22 މެއި 2025 - 18:18
ފާއިތުވީ ހަފްތާތަކުގައި ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓުކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު މި ފަހުން އިތުރުވެފައިވާ ކަމަށެވެ.
އަދި، މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެކްސިން25
22 May 2025
ވެކްސިން ޖެހިފަހުން ކިތައްމީހުން ހަކުރުބަލީގެ ބޭސް ފަށައިފިންތޯ؟ މި އޮފީހުގެ ގިނަމީހުން ހަކުރުބަލީގެ ބޭސްކާން ފަށައިފި.
ބޭޗާރާ
22 May 2025
ވެކްސިންޖެހިފަހުން ކިތަށް ކިލޯހަކުރު ކެވިއްޖެތޯ؟
ދިރާސާދަރި
23 May 2025
މަހަކު ކިތައް ކޭކުތޯ ތި އޮފީހުގެ މީހުން ކަނީ؟ ކިތައް ފަހަރުތޯ ފޮނިއެއްޗެހި ކަނީ؟ ކިތައް ފަހަރުތޯ ކޯކު ފަދަ ބުއިތައް ބޮނީ؟ މިއީ ބަލާލަން މުޙިއްމު ކަމެއް ތިއޮފީހުގެ ގިނަ މީހުން ހަކުރުބޭސްކާ މައްސަލަައިގެ ދިރާސާގައި. ކޮވިޑް ވެކްސިނާއި އެހެނިހެން ކަމަށް ބަލާނީ ބަލަންޖެހޭ ހުރިހާ ކަމެއް ނިމިގެން ސަބަބު ދެނެ ނުގަނެވޭ ހިސާބަށް ދިޔާއިމަ. ތިދިރާސާ އަލުން ކުރަންމިޖެހުނީ. ވެކްސިނަކުން ދިރާސާ ފެށިހިސާބުން ގޯސް. ފުރަތަމަ ބަލަންޖެހޭ ކަންކަން ނުބާ.
އަސްލު......
22 May 2025
ވަރަށް ދެރަކަމެއް އިޚުލާސްތެރި ތެދުވެރި ވެރިއެއް ހުންނެވިނަމަ، މިފަހަރު ތަފާތު ފެންނާނެ ........
ހާމަ333
22 May 2025
ކޮވިޑޭ ކިޔައިގެން މިޒަމާނު ބޭސްފަރުވާގައި ގިނައިން ހިންގަނީ މާފިޔާ ބިޒްނަސް.. ބޭސްވިއްކުމާއި ބޭސްވރުވާއާއި ގުޅޭ ވިޔަފާރި އަކީ މަލްޓިބިލިއަން ޑޮލަރުގެ ވިޔަފާރިތައް...މިކަމުން އެންމެ ފައިދާ ވަނީ އިންޑިއާއަށް...ގެސްޓު ހައުސްތައް އަބަދުވެސް އޮންނަނީ ފުރިފަ...ބަލިތަކުގަ އެންމެ ގިނައިން އަންނަ ޓޫރިސްޓުންނަކީ ދިވެހިން...ކޮވިޑް ވެކްސިން ޖެހިފަހުން ޖެހޭ ބަލިތައް ކުރިއަށްވުރެ ގިނަ...ވެކްސިން އިންޑިއާއިން ދިނީ ހިލޭ....ވިސްނާލަމާ ...މަރުވާ ބަޔަކު މަރުވެދާނެތާ...މުއްސަނދިވާނެތާ ކޮންމެވެސް ބަޔަކު...ދެން އަޑީގަ ދިވެހީންތަކެއްވެސް އުޅެގެންތާ މިކަންވާނީ...ކީކޭ ދެން ބުނާނީ.
ވަތަނީ
22 May 2025
ތިޔައީ ފޭކްޚަބަރު ފަތުރާމީހުން ކިޔާބަނދިވަރު. ގިނަދިވެހިންނަކީ ސިއްހަތަށް ބަލާބައެއްނޫން. ކާނީ ޕިޒާ ސަބްމެރިން ބޯނީ ރެޑްބުލް ކޯކް މިލްކްޝޭކް ފަދަ އެއްޗެތި. ހިނގާލާކަށް ނުކެރޭނެ. ކަސްރަތެއްނުކުރާނެ. ދަނޑުހައްދަނީ ކެމިކަލް ޖަހައިގެން ކަނީ އެފަދަތަނުގައި ހެދޭތަކެތި. ވެކްސިނޭ ނުކިޔާ.
ޟާއިރއ
22 May 2025
ކޮބާ މަޖުބޫރު ކަޮއްގެން ޖެހި ވެކުސީނުން ވަނީކޮންކަމެއް
އައިއެމްއެފް އިން ސްޕޮންސަރ ކުރާ އެއްޗެއްސެއް ނޫންތަ؟
22 May 2025
ޔަހޫދީން ގަނޑު ބަލިވަމުންދާތީ ކޮންމެވެސް މޮޅު ހެޑްލައިނެއް އަޅާލަނީ.
ހުސެއިންއައަހުމަދުއިބުނުފިރާގު
22 May 2025
ކޮވިޑުވެސް އަދި އެހެން ބަލިތަކުންވެސް ރައްކާތެރިވުމަށް އަބދަުވެސް މަސައްކަތްކުރަންޖެހޭ. އެކަމަކު ކޮވިޑޭ ކިއަިގެން ރާއްޖޭގައި ހިންގި ފާޑުގެ މަފިޔާ އޮޕަރޭސަނެއް ދެން އިތުރަށް ހިންގިޔަ ނުދޭން ބައްޔާއި މެދު ވިސްނުމަށްވުރެން ބޮޑަށް ވިސްނައި ފާރަވެރިވެގެން ތިބެންޖެހޭ. ސަރުކާރުގެ މިނިސްޓްރީން ފެށިގެން ގޮސް ބޭސްފިހާރައިގެ ސޭޓަށް ދަންދެން ދިވެހިން ފޭރިގަނެގެން ވިއްޔާ އުޅުނީ. އަަދިވެސް އެއްކަލަ ވެންޓިލޭޓަރުތައް އަންނަ މަގުމަތީގަޔޯ.
ޙެހެހެެހެހހެހެހެހެހ
22 May 2025
މިހާރު އޯލްސޯ ބީ ލައިކް ‘ 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މޯލްޑިވްސް އެކްސްޕޯ މާދަމާ ފަށަނީ….
ހިހިހި
22 May 2025
އާނއެކޭ. ކޮބާ އަދި އީދު ފާހަގަ ކުރުން ގަނޑު.
ާދުރުމި
22 May 2025
ކޮވިޑަކީ ހަމަ އާއްމު އަރިދުސް ރޯގާއެއް ކަމަށް ކަަނޑައަޅާފައި ވަނީ
ދަރި
22 May 2025
ކޮވިޑް19, ޢާއްމު ބައްޔަކަށް ވެއްޖެހެން އެބަ ހީވޭ! އަދިވެސް އެ މައިމޫނާތަ އެޗްޕީއޭ ހިންގަނީ?
މޮޔަ ޝަރީފް
22 May 2025
ހަމަ ގައިމު އެމް އޭ ސީ އެލް ސްޓާފްއިން ކޮވިޑް ޖެހުނަސް ރިޕޯޓް ދެން ނުކުރާނެ މުސާރަ ކަނޑާނެ ވިއްުޔާ. މޮޔަ ޕޮލިސީ ހަދާ އަދިވެސް