ޓްރެފިކް ފުލުހަކު މަގު ބަލަހައްޓަނީ: އެންއައިސީއަށް އެންމެ ގިނައިން ހުށަހެޅީ ފުލުހުންނާ ގުޅޭ މައްސަލަ.-- ފޮޓޯ: މިހާރު
24 މެއި 2025 - 19:37
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި އަހަރުގެ މިހާތަނަށް 50 މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހޯދި މައުލޫމާތުތަކަށް ބަލާއިރު، އެމްއެންޑީއެފް ފިޔަވައި ޔުނީފޯމް ބޮޑީތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް މިދިޔަ މަސް ނިމުނުއިރު 50 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ އާއްމުން ހުށަހެޅި މައްސަލަތަކާއި އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތަކެވެ.
އެ މައްސަލަތަކުގެ ތެރެއިން 27 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވާ ކަމަށް، މިދިޔަ ބުދަ ދުވަހު ދިން ޖަވާބުގައިވެ އެވެ.
އެންއައިސީގައި މިދިޔަ އަހަރު ނިމުނުއިރު 118 މައްސަލައެއްގެ ތަހުގީގު ކުރިއަށްދެ އެވެ. މިދިޔަ އަހަރު އަލަށް ހުށަހެޅި 126 މައްސަލައާއެކު 127 މައްސަލައެއް ވަނީ ތަހުގީގުކޮށް ނިންމައިފަ އެވެ. އަދި 2023 ވަނަ އަހަރު 149 މައްސަލަ ރިޕޯޓް ކުރިއިރު އޭގެ ކުރީގެ އަހަރުގެ މައްސަލަތަކާއެކު 207 މައްސަލައެއްގެ ތަހުގީގު ނިންމި އެވެ. އަދި 2022 ވަނަ އަހަރު އަލަށް ހުށަހެޅީ 175 މައްސަލައެކެވެ. އެ އަހަރު ނިމުނުއިރު، ކުރީގެ އަހަރުތަކުގެ މައްސަލަތަކާއެކު 237 މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ.
އެ ކޮމިޝަނުން ބަލަނީ ޕޮލިހާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތަކެވެ.
އެ އިދާރާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންނާ ގުޅޭގޮތުންނެވެ.
މިދިޔަ އަހަރު ނިމުނުއިރު ފުލުހުންނާ ގުޅޭގޮތުން 103 މައްސަލައެއް ހުށަހެޅިއިރު، އެ ކޮމިޝަނުން އަމިއްލަ އިސްނެގުމަށް 10 މައްސަލައެއް ބެލި އެވެ. އޭގެ ތެރެއިން 91 މައްސަލައެއް ނިންމައި، 23 މައްސަލައެއްގައި ވަނީ ލަފާ ދީފަ އެވެ.
ކަރެކްޝަނަލް ސާވިސްއާ ގުޅޭގޮތުން 18 މައްސަލައެއް ހުށަހެޅިއިރު، ދެ މައްސަލައެއް އިސްނަގައިގެން ބެލި އެވެ. އަދި ކުރީގެ މައްސަލަތަކާއެކު 31 މައްސަލަ ނިންމައި، ނުވަ މައްސަލައެއްގައި ވަނީ ލަފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިމާހް އަހްމަދު
25 May 2025
އެފިޝިއަންޓް ސަރުކާރެއް އައުމުގެ ނަތީޖާ މި ފެންނަނީ.
ފާތުން ސޯލިހް
25 May 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ ކަންކަން ހަމަޔަކަށް އެޅެމުން މިދަނީ.
ސަމާހް ހަސަން
25 May 2025
ކަންކަން ބަލާނެ. ނަތީޖާ ނެރޭނެ
ލައިޓް
25 May 2025
އެން.އައި.ސީ ގެ މުޅިއުމުރުގައި މިހާތަނަށް ވެރިޔަކަށް އެޅިފިޔަވަޅެއް ބުނެދީބަލަ! ބޭކާރު ހަރަދު!
1828
24 May 2025
ނޭޝަނަލް އިންޓުގްރިޓީ ކޮމިޝަންއަކީ ބޭކާރު ކޮމިޝަންއެއް. ފުލުހުންނާ ދެކޮޅަށް ވަރަށް މައްސަމަ ނިންމަން ނުކެރޭ ބައެެއް.
ނޫނާރު
24 May 2025
ޝަރުޢީ ދާއިރާއަށް ހުށަހެޅިފައި ހުރި މައްސަލަތައް ނުނިމޭތީ ޙައްޤު ނުލިބިފައިތިބީ މީހުންގެ ޝަކުވާއެއް އަޑުއަހާނެ މީހަކު ނެތް އިރު އެދާއިރާގެ މިކަހަލަ ރިޕޯރޓެއް މިނޫހުންނފެނދާނެތަ. އެއީވެސް އެތަކެއް ދިވެހިންގެ ހައްޤުވިއްޔާ. ހަމަގައިމުވެސް 2008 ގެ ފަހުން ވެރިކަން ކުރި ހުރިހާވެރިން އެބޭފުޅުންގެ ވެރިކަން ހަމަވެގެން ނިމި ދިޔައިރުވެސް ނުނިމިހުރި މައްސަލައެއް އަހަރެން އެބަދެކެން. ކޯޓުތަކުގެ ވެރިން އިސްކުރާ ވެރިޔަކަށްވެސް ހުތުރު ނުވޭބާއޭ ހިތަށްއަރާ.
ޖެރާޑް.
24 May 2025
ތިކޮމިޝަނުން ފިޔަވަޅުއެޅީ ފަހަތަށްތޯ ނޫނީ ކުރިއަށްތޯ. މުޅިންވެސް ފިޔަވަޅުއަޅާ ވާހަކަ އޮންނަނީ.. އަޅާ ކޮޅެއްނޭނގެ..
ޕާޕާ
25 May 2025
އަސްލުވެސް ދޯ.