ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ރޯވެ، އެ ސަރަހައްދުގައި ހުރި ގެއަކާއި ގަރާޖެއް ވެސް އަނދައިފި އެވެ.

އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.

"މިހާރު އެއް ގެއަށް އަލިފާންގަނޑު ފެތުރި ރޯވެއްޖެ. ގަރާޖެއްގައި ވެސް ރޯވެއްޖެ،" އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ. 

ނަމަވެސް ހުރިހާ ގެތަކުން މިހާރު މީހުން ހުސްކޮށްފައިވަ ކަމަށް ބުންޏެވެ. 

ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.

އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ އެކު، އިތުރު ގޭގެއަށް ވެސް އަލިފާންގަނޑު ފެތުރުމުގެ ބިރު ބޮޑު ކަމަށް ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

"އަދި ހަމަ އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވޭ. އަލިފާންގަނޑު އިތުރަށް ހިފަމުންދަނީ،" ފުނަދޫން ވާހަކަ ދެއްކި އެހެން މީހަކު 8:53 ހާއިރު ބުންޏެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.---ފޮޓޯ: ޕޮޮލިސް

އެމްއެންޑީއެފުން 8:37 ހާއިރު މީޑިއާގައި ބުނީ، ހދ. ކުޅުދުއްފުށީގެ ފަޔާ ސްޓޭޝަންގެ ސިފައިން މިހާރު އަންނަނީ ފުނަދުއަށް ދިއުމަށް ދަތުރު ކުރަމުން ކަމަށެވެ.

"އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

ތަފުސީލް އަންނަނީ...