އައްޑޫ މީދޫގައި އޮންނަ މަތިކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
06 އޮކްޓޯބަރ 2025 - 15:06
ޖެހިޖެހިގެން މިދިޔަ ދެ ދުވަހު ހިނގި އަލިފާނުގެ ހާދިސާތަކުގައި އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގެ ގާތްގަނޑަކަށް 80 ޕަސެންޓް އަނދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ވެސް މަތިކިޅީގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގައިފަ އެވެ. ހޮނިހިރު ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނާއި އާންމުންގެ މަސައްކަތުން ނިއްވާލެވުނީ ތިން ގަޑިިއިރެއްހާއިރު ވީ ފަހުންނެވެ.
އިއްޔެ ހެނދުނު 10:30 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 9 ގަޑިއިރު ފަހުން ރޭ 7:05 ގައި ކަމަށް ސިފައިން ބުންޏެވެ.
އެ އަލިފާނުގެ ހާދިސާގައި ކުޅީގެ ބޮޑުބައެއް އަނދައިގެން ގޮސްފައިވާ ކަމަށް، ޕާކެއް ހަދައިގެން އެތަން ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަތިކިޅި ސޮސައިޓީގެ ރައީސް އަބްދުﷲ ޒުހުރީ މިއަދު "މިހާރު" އަށް ބުންޏެވެ.
އޭނާ ލަފާކުރާ ގޮތުގައި، މި ހާދިސާތަކުގައި ކުޅީގެ 80 ޕަސެންޓް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.
އައްޑޫ މީދޫގައި އޮންނަ މަތިކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
އެތަނުގައި އަމިއްލައަށް ރޯވާނެ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ. މިވަރުގެ ބޮޑު ހާދިސާއެއް ހިނގާނީ ބަޔަކު ގަސްތުގައި ރޯކޮށްގެން ކަމަށް އޭނާ ދެކެ އެވެ.
"ހިތަކަށް ރޯނުވާނެ ހަމަ. ކޮންމެސް ބަޔަކު ދޯ، ރޯކޮށްގެން ކަމަށް ހަމަ ބެލެވެނީ،" އޭނާ ބުންޏެވެ.
އެ އަލިފާނުގެ ހާދިސާގައި ވަނީ އިކޯ ގާޑެންގައި ހިނގަން ހަދާފައި އޮންނަ ލަކުޑި ވޯކްވޭގެ ބޮޑު ބައެއް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ. އެހެންވެ، މި ވަގުތަށް އެ ވޯކްވޭ ބޭނުން ނުކުރަން އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މާރާމާތުކުރެވޭ ވަރަށް ވުރެ ބޮޑަށް ޑެމޭޖުވެފައި ހުރީ،" ޒުހުރީ ބުންޏެވެ.
އައްޑޫ މީދޫގައި އޮންނަ މަތިކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
ޒުހުރީ ބުނީ އެތަނަށް ލިބުނު ސީދާ ގެއްލުން ބެލުމަށްޓަކާ އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށެވެ.
މަތިކިޅީގައި މީގެ ކުރިން ވެސް އަލިފާނުގައި ހާދިސާތައް ހިނގާފައިވެ އެވެ. މިދިޔަ މާޗު މަހު ވެސް އެތަނުގައި ރޯވި އެވެ. އެކަމަކު، އެންމެ ބޮޑަށް ރޯވީ މިފަހަރު އެވެ.
ސަރުކާރުން 2020 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ މަތިކިޅި އަކީ 54 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ޗަސްބިންތަކުގެ ތެރެއިން އެއް ތަނެވެ.
އެ ކުޅީގައި އޮޅުއަލަ އާއި ކާފަރުބުރު ގިނަ އަދަދަކަށް ހެދިފައި އޮވެ އެވެ. ދޫނީގެ އެކި ވައްތަރުތައް ތިރިކޮށް ހަދައި އެތަނުން ގިނަ އަދަދެއްގެ ކުޅީކުކުޅާއި ކަނބިލި ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމޭރު
08 October 2025
އަފީފުދީދީމެންނަށް، ތިމާވެށްޓަށް ލޯބިކުރާމީހުންނަށް އެތަން ދެކިލަންވެސް ދާން ލަދުގަނޭ. ފާޑުފާޑުގެ އެއްޗެހި ސަރުކާރަށް ރަޢްދުކުރިޔަސް ތިޔަމީހުން ތިޔަހާ ލޯބިވަންޏާ ކޮންމެވެސް ޒިންމާއެއް އަދާކޮށްލަބަލަ. ހަމައެކަނި އައްޑޫމީހުންނަށްޓަކާ
ޢަލއ
07 October 2025
ތިކަން ކުރި ބަޔަކު ހޯދާ ހަރުކަށި ފިޔަވަޅު އަޅަން އަހަރެން ގޮވާލަން.
ގޮވާލި ގޮވާލުން
08 October 2025
ކަލޭ ތީ ކާކު ؟
ފަހަރި
07 October 2025
ކާފަރުބުރު މީ ކޮއްޗެއް
ހުޅުމީދޫ މީހައް
07 October 2025
އަޅުގަނޑަކީ ތިމާވެށީގެ ރޮނގުން މަތީ ތަޢުލީމު ޙާސިލުކޮށްގެން ހުރި މީހެއް. މަތިކިޅިއާއި މާފިށި ކިޅި ފަދަ ތަންތަނަކީ ހިމާޔަތް ކުރެވިފައިވާ ތަންތަން. މިތަންތަން ބަލާނެ ބަޔަކު ނެތީ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކީއްތޯ ވާނީ އަޅުގަނޑަށް މިތަންތަން ބަލަހައްޓާނެ ވަސީލާތްތަކާއި އެކީ ރަނގަޅު ވަޒީފާއެއް އުފައްދަ ދިނުން؟ އަޅުގަނޑު މިހުންނަނީ ތިމާވެއްޓާއި ބެހޭ ވަޒީފާއެއް ނެތި ރަށުގައި
އަލިފާނި
08 October 2025
ކޮންމެވެސް ރަށެއް ބަލަހައްޓަން ލި މީހަކު، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި، ސަން ޝިޔާމަށް ދައްކަން، މަތީ ފާހެއް ނެތަސް. އެހެންވީމާ ޝަރުތު ހަމަވޭތޯ ބަލަންވީނު
ހަސަންބޭ..
07 October 2025
އައްޑޫ މީހުން ވަރަށް ހުޅު ރޯކުރާހިތް ވާނެ.. ސަރުކާރު ހަރަދުގަ, ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން އަޅާފައި ހުރި ޢިމާރާތްތަކެއްވެސް ހުޅު ޖެހި ބައެއްތީ.. އަދި ކިޅިއެއްގަ ހުޅު ޖަހަން ފަސްޖެހޭނެ ތަ ? ވިސްނުން ތަރައްގީ ވާންޖެހޭ އެބަ..
އައްޑޫ ހުޅުދޫ
08 October 2025
އައްޑޫ މީހުންނަކީ ތަންތަން ރޯކުރުމުގެ ރެކޯޑު އޮތް ބަޔެއް. މުޅި ރާއްޖޭގެ ތާރީހުގަ ވެސް ކޯޓާ ފުލުސް އޮފީސް ހުޅުޖަހާލީ އައްޑޫ އިން. މިހާރު ވެސް ހައްޔަރު ކޮށްގެން އެބަ އުޅޭ ހުޅުޖަހާލަން ބުނެގެން އައްޑޫ މީހެއް.
ބަލްތޭ
07 October 2025
ދިވެހި ސަޅި މީހުން ސިގިރޭޓު ބޯފަ ވަރަށް އިސްޓައިލް ކޮށް ބަޓު ނިވާނުލާ އެއްލާލާނެ ޖެހުނު ތަނަކަށް. އެކަހަލަ ސަޅި ހަރާކާތެއްގެ ނަތީޖާ ތީ. ދެން މިހެން ބުނީމަ އޮނަރަބުލް ދީދި ބުނާނެ އުނހު، މިއަތޮޅަކި ނިވޭހެ. ތި ލެކަށް ކަން ކެރާނީ މާލޭ ބޭޅުން. ލޮލް
ޙައްގުބަސް
06 October 2025
މީވަރައް ދެރަ ކަމެއް މިކަން ކުރި މީހުންނަ ފިޔަވަޅު އަޅަން ޖެހޭނެ
00091
06 October 2025
އަދި ވެސް ރަށަށް ޓޫރިސްޓުން ދާނެ ގޮތެއް ނެތިގެނޯ އުޅެނީ !!!! ތިޒާތުގެ މާހައުލަކަށްް ދާނެ ޓޫރިސްޓުންނެއް ނުތިބޭނެ!!!! އައްޑޫގެ ރައްޔިތުން ފުރަތަމަވީ އަމިއްލަ ރަށް ހަލާކުކުރުން ހުއްޓަން!!!!
އައިމިނާ
06 October 2025
ވަރަށް ނުވިސްނޭ ގޮތެއްނެތް ބަޔެއް.އަމިއްލަހިތްހަމަ ޖެހުމަށްވެސް ބޭނުންކުރާ ތަންތަން ހުޅުޖަހާ ހުލިކުރުމަކީ ދެރަ ، ހިތާމަހުރިކަންކަން. އިންސާނިއްޔަތުކަމެއްވެސްނެތް ބައެއް.
ހުސޭން ދީދީ
06 October 2025
އަފީފު ދީދީ މާލޭ ސަރުކާރައް އެއްޗެތި ނުގޮވާ ރަށު ކުދިން އިސްލާހު ވޭތޯބަލާ.