އެމެރިކާގެ ވޮޝިންޓަންގައި ބަޑިން ހަމަލާދީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލި ސަރަހައްދުގައި އެފްބީއައިގެ އެޖެންޓުން މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
22 މެއި 2025 - 09:24
އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ކައިރީގައި ބަޑިން ހަމަލާދީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލައިފި އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ވެރިޔާ ކްރިސްޓީ ނޯމް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
"ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރު ކައިރީގައި މިރޭ ވަނީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު ރަހުމެއް ނެތް ގޮތުގައި މަރާލާފައި. މިކަމާ ގުޅޭ ގޮތުން ހާމަކުރެވޭނެ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް،" އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.
މި ދެ މުވައްޒަފުން މަރާލީ ކެޕިޓަލް ޖުވިޝް މިއުޒިއަމް ކައިރިން މަގުމަތިން ދަނިކޮށް ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ. އިޒްރޭލުގެ ވެރިން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ވޮޝިންޓަންގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ހަމަލާ ދިން މީހާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.
އޮފިޝަލުން ވިދާޅުވީ އަންހެނަކާއި ފިރިހެނަކަށް ބަޑިން ހަމަލާދިނީ މިއުޒިއަމް ބޭރުގައި ހުރި މީހަކު ވަރަށް ބާރަށް އެ މީހުންނާ ދިމާލަށް ދަމުން "ފްރީ ޕަލެސްތީން" ގޮވަމުން ގޮސް ކަމަށެވެ.
އިޒްރޭލުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ޑިޕްލޮމެޓުންނާއި ޔަހޫދީ ކޮމިއުނިޓީއަށް ނުރައްކާކުރަން ފެށުމަކީ "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްލާތޫން
22 May 2025
މިކަމުގެ ޒިންމާ ނަތަންޔާހޫ ނަގަންޖެހޭނީ. ނަތަންޔާހޫގެ އަމަލުތައް ހުންނަ ގޮތުން އަމިއްލަ ގައުމުގެ މީހުން ނުރައްކަލަށް ހުށަހެޅެނީ
ޕޫރުބެ
22 May 2025
ބަލަ ތިކަހަލަ ޔަހޫދީއަކު މެރީމާތަ ރަހުމެއް ނުހުންނަނީ!؟
ކަޕިއޮންޗޭ
22 May 2025
ދެން އެމެރިކާއަށް ހަމަލާދޭނީކީ ނޫން
ބސވސޗ
22 May 2025
ނުކެރުނޭ ޓެރަރިސްޓޭ ކިޔާކަށް. އެމީހުންގެ މީހެއްވީމަ.
ހުރަސްކުރުން
22 May 2025
އިޒުރޭލު މީހުން ރަތްރޮގު ހުރަސް ކުރިޔަސް މަސްއަލައެއްނޫން އެހެން މީހުން ރަތްރޮގު ހުރަސް ކޮއްފިއްޔާ މަސްއަލައެއް މީކޮންކަހަލަ ހަމައެއް ގެންގުޅޭ ޒަޔަނިސްޓުންތަކެއް
ެމެސީ
22 May 2025
ފްރީ ފަލަސްތީން. ކަލޭމެން ޔަހޫދީންނަކަށް މިބިންމަތީގައި އަމާންކަމެއް ނެތް!