މޫޑީސް. ރޭޓިން ޑައުންގްރޭޑް ކުރަން ޖެހިދާނެ ކަމަށް މޫޑީސް އިން ބުނެފައިވޭ --
16 މެއި 2025 - 13:40
ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް ގެނެވިފައިވަނީ ހާލަތަށް މާބޮޑު ބަދަލެއް އަދި އައިސްފައިނުވާތީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ދީފައިވާ ރޭޓިން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ދަމަހައްޓައިފި އެވެ.
މޫޑީސް އިން އާންމުކުރި، ޕީރީއޮޑިކް ރިވިއުގައި ބުނެފައިވަނީ، މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އޮތް އިރު، އެ ރޭޓިންނަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. އެ ރިވިއުގައި ވާ ގޮތުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރިޒާވު ހުރީ ކުރިއަށް ހުރި ބޮޑެތި ދަރަނިތައް އަދާކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ބޭރުން ފައިނޭންސިން ހޯދުމަށް ވެސް ހުރީ ހަނި ފުރުސަތުތަކެއް ކަމަށެވެ.
މޫޑީސް އިން ބުނީ ބޭރުގެ ދަރަނި އިތުރުވެ، ދަރަނި ހޯދުމަށް އިތުރަށް ދަތިވެއްޖެ ނަމަ، ރާއްޖޭގެ ރޭޓިން ދަށްކުރަން ވެސް ޖެހިދާނެ ކަމަށެވެ. މޫޑީސްއިން ރޭޓިން އަޕްޑޭޓު ކުރާނީ އަންނަ މަހު ނުވަތަ އަންނަ ސެޕްޓެމްބަރު މަހު އެވެ.
އެ ރޭޓިން އޭޖެންސީ އިން ވަނީ ބަޖެޓު ޑެފިސިޓްގެ އިތުރުން ކަރަންޓް އެކައުންޓް ޑެފިސިޓްގެ ސަބަބުން ބޭރުން ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. މޫޑީސް އިން ބުނީ، ޓޫރިޒަމް ދާއިރާ ކުރިއެރި ނަމަވެސް، ދަރަނި އިންތިހާއަށް އިތުރުވުމުގެ ސަބަބުން، ހަރަދުތައް ހަމަޖެއްސުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ، ސަރުކާރުން ރިފޯމުގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ކަންކަމަކީ ދަރަނި އަދާކުރުމަށް ހުރި ބޮޑެތި އަދަދުތަކުގެ ސަބަބުން، ރިޒާވް ހަމައަކަށް އެޅުވޭނެ ފަދަ ކަންކަމެއް ނޫން ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން ވެސް ދަރަނި އަދާކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް މިހާތަނަށް ހޯދިފައި ނެތް ކަމަށެވެ.
މޫޑީސް އިން ބުނީ، ރިޒާވް ކޮންމެވެސް ވަރަކަށް ރިޒާވް ރަނގަޅުވެފައިވަނީ އެކްސްޓާނަލް ފައިނޭންސިން އައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރުމުން ކަމަށެވެ. ރިޒާވް ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ އިންޑިއާގެ ރިޒާވް ބޭންކުން ކަރެންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ހޯދާފަ އެވެ. އެ ފައިސާއަކީ ވަކި މުއްދަތެއް ފަހުން އަނބުރާ ދައްކަން ޖެހޭ ފައިސާ އެވެ.
މޫޑީސް އިން ބުނީ، ރާއްޖެއިން ދަރަނި އަދާކުރުމަށް ބޮޑެތި އަދަދުތަކެއް އަދިވެސް އެބަ ހުރި ކަމަށާއި އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެހެންވެ، ބޭރު މާކެޓަށް ގޮސް ފައިނޭންސިން ހޯދުމަކީ ރާއްޖެއަށް އުނދަގޫ ކަމެއް ކަމަށްވެސް މޫޑީސް އިން ފާހަގަކުރި އެވެ.
މޫޑީސް އިން މިކަން ފާހަގަކުރި އިރު ވޯލްޑް ބޭންކުން މިދިޔަ މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ ރިޒާވް ބޭންކުން ނެގި ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ. އަދި އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) އަރާނެ އެވެ. އަންނަ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.
ސަރުކާރުން ވަނީ ބަޖެޓުގައި ހަރަދު ކުޑަ ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން 90 ޕަސެންޓް ކަންކަން އިމްޕްލިމެންޓް ނުކުރުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ތެޔޮ، ކަރަންޓް، ކާޑު، ނަރުދަމާ ޓާގެޓް ޑައިރެކްޓް ސަބްސިޑީއަކަށް ހެދުން ވަނީ ހުއްޓާލާފަ އެވެ. އަދި އެންސްޕާގެ ތެރެއިން އެހީ ދޭ މީހުން ޓާގެޓުކުރުމާއި ޑަބަލް ޕެންޝަން އުވާލައި، 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން ޓާގެޓުކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެކަންކަން ނުކުރަން ވަނީ ނިންމާފަ އެވެ.
މޫޑީސް އިން ބުނީ، ރާއްޖޭގެ ރޭޓިން އަޕްގްރޭޑު ކުރެވޭނީ، ފިސްކަލް ރިފޯމުތައް އެންމެ ފުރިހަމައަށް ގެނެސްގެން ކަމަށެވެ. އަދި އާ ރޭޓިންއެއް ކަނޑައަޅާ އިރު އަންނަ އަހަރުގެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިނޭންސިން ހޯދިފައިވާ ވަރު ވެސް ބަލާނެ ކަމަށް މޫޑީސް އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާމްދި ކާނޫ
17 May 2025
ރޭޓިންގު ރަންގަޅުވާނީ ސަރުކާރުގެ ހަރަދު ކުޑަކޮށްގެން، އަދިވެސް ދަރަނި ދަނީ އިތުރުވަމުން (ބޭރުގެ އާއި އެތެރޭގެ) ޔޫސަބަލް ރިޒާވްގައި ފައިސާ މަދުވުމުން އިހައްދުވަހުވެސް 50 މިލިޔަންގ ޑޮލަރުގެ ލޯނު އެ ރޯލްއޯވާ ކުރީ! ކުރިމަގު ރަންގަޅުތޯ ދިވެހިން އެބަ ޖެހޭ ސިޔާސީ ލެންސުން މިކަން ނުބަލާ " ލޮގިކަލީ "ވިސްނަން!
ހުޒޭމު
17 May 2025
ތިޔަ ބުނީ ރަނގަޅަށް. އެކަމަކު ފައިސާ ނެތި ކަންކަންނުވާނެކަން އެނގި ތިބެ ހަމަ އަހަރެމެން މި ސަރުކާރަށް ޕްރެޝަރ މި ކުރަނީ ހިލޭ ކަންކަން ކުރުވަން. ބޭކާރު ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ވަޒީފާތައް މަދު ކުރަން ވެސް ގޮވާ. މަދުކުރާއިރު ހަމަ ބުނާނެ އާއިލާތަކެއް ބިކަކުރީއޭ. ސަލާމަތެއް އޮތް އެއްގޮތެއް ވެސް ނެތް. މި ރައީސަށް ޖެހިފައި މިވަނީ މީހުން ގަޔާ ނުވާނެ ކަންކަން ކުރަން.
ގުދޯގުދޯނުގޮވާ
17 May 2025
ހުޒޭމް... އެކަން އެނގޭއިރުވެސް ވެރިކަމަށް ކުރިނަތިލީއެއްނު.. ދެން އައިއްސަ ވަޒީފާތައްވެސް އުފެއްދީއެއްނު ދެން ކަންނުވަންފެށީމާ ކުރީސަރުކާރޭ މުންޖޭނުކިޔާ..
ކިޔުންތެރި އިބްރާހީމް
17 May 2025
މިތަނުގައި އަފީފުދީދީގެ ކޮމެންޓެއް ނެތީމަ ހައިރާންވެ އަންތަރީސްވެއްޖެ.. ކިހިނެއްވީބާ
އައިޒަމް
17 May 2025
ރައީސް މުއިއްޒްއަކީ ތޯތޯ ވެރިޔެއް ނޫން. އިގްތިސާދު މިދަނީ ނަގާ ކޮޅަށް ޖަހަމުން. ބުންވަރު ޖެހޭތަން ފެނިގެން މިދަނީ
ނިސްމާ
17 May 2025
ކޮބާ އިދިކޮޅަށް ފެނޭތަ؟ އިގްތިސާދު ހާލަތު ރަނގަޅުވަމުން ދާކަން މި ފާހަގަވަނީ.
އިމްދާދް
17 May 2025
މިޔާއެކު ދެން ދާނީ ރަނގަޅަށް. އިތުބާރު ހިފެހެއްޓެމުން މިދަނީ.މާލީ އިދާރާތަކުގެ
ރިވޭދާ ރަމީޒް
17 May 2025
ކަންކަނ ްމިދަނީ ރަނގަޅު ވަމުން. އިންޝާﷲ ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅޭނެ
ބޯކިރު
16 May 2025
އެރޭޓާއެކީ އުޅެން ދަސްކުރަންޖެހެނީ.
އަފްރާސިޔާބު
16 May 2025
ތީ ކޮންކަހަލަ ބައެއް. އަހަރެމެން މީހާވަރަށް ވަޒީފާ ދެނީވެސް މޫޑީސް ރަނގަޅު މަގާމެއް ލިބޭތޯ ބަލަން. އަދި ވަޒީފާ އިތުރުކޮށްލާނަން އިނގޭ މޫޑީ ބޭބޭ.
ކަކުނިބޯ
16 May 2025
ގަޓުވެބަލަ. ޜާއްޖޭގެ ރިސޯޓްތަށް 3 ނުވަތަ ހަތަރު ޒޯނަށްބަހާ ކޮންމެ ޒޯނެއް 1 ތަރިން 7 ތަރިޔަށް ގިންތިކޮށް އެންމެ ކުޑަކޮށް ރޫމްވިެްކޭނޭއަގުތަށް މީރާއިން ކަނޑައަޅާ ޓްއަރިޒަމް ރޫމްކުލިން ޓެކުހަށް ވަށްކަން ކުރާމިންވަރު ކުޑަކުރުވުމަށް މިއަށްވުރެ މޮޅުގޮތެއް ރާއްޖެއަކަށް ނޯންނާނެއެވެ. 3000ޑޮލަރަށް ރެއަކަށް ވިއްކާރޫމް 300ޑޮލަރަށް ވިއއކިކަމަށް ހަދާ ޓެކުހަށް މަކަރުހަނދާ މިންވަރު ކުޑަކުރުވަންޖެހޭ
މުއިއްޒް
16 May 2025
މޫޑީސް އުޅެނީ ޖޭވެގެން މިވެރިކަމުގައި ޤައުމްކުރިއަރާތީ
އެހެންނުވާނީ
16 May 2025
އާނ މޫޑީސްއުން އެއުޅެނީ ފާޑުފާޑު ވާހަކަ ހަދަހަދައިގެން ރާއްޖޭގެވެރިކަމައް އަންނަން
ބިއްލެ
17 May 2025
އައްދޯތް. ލޮނު ލައިގެން ދަތްއުނގުޅަން ބެއްޖެ