ޑްރަގު ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާ: އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި
20 މެއި 2025 - 10:18
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ މައްޗަށް އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރުގެ ހުކުމެއް އަބުޗާގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހިންގި ޝަރީއަތްތަކަށް ފަހު އިއްޔެ އެވެ.
ފުލުހުން 2020 ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު ވެސް އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އެވެ.
އެ އޮޕަރޭޝަނުގައި އަބުޗާ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ވަގުތު، މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކައި ވެސްލި އެވެ. އެކަމަކު، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނެގުމަށް ފަހު އަބްޗާ ހައްޔަރުކުރި އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބްޗާގެ މައްޗަށް އުފުލިއިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އިއުތިރާފުގެ މައްޗަށް ބަލައި، އަބްޗާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.
އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފަ އެވެ. މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރުވެފައި ވާތީ ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 21 އަހަރެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.
ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 2019 ވަނަ އަހަރުގެ މެދު ތެރޭގައި އޭނާ ހައްޔަރުކުރުމުން ވެސް ކޯޓާ ހިސާބުން ދޫވީ އެވެ. ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިންކާރު ކުރަމުން ބުނެފައި ވަނީ، އެ ފަހަރު ދައުވާ އުފުލި މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ މީހަކު އެހީތެރިކަމަށް އެދުމުން ލޯންޗުގައި ގެންގޮސްދިނީ ކަމަށް ބުންޏެވެ.
އަބުޗާގެ ނެޓްވޯކުން އެ ފަހަރު ވެސް މަސައްކަތްކޮށްފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރާށެވެ. މުއްދަތު މަޖިލީހުގައި އެކަކު އެތަކެއްޗާ ހަވާލުވެ އެހެން އެންމެން އިންކާރުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާލައްސާރު
21 May 2025
މާލޭގެ ދެކޮނުފަރާތުގައި އެހެރަ ލޯންޗްތަކަކީ ފަތަށްދާ ލޯންޗްތަށް .
އަހައްމަދޫ
21 May 2025
ދެން އިވޭނީ އިސްތިއުނާފް ކުރާ ވާހަކަ ކޮންމެސް ކޯޓެއްގައި. އެވީ. އޭނާ ހައްޔަރުކުރީ ރަނގަޅަކަށް ނޫނޭ ކިޔާފަ ދޫވާތަން ފެންނާނެ
މުޤައްދަސް މާލޭ ބޭފުޅެއް
21 May 2025
ކޮބައިތަ އެއުޅޭ އޮނަރަބްލް އަފީފު ދީދީ؟ މާލެ އަރައިގެން ހުރެ، މާލޭ މީހުންނާއި ޖެހިގަނެގެން ނޫޅެ، ތިމާގެ އަތޮޅަށް ގޮސް އަތޮޅުގެ މީހުން އިޞްލާޙް ކުރަން އުޅުނިއްޔާ މާތާހިރުވާނެ އެވެ.
ކުޔުި
20 May 2025
ދެންތިބި ރައްުޔިތުންނަށް އެނގޭނެ ކޮންގޮތަކަށް ކަން މުއްސަނދި ކަން ހޯދަނީ އައްޑޫ މީހުން،ދުނިޔޭގައި ލެއްވި ހުރިހައި ނުބައި ކަމެއް ތިމީހުން ކުރާނެ،
ބޫމާ
21 May 2025
އޯކޭ ބޫމާ
ބާކީ މުއްދަތު ނުބައި
20 May 2025
.......ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 21 އަހަރެވެ.... ޚަބަރު ލިޔުނު ކުއްޖާ މިތަންކޮޅު ރަނގަޅުކޮށްލާ. ރަނގަޅު ގޮތަކީ ..21 ދުވަހެވެ.
ވޯލް
20 May 2025
ޝުޖުރިއްޔާ ރ.ސޯލިހް. އެކަމަކު ދެރައީ މިހާރު މިނިވަން އްދުލުވެރި ފަންޑިޔާރުގެ އެއް ނެތްކަން. ހައިކޯޓުން ތިޔަ މީހާގެ އިސްތިއުނާފަށްވާ ގޮތް ބަލަމާ.
ބޮކުހަންތާކިހާބޭ
20 May 2025
ކިރިއައި ފަސްލައްކަ މީހުން، އެއީވެސް ކުދިކުދި ފިނޮޅުތަކެއްގައި އުޅޭއިރު ބޮޑެތި ޑްރަގުލޯޑުން، ޑީލަރުން، ނެޓުވޯކުތައް، އެކުރާ މިލިއަންސްގެ ރުފިޔާގެ ވިޔަފާރިތައް މިވާހަކަތައް ދައްކާއިރު މިކަން މިކުޑަކުޑަ މުޖުތަމައުގައި ނުހުއްޓުވިގެން އުޅެނީ ކީއްވެގެންތޯ ފުރަތަމަކަމަކަށް ދިރާސާކޮށް ބަލަން ވެއްޖެއެއްނޫންތަ. އިހަށް މިމީހުން ބަނދުކުރުމާއި މައްސަލަ ބެލުން ޕާކުކޮށްލާފަ. ހައްލެއް ނުލިބި އަބުޗާމެން ފަހަތުން އުޅޭތާ ލައްކަ ދުވަސް ވެއްޖެތާ،
ޑެބީ
20 May 2025
މަސްތުވާތަކެތީގެ 9 މައްސަލައާއި ގޭންގް ރޭޕްގެ މައްސަލައަކާއި މާރާމަރީގެ 2 މައްސަލައަކާއި ބަދުއަހުލާގީ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވި މައްސަލައަކާ އުޅޭއިރު 25 އަހަރުވީމަ މާގިނައެއްނު. 25 މަސްކޮށްފަ ދޫކޮށްލަންފެންނަނީ. ޖަލުގަ ތިބެންޖެހޭނީ މުޒާހަރާ ކުރާކުދިންނާ ފައިވާނެއް ނޫނީ ރިހާކުރުފުޅިއެއް ނޫނީ ކިއްލިއެއް ވަގަށްނަގާ މީހުން
ނުހހާ
20 May 2025
މީނަ ވެދާނެ ވިއްކަން ހަވާލު ކޮއްފަ ހުރި މީހަައަށް. އެކަމު ކޮބާ އަސްލު ތީގެ ކޮޅު؟ ފައިނޭންސް ކޮށް ޑުރަގު އެތެރެކޮށް އެ ރާވާ ބޮޑުން؟
ކުދި މަސް
20 May 2025
ތިއައް ތުރެ ބޮޑެތި މީހުން ތިބޭނީ ފަހަތުގައި. މަޖުލިސް އިންތިހާބުގެ ފޮޓޯ ތަކުން އަސްލު ފަހަތުގައި ތިބި ބޮސް ތައް ފެންނާނެ އައްޑޫގެ ވެސް. އެއީ ހިމާޔަތް ކޮއްފަ ތިބޭ ބައެއް!!