ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގައި ކެޔޮޅުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 މެއި 2025 - 14:35
ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކެޔޮޅުން މިއަދު އެދިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ކެޔޮޅުންނާ ރައީސް މުއިއްޒު އެ އޮފީހުގައި މިއަދު ހެނދުނު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ކެޔޮޅުން މީގެ ކުރިން ރައީސަށް ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރާ ކަމަށާއި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން ލިބި، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް، އެ ބައްދަލުވުމުގައި ކެޔޮޅުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދިނުމަށެވެ. އަދި ފަސޭހަކަމާ އެކު، މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކޮށްދޭން ވެސް އެދުނެވެ.
މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި މަސްކިރާ ލޮކޭޝަން އިތުރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.
ރައީސްގެ ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ، ކެއުޅުންނާ ބައްދަލުކުރެއްވުން pic.twitter.com/hGVP9Cfs8Y
— The President's Office (@presidencymv) May 19, 2025
ރައީސް އޮފީހުން ބުނި ގޮތުގައި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ ވެސް އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ބޭންކު ލޯން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ވެސް ހައްލުކުރުމަށް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން މިހާރު މަސް ގަންނަނީ ކިލޯއެއް 16ރ. ގެ ރޭޓުންނެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ މަހުގެ އަގު މިހާރު ބޮޑަށް އޮންނަނީ ބާޒާރުގެ އަގުތަކަށް ދޫކޮށްލެވިފައި ކަމަށެވެ. ނަމަވެސް މިފްކޯ އިން މަސް ގަންނަނީ 16ރ. އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް މާކެޓަށް ރިއާޔަތްކޮށްގެން ކޮންމެ ދުވަހަކު އަގު ކަނޑައަޅަން ޖެހެނީ މިހާރު،" އޭނާ ވިދާޅުވި އެވެ.
ކެޔޮޅުން ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ.
20 May 2025
ބޭރު ގައުމުތަކުގެ ރޭޓް ހުރިގޮތަކައް މަސް ގަންނަން ޖެހޭނީ. ޢެހެންނޫނީ ކުންފުނި ބަގުރޫޓް ވާނީ.
މަށައްފެންނަނީ
20 May 2025
މަށައް ފެންނަނީ ކެޔޮޅުންގެ ޖަމިއްޔާ މަސްގަނެ ވިއްކުމުގެ ވިޔަފާރިއައްވަންނަން. އޭރުން މާ ފައިދާ ވާނެ. އޭރުން 20 ރުފިޔާއެއްނޫން 50 ރުފިޔާވެސް ލިބޭނެ. މިފްކޯއައް މަސް ނުކިރުވާ ކެޔޮޅު ކުންފުންޏައް މަސްކިރުވާނީދެން ކެޔޮޅު ކުންފުނިން ތިބުނާ ބޮޑުއަގުގަ ބޮޑުފައިދާގަ ރާއްޖޭން ބޭރައް މަސް ވިއްކާނީ. ސަރުކާރުން މަސްބޭރުކުރަން ނަގާ އަދި ނަގާނެ ހުރިހާ ޓެކްސްއެއްވެސް އުވާލުމައް ގޮވާލަން އޭރުން އެމީހުންނައް މިކަންވާނެ. ބޮޑުފައިދާ ލިބޭނެ.
ާއަލިމޯޑު
20 May 2025
"މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި މަސްކިރާ ލޮކޭޝަން އިތުރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ." މިހުރިހާ ވަސީލަތެއް ގާއިމުކޮށްދީފަ މަސްވެރިން ބާނާމަސް ވެސް އެމީހުން ބުނާ އަގެއްގަ ސަރުކާރުން ގަންނަންވީ؟ ދެން ކޮބާ ސަރުކާރުން ކުރާ ހަރަދުގެ ރިޓާން.ތެލަށް ސަބްސިޑީ ދީފަ. ހުރިހާ މޮޅެއް މަސްވެރިންނަށް. ދެން މިފްކޯއިން އެއްޗެހީގެ އަގު ބޮޑުކޮށްލާނީ. ހުރިހާ ތުރާލެއް އާއްމުންނަށް.
މީރޯނުނަކަތް
20 May 2025
މިފްކޯއިން މަސް ގަންނަނީ 16ރ. ޢަށް ކިލޯއެއް. ޢަހަރެމެން ރަށުން މަސްވެރިންއަތުން މަސްގަންނަނީ މިއަގަށް މަސް ގަންނާތީ އެންމެ އަގުބހެޔޮކޮށް 25ރ ކިލޯއެއް. މަސް ތަދުވެއްޖެ ނަމަ 30ރ ކިލޯއެއް. ރައީސްމީހާ 20ރ މަސް އަގުހެދީމާ ލިބޭނީ 30ރ ކ. 35ރ ކިލޯ. މަސްވެރިންގެ އަތުން ވޯޓު ބޭނުމިއްޔާ އަގު ބޮޑުކުރާނެ. މަސް އަގުބޮޑުވެއްޖެނަމަ މަސް ގަންނަ މީހުންނަށް މަސް ނުގަނެ ނުވާނެ. އެކަމަކު ވޯޓު ނުދީ އެމީހުންނަށް ތިބެވޭނެ. +++ މަސްވެރިން ނަންކީމާ ވާގޮތް މިހާރު އެނގޭ.
ނުވިސްނާ
20 May 2025
އޭ މަވިއްކަން ތަޅާ ކިއްލި ސަރުކާރުން 5ރުފިޔާ އައް ނުގަންނަންވީ ސަބަބަކީ ކޮބާބާ ތިގޮތައް މަހައް ހެދެނީނަމަ ؟ މަސްވެރިން ވެސް އޭރެއްގެ ބާޒާރުގެ އަގައް ވިއްކަން ޖެހޭނީ. ނޫނީ އެހެން މަސައްކަތެއް ހޯދާ ކުރާނޭ. ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގަ ނުލިބޭނެ.
އިސްމާލި
20 May 2025
ކެޔޮޅުން އެދުނޭ ކިޔާފަ މަސް ގަންނަ އަގު މަތިކުރާކަށް ނުޖެހޭ. މިފްކޯ އަށް ގެއްލުމުގައި މަސް ގަތީމަ އެ ގެއްލުން ފޫބައްދަނީ އަހަރެމެންގެ ޖީބުން. ބާޒާރު އަގަށްވުރެ މަތިން ރޯމަސް ގަތީމަ އިނދަ ޖެހޭނީ ދެން އުޅޭ އަމިއްލަ ކުންފުނިތައް. އޭގެ ތެރޭގައި މަސް ކައްކާ މީހުނާ މަސް ބޭރުކުރާ ކުދި ކުންފުނި ތަކާ ހޮރައިޒަން ފަދަ ކުންފުނި ތަކަށް. ފައިދާ ވާނީ ހަމައެކަނި މިފްކޯއަށް މަސް ކިރާ މީހުނަށް. ޟިކަމުން ލިބޭނެ ގެއްލުން މާ ބޮޑު ވާނެ.
ޢިބުރާހިމް ވަހީދު
20 May 2025
ކަލޭމެންނައް 20 ދީފަ އަހަރެމެންނައް އޮންނާނީކޯޗެއް
އެދުރުކަލޭގެފާނު
20 May 2025
ރައީސްތޯ މަހުގެ އަގުވެސް ބަލަހައްޓަނީ؟ މިޤައުމުގެ އަބަދުގެ ހާލަތަކީ މިއެވެ. ރައްޔިތުންގެ މިވިސްނުން ހުންނަނަމަ ސިޔާސީވެރިން ފައިދާނުނަގަންވީ ސަބަބަކީ ކޮބާ؟
އެމްސް
19 May 2025
ކަންނެލި އޮޑިފަހަރު ކުއްޔަށް ނަގައިގެން މަހަށްދާ ބިދޭސީންނަަށް އޮތީ ކޮންކަމެއްބާއެވެ؟
އެހެންޏާ
19 May 2025
މީދެން ވަރަށް މޮޅު ބައެއް. މިމީހުން މަސައްކަތެއް ކުރިއްޔޭ ކިޔާފަ ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިޔަނެއް މިމީހުންނަށް ދޭންވީ. ދެން އަނެއްކާ މުސްކުޅި ވީމަ ޕެންޝަންވެސް ދޭންވީ. ޕެންޝަން ފަންޑަށްވެސް އެއްޗެއް ޖަމާކުރުމެއް ނެތް. އަހަރެމެން ދުވާލު ހަތަރު ދަމު މަސައްކަތްކޮށްގެން މިލިބެނީ ކަނޑައެޅިފަ އޮންނަ މުސާރަ. ޕެންޝަން ލިބެނީ އަތުން ކަނޑާ އެއްޗަކުން.