ފެމިލީ ކޯޓުގައި މިއަދު ބާއްވާ ކައިވެނިތަކުގެ މަޖިލިހަށް ތައްޔާރު ކޮށްފައި.---ފޮޓޯ: ފެމިލީ ކޯޓު
25 މެއި 2025 - 09:14
މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން މާލޭގައި 59 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެހާ ގިނަ ކައިވެނިތަކެއް މިއަދު ފެމިލީ ކޯޓުން ކޮށްދެނީ މިއަދަކީ މި އަހަރު އަންނަ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހަށް ވާތީ އެވެ. އެހެންވެ، މިއަދުގެ ތާރީހު ކަމަށްވާ 25-05-25 ގައި 59 ކައިވެނި އެ ކޯޓުން އެކަނި ކޮށްދޭނެ އެވެ.
ފެމިލީ ކޯޓުން ބުނީ، ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭނެ ކަމަށެވެ.
އެހާ ގިނަ ބަޔަކު މިއަދު ކައިވެނި ކުރާތީ ފެމިލީ ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި، މީހުންނަށް އެ ތަނުގައި އިށީނެދެވޭނެ ގޮތަށް ގޮނޑި ޖަހައިފަ އެވެ.
މިއަދުގެ ރީތި ތާރީހުގައި ކައިވެނި ކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކުގެ މީހުން ކޯޓުގެ ބޭރުގައި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައި.---ފޮޓޯ: ފެމިލީ ކޯޓު
މިދިޔަ އަހަރު އެންމެ ފަހުން އައި ރީތި ތާރީހު، 24-12-24 ގައި މާލޭގައި 52 ކައިވެނި އޮތެވެ.
ކުރީގެ އަހަރުތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން މި އަހަރު ހަފުތާ ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދޭނެ ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
25 May 2025
ތިޔަ ރީތި ޑޭޓްގަ 3 އަނބިންގެ ތެރެއިން އެންމެ ފުރަތަމަ އަނބި ވަރިކޮށްފަ އާކުއްޖަކާ އިނދެލާނަމޭ ހިތާ މިއުޅެނީ!!!!.
ސޮފްވާން ބިއުރޯ
25 May 2025
މަރުހަބާ ލޭޑީސް
ގަރަނބު
25 May 2025
ހުރިހާވެސް ކަމަކީ ލޮލަށް ފެންނަ ރީތިކަން ކަމަށް މިހާރުގެ ޒުވާން ކުދިންނަނަށް ސިފަކުރެވެނީ. ރީތި ކޮންމެ އެއްޗަކާއި ތަނަކާއި ކަމަކީ ޖަވާހިރެއް ނޫން. ރީތި ތާރީޚުގަ ކުރާ ކައިވެނި ރީތިވަނީ އުމުރުދުވަހަށް އެކައިވެންޏެއް ދެމެހެއްޓީމަ.
ނައީނާ
25 May 2025
ތީ ތެދެއް.
އަލީބެ
25 May 2025
ރީތިކޮށް ވޭތުކުރާ ޒަވާޖީހަޔާތެއްގެ ކުރިމަތީ ލައްކައިން ގުނާލެވޭ ޚަރަދުބޮޑު ޕާޓީތަކާ ކެއުންތައް އަދި ހާޟިރުވާ ބޮޑަތި ސެލެބްރިޓީންނަކީ އެއްވެސް އެއްޗެއްނޫން. ހައްތަހާވެސް ދެއްކުންތެރިކަން. ޕާޓީއަށް އަންނަ މީހުން ތިމާމެނާމެދު ހީކުރާގޮތަކީ ތިމާމެންެގެ ކާމިޔާބާ އުފާވެރިކަމާ އެއްވެސް ގުޅުމެއްއޮތް އަދި އެކަން ރަނގަޅުކުރެވޭ ސަބަބެއްވެސްނޫން.
ޖިމީ ކާޓަރ
25 May 2025
މިއަދު ކިތައް ވަރި ކުރޭތޯވެސް ބަލާބަލަ.. ތިހާ ރީތި ޑޭޓަކު އެކަންތައް ކުރާނެ މީހުންވެސް ތިބޭނެ..
މައްކުބޭ
25 May 2025
ކައިވެނިކޮށް ކައިވެނި ރޫޅާލުމަކުން 'ކައިވެނީ ގެ މަޤްޞަދު ހާޞިލެއް ނުވޭ، ކައިވެނިކޮށް އެކަށީގެންވާ ރަނގަޅު ޢަދަދަކަށް ކުދިން ހޯދާ ، ދަރިފަސްކޮޅު އިތުރު ކުރަންޖެހޭ، އެއީ ކައިވެނީގެ މަޤްޞަދަކީ.
ލަތީފާ
25 May 2025
ރީތި ދުވަހެއްގަ، ބޮޑު ހަރަދުކޮށް، ކައިވެނި ކުރެވިދާނެ!! އެކަމަކު، ކައިވެނި އެއީ ދެމެފިރިން ދޭތެރޭގަ އިހްތިރާމް، ލޯބި، އަޅާލުން، ކުލުނު، އެކަކު އެނެކާއާއި އެކު މުސްކުޅިވެ ދުނިޔެ ދޫކުރަންދެން އެކުގައި އުޅެ، އާހިރަތުގަ އެކަކުއަނެކާއާއި ސުވަރުގޭގަ ބައްދަލު ވުމުގެ ނިޔަތް ނެތްނަމަ ކައިވެނިއެއީ ހަމަ ފެށުމުގައިވެސް ނިމުން ސިއްކަޖެހި ފެށޭ ވޭނެ! ތިމާ އަމިއްލަ އަށް މިކަމާއި ފިކުރުކޮށް އަސްލު ކައިވެނިން ބޭނުން ވަނީ ކޯޗެއްތޯ ސުވާލުކޮށް ލާށެވެ.
އަލީޒ
25 May 2025
ނެތްތަ ކުއްޖެއް އިންނަން
އަފްލާތޫން
25 May 2025
ދިރިއުޅުމުގެ ސޮދުރާއަޖުޒު ވަކިކުރަން ނޭގެނީސް 25 އަހަރުންދަށުގެ ކުދިން ކައިވެނިކުރުމަކީ 21 ވަނަ ގަރުނުގަ އަދިހާއްސަކޮށް ދިވެހިރާއްޖެކަހަލަ ހަގީގީ ކަލްޗާއެއް ޓްރެޑިޝަންތަކެއްނެތް ތަނެއްގަ އެހާ ބުއްދިވެރިކަމެއްނޫން. ސިކުނޑިވެސް އެންމެ ފުރިހަމަޔަށް ކޮމްޕްލީޓްވަނީ 25 އަހަރުވީމަ
ށސ11
25 May 2025
ކައިވެނި ކުރުންތަ ގޯސްމިވީ؟! ހެޔޮދޯ ކައިވެނިކުރުމުގެ ކުރިން ކޮންމެފަދަ ގޮތަކަށް އުޅުނަސް؟؟ ހުޅަނގުގެ ކާފަރުން ދައްކާކަހަލަ ވާހަކަ ނުދައްކާ
އަލީބެ
25 May 2025
ޒިންމާއަދާކުރަން ދަސްވާނީ ޒިންމާދާރު ކޮށްގެން. ޒިންމާއާ ހަވާލުވެގެން. ދިވެހިފިރިހެނުންވަނީ އުމުރުން 15 އަހަރުގާވެސް ކައިވެނިކޮށް އެމީހުންގެ އަމިއްލަ މަސައްކަތުން މީހެއްގެ ކައިރީ ސަލާން ނުޖަހާ އާއިލާ ބަލަހައްޓާފަ. އެމީހުންެގެ އަނބިން ބޭރުނޯކިރީކުރާކަށް ނުފޮނުވާ. ފިރިމީހާއަށް ލިބޭފައިސާ ހުންނާނީ އަނބިމީހާގެ އަތުގާ ރައްކާކުރަން. އެއަނބިންވަނީ ޒަވާޖީ ހަޔާތްއާރާސްތުކުރުމަށް ލިބޭއެއްޗަކުން ބާކީކޮށް ފަހައްރައްކާކޮށްފަ.
ކިނާރީ
25 May 2025
ރީތިތާރީޚްގަ ކުރެވެކައިވެނި ރޫޅާނުލާ ދިރިއުޅާމެން ކުރިއަށް ދިއުމުގެ ހިތްވަރު ހުންނަން ޖެހޭ. . ދެބަސްވެލާ އިރަށް ވަރި އޭ ހިތަށް ވެސް އަރުވާ ނުލާ އެކަކުއަނެކަކަށް އިހުތިރާމް ކޮއް ގެން ދިރިއުޅެންޖެހޭ.
ގފދ
25 May 2025
ވަރިވާން ރީތި ތާރީޚެއް ބޭބެ އަންގާލާނަން. އިންނަ ދުވަހު ވާނެ އެ ދުވަސް ވެސް ފައިނަލް ކޮއްލަން.