އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: އެމްއެމްއޭއަށް ޑޮލަރު ނަގާ މިންވަރު މަތިކުރަން ނިންމީ ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ ގޮތް ހަދަން ކަމަށް ބުނޭ
20 މެއި 2025 - 17:33
ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ބޮޑުކުރަން ނިންމީ ވިޔަފާރިތަކަށް "ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން" ކަމަށް އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.
ނަމަވެސް އަންނަ މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާ 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ ގޮތަށް މިހާރު ހަމަޖަައްސައިފަ އެވެ.
އެކަމާ ގުޅިގެން، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލު ގެނައީ ކޮންމެ ހަފުތާއަކު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ބޭރު ފައިސާ ހަރުދަނާ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނެއް ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން، ޓޫރިޒަމްގެ ދާއިރާގެ އެކި ފަންތީގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ތަފާތެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އަލަށް ގެނައި ގާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް މާރުކުރި އަދަދު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
22 May 2025
ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެސަބަބުން 15.42 އަށް ލިބެންޖެހޭ ޑޮލަރުގެއަގު މިއަދު 19.20 އަށް ވެއްޓިއްޖެ. ސާބެހޭހަމަސާބަހެ. މިޤައުމުގަ ހުންނަމުދަލާއި ޚިދްމަތްތަށް އެއީހަމައެކަނި ދިވެހި ރުފިޔާއިން ގަނެވޭއެއްޗިއްސަށް ނަހަދާހާހިނދަކު މިކަމަށްހައްލެއްނެތް. މިކަންމިގޮތަށް ކުރެވޭނެ ޑަކްޓަރެއް މިޤައުމުގެ ވެރިޔަކަށްލާންވީ.
ހީހީ ސުލީހް
21 May 2025
ދޫކުރާ އުސޫލު ބުނެދީބަލަ. ޑޮލަރު ބޭނުންވެފަ މިތިބީ. މިހެންބުނާއިރުވެސް އިނގޭ ދަރަނި ނުދެއްކިގެންކަން ލިބޭހާ ޑޮލަރެއް އެމްއެމް އޭ އަށް ތި ނަގަނީ.
ސަލިމްބައި
21 May 2025
ގަވައިދު ނެރުނު އިރު 18 ރުފިޔާ އަށް ޑޮލަރެއް ލިބޭ. މިއަދު މިއުޅެނީ 20 ރުފިޔާގަ. ދެން 90 ޕަސަންޓު ނެފީމާ ޑޮލަރެއް 25 އަށް ލިބުނަސް ރަނގަޅުތާ... ކަލޯ، ފައްކާ ރޯނު އެދުރެއް ހުރީ އިނގޭ...
ބަޑިތަކުރު
21 May 2025
ހަދާ ގާނޫނުތަކާއި ގަވާއިދުތަކަށް އެއްބަޔަކު އަމަލުކުރާއިރު އެއަށް އެއްގޮތަކަށްވެސް އަމަލުނުކުރާ ފަރާތްތަކެއް އުޅޭކަމަށް އަބަދުވެސް އަޑުއިވެއެވެ. މިގޮތުން މީރާއަށް ދައްކަންވާ ޓެކްސްވެސް ގަވާއިދުން ނުދައްކާ އެތައް ބަޔަކު އުޅޭކަމަށްވެއެވެ. އެހެންކަމަށްވާނަމަ އެފަދަ ފަރާތްތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅެންޖެހެއެވެ. އެހެންނޫނީ އެއީ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަރާބަރަށް އަމަލުކުރާ ފަރާތްތަކަށް ކުރެވޭ ވަރަށްބޮޑު ބޭއިންސާފެކެވެ.
އޭޗީބީބީ
21 May 2025
ކޮންމެ ޑޮލަރެއްގެ ފަހަތުގަ ފުލުހެއް ބަހައްޓައިގެން މި ކަންވާނީ! ޑޮލަރު! ޑޮލަރު! ޔެސް ސާރރ!
އަސަފަރަފަ
21 May 2025
މިހަމަ މިސްރާބެއް ނެތް އޮޑިޔެއް. މޮޔަ ކައްޕިއެއް ލައިގެން މިދުއްވެނީ
ހާމަ333
21 May 2025
އާންމުން ޖެހެނީ ޑޮލަރަށް ސަލާންޖަހަން ރިސޯޓު ބޯއިސްއަތުން ބޮޑުއަގުގަ ބްލެކް މާކެޓުން ޑޮލަރު ގަންނަން...ބޭންކަކުންވެސް އެހެން ތަނަކުންވެސް ނުލިބޭ އެކަށީގެންވާ ޑޮލަރެއް...މީހަކަށް 500 ޑޮލަރު ދިނީމާ އެއީ ކޯޗެއް? އާންމުކޮށް 3000 ޑޮލަރަށް ވުރެ މަތިން ނޫނީ ބޭސްފަރުވާ ދަތުރެއް ނުކުރެވޭ...މިއީ އެންމެން ދަންނަ ބޮޑު ސިއްރު.
ނެތޭ އެހެންގޮތެއް
21 May 2025
ބޭންކުތަކައް ޑޮލަރު މާރުކުރީމަ އެތާ ތިބޭ ބޮޑުން އެމީހުންނައް ކަޓުލިބޭގޮތައް ބްލެކްމާކެޓައް ޑޮލަރުކޮޅު ނެރެލަނީ. އެމްއެމްއޭ އައް ޑޮލަރު ކޮޅު ލިބުމުން އެތާ ތިބޭވެރިން އެމީހުންނައް ކަޓުލިބޭގޮތައް ބްލެކްމާކެޓައް ޑޮލަރުކޮޅު ނެރެލަނީ. ރަނގަޅުގޮތެއްހަމަނެތް. ވެރިމީހާ ބޭނުންގޮތައް ކަންތައްތައްކުރަން ހަދަންޖެހޭގޮތަކީ ވެރިމީހާގެ އެކައުންޓައް ހުރިހާ ޑޮލަރެއް ވަންނަގޮތް ހެދުން އޭރުން ރަސްމީރޭޓުގަ ވެރިމީހާގެ އެކައުންޓުން އާންމުމީހާއައް ޑޮލަރުވިއްކޭނެ.
ބަޑިތަކުރު
21 May 2025
އެހެންވީމާދޯ މީގެ ކުރިން ވެރިކަމުގައި ހުރިމީހާގެ އެކައުންޓަށް ދައުލަތަށް ވަންނަންޖެހޭ އެތައް މިލިޔަން ރުފިޔާއާއި ޑޮލަރު ޖަމާކުރީ. އެހެންވެގެންދޯ އެންމެމަތީ މަރުހަލާގެ ކޯޓުންވެސް އެކަން ސާބިތުނުވެ މައުސޫމް މީހެއްގެ ގޮތުގައި އެމީހާ އުޅެމުންމިދަނީ.
ގޮތް ހުހެއްނުވާނެ
21 May 2025
ތިބުނީ ޑޮލަރުގެ ވެރިމީހާތަ ނޫނީ ރާއްޖޭގެ ވެރިމީހާތަ،
ދޮގުދޮގު
20 May 2025
ހައްދަވައިގެން ތެދެއްނަހަދާތި. ވިޔަފާރިއަކަށްވެސް ނުލިބޭ އާއްމު ރައްޔިތަކަށްވެސް ނުލިބޭ، ހަބޭހަށް ބްލެކަމާކެޓްރޭޓުގަ މަނީއެކްސްޗޭންޖު ތަކުންވެސް ވިއްކަނީ. ގަވާއިދު އޮންނަނީ އޮންނަތާގަ. ގަވައިދުގެދަށުން ލައިސަންސް ނަގައިގެން އުޅޭ ބަޔަކަށް ބްލެކްމާކެޓުރޭޓުގަ ނުވިއްކޭ ، އެކަމު ހަމަ ހަބޭސް، އެއޮއް ވިއްކަނީ
ޕުލީޒު
20 May 2025
ވިޔަފާރިތަކަށްބޭނުންވާ ޑޮލަރު އެމީހުނަށް ރަސްމީރޭޓުން ވިއްކާނަމަ، މުދަލުގެއަގު ތިރިވާންވާނެ. މިވީތާކަށް ތިރިއެއްނުވެ ވަންޏާވަނީ ބޮޑު. ކުރީގައި 25ށް ގަތް ކިރުޕެކެޓު 27ށްވެ މިހާރުލިބެނީ 30ށް. ހުސްހޮޅިވާހަކަ. ވިސްނޭގޮތުގައި ތިކުރެވޭކަމަކީ މާރުކޭޓަށް އައުބަޔަކުނެރެ އަގުމައްޗަށްޖެއްސުންހެންހީވަނީ. ކަންހިނގާގޮޮތް ރިޕޯޓަރުން ރަނގަޅަށް ހޯދައި ބަލާދެއްވަބަލަ.
ޑިވެހިމީހާ
21 May 2025
ތިރިވާންޖެހޭނެ. އެކަމު ނުކުރާނެ. އެކޮނަމިކު މިނިސްޓުރީއިން ވިޔަފާރިތަކުގެ ސަކަރާތް ނުބަލާ. މިދޭތެރެއިން ޑިއުޓީވެސް ޒީރޯ ކުރި. ޢަގަށް ބަދަލެއްއައި؟
ޕިލީޒު
21 May 2025
ރިޕޯޓަރުންނަށްވެސް ތިކަން ކުރާކަށް ނުކެރޭނެ.