ކާޑެއްދޫ އެއާޕޯޓުގައި ހުވަނި އަޅާފައި އޮތުމުން، ހުވަނި ނައްތާލަން ބޭސް ޖަހަނީ.
18 މެއި 2025 - 13:47
ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި ވަނިކޮށް ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ލަފާގެ ދަށުން ހުވަނިތައް ނައްތާލައިފި އެވެ.
މިދިޔަ ހަފްތާގައި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަނީ އެރަށުގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި އޮއްވަ އެވެ.
ކުޑަކުދިންގެ ޕާކާއި ޕަސިންޖަރުން އުޅޭ ސަރަހައްދާއި ކެންޓީން ކައިރީގައި ވެސް ހުވަނި ގިނަވެ، އޭގެ އުނދަގޫ ބޮޑުވެފައިވާތީ، މީހުންގެ ގައިގައި ވަރަށް ބޮޑަށް ހިރުވައި ކަހާ ފިތް ނަގާތީ އެމީހުން ވަނީ ކަމާ ގުޅޭ އިދާރާތައް ޓެގްކޮށް ހައްލެއް ހޯދައިދޭން އެދިފަ އެެވެ.
ވިލާގެ ދަށުން ހިންގާ އެއާޕޯޓުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި މަސައްކަތްކުރާ ފަޔާ ފައިޓަރުން ވަނީ ހުވަނި ނައްތާލުމަށް ބޭސް ޖަހައިފަ އެވެ. އެއާޕޯޓުން ބުނީ ހުވަނި ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް މަޑުޖެހުނީ ވިއްސާރައިގެ ސަބަބުން ކަމަށާއި އެކަމަކު އަލުން އެ މަސައްކަތް ފަށައި މިހާރު ހުވަނި ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެެ.
ސަރުކާރުގެ ވެބްސައިޓުގައި މިނިސްޓްްރީން ބުނި ގޮތުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލްކުރުމަށް އެހީއަކަށް އެ އެއާޕޯޓުން އެދިފައެއް ނުވެ އެވެ. އެކަމަކު ސޯޝަލް މީޑިއާއިން އެކަން ފާހަގަވުމުން މިނިސްޓްރީން ވަނީ އެއާޕޯޓަށް ގުޅައި އެތަނުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތާއި އިތުރަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައި ކަމަށް އެ މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ބުނީ ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މައުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިޓިކަލް އާރޓް
19 May 2025
ޑްރިލް އަށް ދީފައިވާ ސްކޭމް އެއަރޕޯރޓެއް
އުއްތަމަ އުސްތާޛް
19 May 2025
އެންމެ ފުރަތަމަ ހުވަނީގެ އަދަދު ދެނެގަންނަން ދިރާސާއެއް ހައްދަވާ... އެއަށްފަހު ހުވަންޏާއެކު އުޅެން ދަސްކުރައްވާ ...
ދިނަށަ
18 May 2025
ކޮބައިތޯ މިސަރުކާރުގެ ސިޔާސަތަކީ. ވަކި ވަރަކަށް ވުރެ ކުދި ދިރޭތަކެތި މެރާލުން އެކަނިތޯ އޮތީ. އިންސާނުންނަށް އުދަގޫ ތުރާލަށްވީމާ ގިނަވެގެން އުޅޭ ހުވަނި ނައްތާލެވޭ. ހަމައެގޮތަށް ބުޅާ، ކާޅު އަދި ވާ ވެސް މަދުކުރެވެންޖެހޭ.
ފެންސު
18 May 2025
މަބުނީ އެނިމަލް ވެލްފެއަރ އަށް އިޝާރާތެއް ކޮށްލިންތޯ ތިކަމެއް ކުރުމުގެ ކުރިން؟
ނަޒީން
18 May 2025
ހުވަންޏާ އެއްކޮށް އުޅެން ދަސްކޮށްބަލަ!
ޑރ ވާންޗޯ
18 May 2025
ކަލޯ މަތިފަޑިން ކަތުރުފަނިވެސް ނައްތާލަބަލަ ޕެޕަރސްޕްރޭ ޖަހައިގެންނަމަވެސް، މުޅިޚަޒާނާގަ ކަތުރުފަނިއަޅައިފި.
މައުލޫމާތު ފުރިހަމައެއް ނޫން
18 May 2025
ކާޑެއްދޫ އެއަރޕޯޓުގައި ހުވަނީގެ އުނދަގޫ ރޯދަމަހުންސުރެ ބޮޑު މައްސަލައަކަށް އޮތީ ވެފައެވެ، އެރަށު މުވައްޒަފެއްކައިރިން އަހާލިނަމަ، ނުވަތަ އެ އެއަރޕޯޓު ބޭޏުންކުރާ މީހެއްގާތު އަހާލިނަމަ، މި މައުލޫމާތު އެނގޭނެއެވެ. އެރަށު ހުވަނީގެ އުނދަގޫ ބޮޑުކަމުން ބޭސްޖަހަން އުޅުމުން ވިލާއިން އެކަން މަނާކުރީއެވެ. ކިތައް ކުޑަކުދިންނެއް ހުވަނީގަ ޖެހި ރޯ މަހެއްހެން ތެޅޭތަން އަހަރެމެން ހުވަދޫ މީހުން ދެކުނީމެވެ. ކަލޭމެން އެންމެން ލަދުގަންނަންޖެހޭނެއެވެ.
ބަރަކޫޑާ
18 May 2025
އެއްވެސް ކުށަކާނުލާ އެމަރާލީ ބޭބީ ބަޓަފުލައިތައް. ހެޔޮނުވާނެ ތިކަހަލަ ކަންތައް ކުރާކަށް.
އެމީ
18 May 2025
ޙަބަރު ލިޔާއިރު ތަންދޮރު ބަލާ ރަނގަޅު މައުލޫމާތު ހޯދަންޖެހޭ. ހުވަނި ކޮންޓްރޯލްކުރަން މަސައްކަތްކުރީ. ކޮންމެވެސް ވަރަކަށް ކޮންޓްރޯލް، އެހެނަސް ބައިވަރު އެބަހުރި، ދަތުރުވެރިން ސަމާލިވެގެން އުޅެންވާނީ.
އައިފާން
18 May 2025
ހުވަނި އާ އެކީ ދިރިއުޅެން ދަސްކުރަން ޖެހޭ