ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި ރެސްޓޯރަންޓެއްގައި މިއަދު ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ސޮނެވާ ޖާނީގެ ވޯޓަ ވިލާގައި ހުރި ރެސްޓޯރަންޓުގައި ރޯވެ، އިތުރު ބައެއް ތަންތަނަށް ވެސް އަލިފާންގަނޑު ފެތުރި ވަރަށް ބޮޑަށް ވަނީ އަނދައިފަ އެވެ.
ސޮނެވާ ޖާނީގެ ރެސްޓޯރަންޓުގައި މިއަދު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
އަލިފާން ނިއްވައިލީ އެ ރިސޯޓުގެ މުވައްޒަފުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔާ ސްޓޭޝަނާއި ފުުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.