ދުނިޔެ

މޮރިޝަސްއަށް ޗާގޯސް ލިބިއްޖެ، ފޯޅަވަހީގެ ކުއްޔަށް އަހަރަކު 136 މިލިއަން ޑޮލަރު

ޗާގޯސްގެ ރަށެއް: މި ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން މިހާރު ވަނީ އެއްބަސްވެ ސޮއިކޮށްފައި

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުމާ އެކު ސޮއިކޮށްފިކަން އިނގިރޭސި ވިލާތުން ރޭ އިއުލާނުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މިކަން އިއުލާނުކުރައްވައި ވިދާޅުވީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.

ސްޓާމާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ނަގައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ދައްކަން ޖެހޭނެ ކަމަށެވެ.

"އިނގިރޭސި ވިލާތުގެ ގައުމީ މަސްލަހަތަށްޓަކައި މި ގޮތަށް އެއްބަސްވުން ނޫން ގޮތެއް ނެތް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިއެގޯ ގާސިއާއަށް 99 އަހަރުގެ ތެރޭގައި އިންފްލޭޝަނަށް އެޖަސްޓުކޮށް، 3.4 ބިލިއަން ޕައުންޑް ހޭދަވާނެ ކަމަށެވެ.

ޗާގޯސްގެ ޑިއެގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުން އެމެރިކާގެ މަތިންދާބޯޓެއް ފުރައިގެން ދަނީ.

އިނގިރޭސިވިލާތުގެ އެންމެ ގާތް ބައިވެރިން މި އެއްބަސްވުމަށް ތާއީދުކުރާކަން ހާމަކޮށްފައި ވާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވޮޝިންޓަނުން "ތާރީހީ އެއްބަސްވުމަށް މަރުހަބާ ކިޔާ" ކަމަށް ވިދާޅުވެފަ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް ވަނީ މި އެއްބަސްވުމަކީ 1968 ވަނަ އަހަރު ފެށި މޮރިޝަސް ޑިކޮލޮނައިޒޭޝަންގެ މަރުހަލާ ފުރިހަމަވެ އޭނާގެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ އިދިކޮޅު ކޮންޒަވެޓިވް ޕާޓީން ވަނީ މިއީ ގައުމުގެ ބައެއް ދޫކޮށްލުން ކަމަށް ބުނެ ސްޓާމާ އަށް ފާޑު ކިޔައިފަ އެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިއްޔެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ އެކަން ހުއްޓުވައިފަ އެވެ. ޗާގޯސް އަށް ނިސްބަތްވާ ދެ މީހަކު، ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ނުވާނެ ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ނެރުނު ވަގުތީ އަމުރު މާ ގިނައިރުތަކެއް ނުވެ ވަނީ ބާތިލްކޮށްފަ އެވެ.

ބައި ގަރުނަށް ފަހު ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލާފައި މި ވަނީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ.

ޗާގޯސް

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

42 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 31%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި2021

25 May 2025

ދިވެހިން ދެން ތިކަމާ އުޅޭނެކަމެއްނެތް. ޗާގޯސް މަތިން ހަނދާންނައްތާލާ. ދުނިޔޭގެ ބޯދުފެބާރު އެކައްޗެއްކިޔާ ގޮތްނިންމީމަ ދެން ކުރެވޭނެ މާބޮޑުކަމެއްނޯންނާނެ.

The name is already taken The name is available. Register?

ކޮތަރޭ

25 May 2025

ރާއްޖެއަށް ފޯޅަވަހި ގެއްލިއްޖެ. ރާއްޖޭން ގެއްލުނު ކަނނޑު ހޯދަން އައިމީހުންވެސް ތިބީ ހިމޭނުން. ދިވެހިރާއްޖޭގެ ވެރިންގެ އިހުމާލުން ރާއްޖެއަށް މަލިކު ގެއްލިއްޖެ، ފޯޅަވހި ގެއްލިއްޖެ. ދެން އެންމެ ހުޅަނގުން އޮތް މަކުނުދޫ ގެއްލޭނީ ކަމެއް ނޭގެ. އަދިވެސް ފޯޅަވެއްސޭ، ފަޅޮލޭ ފުޅަތްޕޭ ކިޔަން ތިބޭ

The name is already taken The name is available. Register?

ބަރުމޯސް

24 May 2025

ނުދީ އިތުރަށް ކުރާނެ ކަމެއްނެތުމުން ދިނީ .. އަނެއް ދިވެހިރާއްޖޭމީހުން ދޫކޮށްލީމަ ދެން އިތުރަށް ދެއްކޭނެ ބަހަނާއެއްނެތީމަ ދޫކޮށްލީ.

The name is already taken The name is available. Register?

ބަބްސް

24 May 2025

ދެންއޮންނާނީ މޮރިޝަސް އާއި ޗާގޯސްގެ ނޭޓިވް މީހުންނާއި ތަޅާފޮޅުން.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

23 May 2025

އައްޑުއަތޮޅު ގަން އަހަރަކު 150 މިލިއަން ޑޮލަރަށް މިލިޓަރީ ބޭހެއް ހިންގަން ރަޝިޔާ ނުވަތަ ޗައިނާއަށް ދީފިނަމަ އައްޑުއަތޮޅުގެ މީހުންނަށް ވަޒީފާތަކެއް ލިބިގެންދާނެ އަދި އަތުޅުގެ އުމްރާނީ ތަރައްގީއަށް ހީނުކުރާވަރަށް އަހަރަކު އެ ލިބޭ 150 މިލިއަން ޑޮލަރުން ހޭދަކުރެވިދާނެ.

The name is already taken The name is available. Register?

ސާރަ

23 May 2025

ގެއްލުނު ކަނޑު ހޯދަން އައި މީހުބް ބަޔާނެއް ނަމަވެސް ނެރެލަބަލަ!

The name is already taken The name is available. Register?

ސައްލާ

23 May 2025

ކަންކަން ކުރަން ނޭނގުނު މީހަކާ ގައުމު ހަވާލުކުރީމަ ވާނެ 6 އެތި މިވީ. އިބޫ ބޮޑު ތަނުން ފެއިލްވިކަމުގެ ބޮޑު ހެކި

The name is already taken The name is available. Register?

އޮތް ފުރުސޮތު

23 May 2025

މޮރިޝަސް ގެއްލުނީ 1960ން މިހާތަނަށް އައި ސަރުކާރުތަކުން 65 އަހަރުގެ ޣާފިލުކަމާ ޖަހިލުކަމުން. ދެންވެސް އަތުގައި މިއޮތް ބިންކޮޅު ހިމާޔަތްކޮށް ދުނިޔޭގެ ކުރިއަރާ އެހެން އިންސާނުން އުޅޭގޮތަށް އުެވޭތޯ ބަލަންވީ. މިހާރު މިފުޅާވާ ޓޫރިޒަމުން ދިވެހިންގެ ހުރިހާ އެސެޓެއް ފަރަންޖީ އިންވެސްޓަށްވެ ގުލާނު ފަގީރުންނަށްވެ މިތިބެ ދަރާ އިނދަޖެހެނީ.. ހެޔޮނުވާނެ އަހަރެމެންގެ ދަރިން ދަރަނިވެރިކޮށްފާ ފަހަރަކު ސަރުކާރަކުން ފޭރުމާ ލޫޓުވުން ހުއްޓާލާ!!

The name is already taken The name is available. Register?

ކޮރަޕް

23 May 2025

ދޮގާއި އުޅުވާލުމާއި ކޮރަޕްޝަނުން ފޯވެ ގައުމު ލޫޓުވުމުގައި ރެއާއި ދުވާލު ހޭދަކުރާ އެތައް ސަރުކާރުތަކެއްގެ ސަބަބުން ދިމާވި ގޮތެއް. ކޮރަޕްޝަން ހުއްޓުވޭނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތް ދުވަހެއް ދުވަހަކަށް ގޯސްވަނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 May 2025

މޮރިޝަސް އަށް ޗާގޯސް ގައި އެއަރޕޯޓް ތަރައްޤީ ކުރެވެންދެން ނުވަތަ އެމަރިކާގެ މިލިޓަރީ ބޭހެއް މިތަނުގައި އޮންނާތީ އެއަރޕޯޓެއް އަޅަން ހުއްދަ ނުލިބުނު ކަމަށް ވިޔަސް އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިފުރުސަތު އެބައޮތް. އަދި މިކަމުގައި އިންޑިޔާގެ އެހީތެރިކަން ހޯދާ އިންޑިޔާގެ އެންމެ ބޮޑު އެއަރލައިން InDigo ދަތުރު ބޮމްބޭ، ޑެއްލީ، ކަލްކޮތާ އަދި ބެންގަލޯރާއި ކޮޗިންގ އިން އައްޑުއަށް އަދި އައްޑޫ މަގުން މޮރިޝަސް އަށް ހަމަޖެއްސިދާނެ.

The name is already taken The name is available. Register?

ގަމާރުން

23 May 2025

މީނަމީ ކޮންތާކު މަރުމޯލެއް… ކަމަ ނުބެހޭ ވާހަކަ ދައްކާފަ މިއޮތީ.

The name is already taken The name is available. Register?

އެޗް އެމް

23 May 2025

ދުވަސްކޮޅަކުން ކަނޑުގެ ސަރަހައްދުން އުނިވި ތަންކޮޅުވެސް މޮރިޝަސް އިން ހޯދާނެ. ސިޔާސީ މީހުން ކުޅޭނީ ސިޔާސީ ޑްރާމާ. އެމީހުން ބުނާހާ އެއްޗަކަށް ލޭމަތިނުކޮށް ތިބުން ރަގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454