަށް ތަރައްގީ ނުކުރަނީތޯ މުއިއްޒު އެބަޖެގޭ ޖަވާބުދޭން. އެތަނުގެ އެއްވެސް އަޑެއްނީވޭ ރަސްމާލެ ނުހިއްކާ ގަސްއިންދާއިރުވެސް. މިސަރުކާރުންވެސް ދޯކާ އެތައް އާއިލާއަކަށް ދިނީދޯ.
ސުކާ
15 May 2025
ހުޅުމާލެ މަގުތަކުގެގަސް ނުއިންދިގެން އުޅޭބަޔަކު ކަރުދާސްތަކެއްގަ ސޮއިކުރުމަކުން ވާނެ ކަމެއްނެތް ، ތިޔަކުންފުނި ދުވަހެއް ދުވަހަކަށް ދަނީ ހިދުމަތް ތައް ދަށަށް
ޢަލީ ކުރުސީ
14 May 2025
އަނެއްކާ އަނެއް މެގަ ޕްރޮޖެކްޓްގައި ސޮއިކޮށްލީ! ނޫނޭވާ ގަދަ ސަރުކާރެއް އިނގޭ!
ކައްޕަޅިއަޒުމްދޯ
14 May 2025
ގަސް އިންދުމަކީ އަދި އެއީ ތިމާވެއްޓާއި ރަށްޓެހި ވުމެއް ވެސް ނޫން އަދި ތިމާވެށި ހިމާޔަތް ކުރުމެއް ވެސް ނޫނޭ ގަހުގެ ސަބަބުން ތިމާވެށި ހަލާކުވަމުންދާ ކަން މިހާރު އިނގޭނެއޭ މާލޭގެ މަގުމަތީގައި ހުރި ބޮޑެތި ގަސް ތަކުގެ އުނދަގުލާއި ދުއްތުރާ އާއި ހެދި މީ މުއިއްޒު މެން ދިވެހި ލަވަ ހިންދީ ކޮޕީ ލަވަތައް ކިޔަން ދަސްކޮށްފައިވާތީވެ އޭނާ އަށް ދަސްވާނީ ކޮޕީ ކެޓް ކަންކަން ވުމުން އެޑީއެންއޭގެ ރެޕްލިކޭޓް އެކްޝަންސް ތައް މީ ތާކުން ތާކު ޖެހޭ ކަމެއް ނޫނޭ ތިޔާއީ
ހުޒޭމު
15 May 2025
މަޖީދީ މަގުގައި އިންދާފައި ހުރީކީ އެ ފަދަ މަގެއްގައި އިންދައިގެން ވާނެ ބާވަތެއް ނޫން. ގަސް އިންދުމަށް އޮފިގަނޑު ޖަހަނީ ފެންފަށަލަ ފޫއަޅުވާފަ. މީގެ ނަތީޖާއަކީ ގަސް ހެދި ބޮޑުވެގެން އަންނައިރު ފީވުން. ހަމަ އެފަދައިން ގަސްގަހަށް މޮހޮރު ޖެހީމާ އަހަރުތަކެއް ފަހުން ގަހުގެ ތެރެއަށް މޮހޮރުވަދެ، ގަހުގެ އޮފިގަނޑު ހަލާކުވޭ. މީގެ ސަބަބުން ބާރު ވައިރޯޅިއެއްޖެހޭ އިރަށް ގަސް ވެއްޓޭ.
ބަދަލުކުރޭ
14 May 2025
ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ބިން ކަނޑަންވީ ހެކްޓަރަކުން ހެކްޓަރަކުން 1 ހެކްޓަރު ބިމުގެ ވަށައިގެން 50 މީޓަރު ފުޅާމިނުގެ މަގު އޮންނަން ޖެހޭނެއޭ އެ މިން ލިބޭ ގޮތަށް ބިން ލިބޭނެއޭ ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކައިފިނަމަ ރާއްޖޭގެ ހުރިހާ ރިސޯރޓް ތަކުން އެމެން އަމިއްލަ ބިމެއްގައި މާލެ އޮފީސް ހަދަން އެ ސައިޒުގެ ބިން ދީފިނަމަ އެމެން އެތަނުގައި ހަދާނެއޭ ފެންވަރުގެ ނާސަރީ 25 ވަނަ ފްލޯރ ގައި އެއީ ޔަގީން ކަމެކޭ ސަރުކާރުން ނުކުރަންވީ
ދެންމެ
14 May 2025
ބޮޑު ސުރުހީ އެއް އަޅާލީދޯ. މިހާރުވެސް އެއީ ގްރީން ނާސަރީއެއް.