އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރުމުން ޕާކިސްތާނުގައި ބަޔަކު "ކާމިޔާބީ ފާހަގަކުރުމަށް" އުފާ ފާޅުކުރަނީ: އިންޑިއާއިން ބުނަނީ ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް. -- ފޮޓޯ: އޭއެފްޕީ
15 މެއި 2025 - 13:08
ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަންޖަތު ސިންގު މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު މި ސުވާލު ދުނިޔެއަށް ކުރިމަތިކުރަން ބޭނުން ... ޕާކިސްތާންގެ ނިއުކްލިއާ ހަތިޔާރު ރައްކާތެރިތަ؟، ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ސްރީނަގަރުގައި ސިފައިންނާ ބައްދަލުކުރައްވައި ސިންގް ވިދާޅުވި އެވެ.
"ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރަކީ އައިއޭއީއޭ [އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ]ގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ އެއްޗެއް."
ސިންގް މިހެން ވިދާޅުވެފައި މިވަނީ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ތިރީހަކަށް އަހަރުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުމަށް ފަހުގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލަން ނިންމިކަން ކުއްލި ގޮތަކަށް އިއުލާނުކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިފަހަރު ހަމަލާތައް ފެށުނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ އާންމުންގެ 26 މީހަކު މަރާލި ހާދިސާ އަށް ފަހު، އެއީ ޕާކިސްތާނުގެ ތާއީދާ އެކު ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެ އިންޑިއާއިން އިސްވެ ހަމަލާ ދިނުމުންނެވެ.
އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. ހަމަލާތަކުގައި ދެ ގައުމުން ގާތްގަނޑަކަށް 70 މީހުން ވަނީ މަރުވެފަ އެވެ.
ކަޝްމީރުގައި އާންމުންނަށް ދިން ހަމަލާއާ ޕާކިސްތާ ގުޅުވި ނަމަވެސް އެ ގައުމުން އެ ތުހުމަތަށް އިންކާރު ކުރެ އެވެ.
ހަމަލާތައް ބަދަލުކުރި އިރު، ޕާކިސްތާނުން ނިއުކްލިއާ ހަތިޔާރު ރައްކާކުރާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނާ ކިރާނާ ހިލްސް އަށް ހަމަލާ ދިން ކަމަށް އަޑު ފެތުރިފައިވެ އެވެ. އެކަމަކު އިންޑިއާގެ އެއާ މާޝަލް އޭ.ކޭ. ބާރްތީ ވަނީ އެތަނަށް ހަމަލާ ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
16 May 2025
މިމީހުންގެ ހާލަކީ މިހިރީ. މުސްލިމު ގައުމުތަކުގަ ނިއުކުލިއަ ހަތިޔާރު ހުރިއްޔާ މައްސަލައެއް އަދި އދ ގެ ބެލުމުގެ ދަށުގަ ހުންނަންވެސް ޖެހޭ. އެމެރިކާއިން އިރާގަށް ހެދިހެން ޕާކިސްތާނަށް ހަދަން އުޅޭހެން ހާދަހީވެޔޭ.
އެމްސް
15 May 2025
އިންޑިއާގެ އެފަދަ ހަތިޔާރުތައް ހުންނަންވީ ރާއްޖެ ނޫނީ ލަންކާގެ ބެލުމުގެދަށުގަބާއެވެ؟
ބާޕޫޖި ގަރުޕަރުހޭ؟
15 May 2025
އެބަ ބަލަން ހާސްނުވޭ
ހައްހައްހާ
15 May 2025
އެހެންވީމާ މީގެން އެނގޭ އެއްޗަކީ ޕާކިސްތާނުގައި ނިއުކުލިޔަ ހަތިޔާރު ނެތް ނަމަ އިންޑިޔާއިން މިފަހަރު ޕާކިސްތާނަށް ބޭނުން ގޮތެއް ހަދާލީސްކަން..އަދި ޕާކިސްތާނުގަ ނިއުކުލިޔަ ހަތިޔާރު ހުރީމަ އިންޑިޔާ ޖެހިލުންވާކަން..އެއުޅޭ ޑިފެންސް މިނިސްޓަރުވެސް ފޮނިކަނޑަމުން މިބުނަނީ އިންޑިޔާއިން ފޮނުވާލި ހަމަލާތައް އާއްމު ރަށްޔިތުންގެ ގަޔަށް އެރުމަކީ ނުވާނެކަމެކޯ..ހީވަނީ މިސައިލުތައް ކައިރީގަ އާއްމުންގެ ބޮލަށް ނާރާގޮތަށް އުދުހިފަދާން ނަސޭހަތްތެރިވެފަ ވާހެން.
ރާވެރިބެ
15 May 2025
ޕާކިސްތާންގެނިއުކްލިއަރ ހަތިޔާރު އދ ގެ ބެލުމުގެ ދަށުގަ ބަހައްޓާފަ އިންޑިއާގެ ނިއުކްލިއަރ ހަތިޔާރުތަށް އިންޑިއާގެ ދޯސްތު ދިވެހި ރާއްޖޭގެ ބެލުމުގެ ދަށުގަ ބަހައްޓަންވީ. ދޯސްތު އަތުގަ ތަޅުދަނޑި އޮންނާނީ.
ރަދީފްއޮފިޝަލް / ޕާކިސްތާން ބްރަދާސް
15 May 2025
ޕާކިސްތާން ޒިންދާބާދް ، އިންޑިޔާ މުރްދާބާދް ، ޕާކިސްތާން ޒިންދާބާދް ، އިންޑިޔާ މުރްދާބާދް ، ޕާކިސްތާން ޒިންދާބާދް ، އިންޑިޔާ މުރްދާބާދް ، ޕާކިސްތާން ޒިންދާބާދް ، އިންޑިޔާ މުރްދާބާދް ،
ވަންޗޫ
15 May 2025
އައްދޭ ބުއްދިވެރި ގޮލައެއްދޯމީ!! އެހެންވީމަ އަހަރެންނަށް ފެންނަނީ ކަލޭމެންގެ ނިއުކުލިއަރ ހަތިޔާރު ޕާކިސްތާނުގެ ބުލުމުގެދަށުގައި ބަހައްޓަން.
ނުރަބޯ
15 May 2025
ނޯނޯ މޯދީބޭ ތިޔަކަމެއް ނުވާނެ. ޕާކިސްތާނު ނިޔުކްލިއަރ ބާރަކަށް ވީ ވެސް އދ ރުހިގެނެއްނޫން.
އަންދާގާނޫނު
15 May 2025
ކަލޭމެންގެ ހަތިޔާރު އެހެން ބައެއްގެ ބެލުމުގެ ދަށުގައި ހުންނަން ނުޖެހެންޏާ ޕާކިސްތާނަކަށްވެސް ނުޖެހޭނެ. އިޒްރޭލު ދައްކާ ކަހަލަ ދެއުޅި އެއްނުވާ މުނާފިގުވައްތަރު ވާހަކަ ނުދައްކާ! ކަލޭމެންގެ ދޯހަޅިކަމުން ބަޔަކަށް ދެވުނު ހަމަލާގެ ޒިންމާ ހަރުދަނާ ސާބިތު އެއްވެސް ހެތްކެއް ދެއްކުމެއްނެތި މިނިވަން ގައުމެއްގެ ބޮލުގައި އަޅުވައި، ދިފާއުގައޭ ބުނެ ބޮޑު ހަނގުރާމައެއް ފަށައިގަތީ އިންޑިޔާ! އެހެންވީއިރު އަތުލަންވީ އިންޑިޔާގެ ހަތިޔާރުތައް!
1828
15 May 2025
އެހެންވެއްޖެ އިންޑިއާ ނިއުކްލިއާ ހަތިޔާރު ހުންނަންޖެހޭނީ އދ.ގެ ބެލުމުގެ ދަށުގައި.