"މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ސައުދީން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ވެލާނާ އެއާޕޯޓުގެ ލައުންޖުގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
16 މެއި 2025 - 17:46
ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް އައީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުންޏެވެ.
މަތީ ފަންތީގެ އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ޓީމުގެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.
ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީއާއި ހައްޖު މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ އެޑްވާންސްޓީމް ރާއްޖެ ވަޑައިގެންފި. #Hajj1446#MVIaffairs#MvHajj1446#Hajjmission1446 pic.twitter.com/dpuW09RClz
— Ministry of Islamic Affairs (@MVIaffairs) May 16, 2025
"މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖޭގައި ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް ފުރާ ދުވަސް ކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި "މައްކާ ރޫޓް އިނީޝިއޭޓިވް" އިފްތިތާހުކުރުމަށް އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ރަސްމިއްޔާތަށް ސައުދީން 26 ބޭފުޅުންގެ ވަދުފެއް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީގެ ސަރުކާރުން ފަށާފައިވާ "މައްކާ ރޫޓު އިނީޝިއޭޓިވް"ގައި ރާއްޖެ ހިމަނަން ނިންމީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގާބިލު
17 May 2025
ދައުލަތުގެ މުއައްސަސާތަކަށް ކުރިއްސުރެ ދެމުންއައި ހައްޖުކޯޓާ މިފަހަރު ނުދީ ހިފަހައްޓައިގެން ފަގީރުން ހައްޖަށް ގެންދަނީ އެއްވެސް މީހެއްގެ ނުފޫޒެއް މިކަމުގައިވެސް ނެތްކަމަށް ދަންނަވާ. ރައީސްގެ ވައުދު ފުއްދަން އިތުރު ކޯޓާ ހޯދޭފަދަ ގާބިލުކަމެއް މިސަރުކާރުގައި ނެތް.
ޕނސ ބޓ
17 May 2025
މެގަ ގިގަ ޕުރޮޖެކްޓެއް! މީރޫޓުގެ ސަބަބުން އެތައް މިލިޔަން ބިލިޔަން ޑޮލަރު ލިބިގެންދާނެ.. ސާބަހޭ ރައީސް މުއިއްޒު.
އަލްޖިބްރރާ
17 May 2025
މިފަހަރު އަސްލު ބައެއް ދޯ. މަ ހީކުރީ ކުރީފަހަރު ޕްރިންސް ދެއްކިގޮތަށް ކަމަށް. ކެކެކެކެ
ޣުރީން
17 May 2025
145 ބިލިޔަން ޑޮލަރު ޓުރަމްޕަށް ހަތިޔާރު ގަންނަން ދީފަ މިރާއްޖެ އައިސް ކީއްތަ މި ކުރަނީ؟
ހަވަނަ
16 May 2025
ކޮން އިރަކުންތޯ ޙައްޖު ކޯޓާ އިތުރު ކޮށްދޭނީ..
ހޮޅި
16 May 2025
ވަފުދުގައި ޕްރިންސެއްވަޑައި ނުގެންނަވާތޯ ؟
ވިލް
16 May 2025
އަނެއްކާ މީ ސްކޭމްއެއް ނޫންތަ؟
އެހެން
16 May 2025
މިމީހުންކުރާ އެއްވެސްކަމަކީ ރަނގަޅު ނިޔަތުގަ ކުރާކަމެއްކަމައް ނުބެލެވޭ، އެއްޗެކޭކިޔާފަ ބޮޑެތިހެޑްލައިންހަދާފަ އެކި ނަންނަމުގަ ރަތްޔިތުންވާވެއްދުން ކަމަކީ، އަދި ބުނެފާނެ ދުވަސްތައް މަދުކޮއްލަން އެއްހަފުތާއިން މިކަންކުރެވޭގޮތްވެސްހަދާދީފާނަމޭ، އަހރންގެ ސުވާލަކީ، މި ދަތުރު ދެހަފުތާޔައްކުރުކުރިއިރު ލާރި މަދުނުކުރަނީ ކީއްވެހޭ، ލާރީގެ ތިންބައިކުޅަ އެއްބައި މިހާރު ނަގަންޖެހޭނީ