ބ. ގޮއިދޫގައި މީހުންނަށް މެސެޖުކުރާ ކަމަށް ބުނާ ބިދޭސީ ޓީޗަރު--
21 މެއި 2025 - 14:31
ބ. ގޮއިދޫ ސްކޫލްގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރެއްގެ ބަދުއަހުލާގީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ އޭނާ ބްލެކް ލިސްޓުކޮށް، ރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގޯރީސަންކަރު ޕީޖީ ނަމަކަށް ކިޔާ އެ ފިރިހެން ޓީޗަރު ބަދުއަހުލާގީ އަމަލު ހިންގުމަށް އެދި އެހެން ފިރިހެނުންނަށް މެސެޖުކޮށްފައި ހުރި ޗެޓްލޮގްތަކެއް މިދިޔަ ހޯދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެ ޗެޓްލޮގުތައް އާންމުކުރި އެކައުންޓުން ބުނެފައިވާ ގޮތުގައި އެ ޓީޗަރުގެ މައްސަލަ އެ މައްސަލަ ފަޅާއެރި ރޭ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެކަމާ ގުޅޭ ގޮތުން "މިހާރު" އަށް ވިދާޅުވީ އެފަދަ ކަންކަމަކީ ޓީޗަރެއްގެ ކިބައިން އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅި ހިސާބުން، ޓީޗަރު ވަޒީފާއަށް ނުކުތުން ހުއްޓުވައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ ޓީޗަރަށް ދެން ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓުކޮށް ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުމުން ބަލަމުން އަންނައިރު އެކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ސަމާލުކަމަށް ވެސް މައްސަލަ ވަނީ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރު
22 May 2025
މެސެޖުތަކަށް ރިޕްލައި ކޮށް ރުހުމުގަ ކަންތައް ކުރި ދިވެހިންގެ މައްސަލަ ނުބަލާތަ
ސިލްމާ ޒާހިރު
22 May 2025
އޭނަގެ މައްސަލަ ބަލައި ޖަލަށް ލާންޖެހޭ!
މުނާލު
22 May 2025
ސޯ،،، އެމެރިކާއަށްދޭ
ޖައިސާމް
22 May 2025
ދެން ގޮއިދޫއަށް އިނގިރޭސި މުދައްރިސެއް ލިބޭނީ ކޮންއިރަކުން؟ ފުޅަދޫ އަދި ފެހެންދޫ ދަރިވަރުން ދަނީވެސް ތި ސްކޫލަށް...
ފަރީމު
22 May 2025
ބަޔަކު މީހަކު ވާވައްދާލާފަ ކަމެއް ކުރުވަން އުޅުނީ އެކަމު އެކަން ކުރުމުގެ ކުރިން އޭނާ ހައްޔަރު ކުރީ. އަދި އޭނާ މަގުމަތީ ދުއްވި މީހުން ހަމަ އެއްވެސް ފިޔަވަޅެއް ނާޅާ
އިހްސާސް
22 May 2025
އެމީހުން ހަމައެކަނި ޑީޕޯޓުކުރީމަ ދާނީ އުފަލުން ހެވިފަ ރަށަށް. މިބާވަތުގެ މީހުން ޖޫރިމަނާވެސް ކުރަންވީ. ދައުލަތުން ދޭ މުސާރަވެސް ހިފަހައްޓަންޖެހޭ ކުށުގެ އަދަބެއްގެ ގޮތުން.
ހޭލަ
22 May 2025
ބޭރު ޓީޗަރުން މިރާއްޖެ ގެނެސް އެމީހުންނަށް މިތަނުގެ ހަމަތަކާއި ގަވާއިދުތައް ކިޔައިދީ ބުނެދޭން ޖެހޭ. ގޯސްކަމެއް ދިމާވިޔަސް އިންސާނީ ކަރާމާތް އޮންނަން ވާނެ، އެފަދަ މީހަކާމެދު ޢަމަލުކުރަން ވާނީ އިންސާނިއްޔަތު ކަމާއެކު. ރާއްޖޭގައި އުޅޭ ޓީޗަރުންނަށް ދެނީ މީގެ 20 އަހަރު ކުރިން ވެސް ދޭ މުސާރަޔާއި އިނާޔަތް، މާލޭގައި ވިޔަސް ދެނީ ކެއުމާއި ހުރުމަށް 3300 ވަރަކަށް ރުފިޔާ. މުސާރަ އެހާ ކުޑަ.
އަލަމްގިރިބެ
22 May 2025
ޕްރިމޯޝަނެއް ދީ
އަލަމްގީރު
21 May 2025
ރަށަށް ގޮސް ބުނާނެ މި އައީ ޕީ.އެޗު.ޑީ ނަގައިގެންނޭ... ހަރާމް ،
ޖަމާލް އަބޫ އަލީ
21 May 2025
ދިވެހިން ހީކުރަނީ މީ މީހުން ނޫޅޭގޮތެއް ކަމަށްތަ