ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުނު ކަމަށް ބުނެ ނޫސްވެރިޔާ ހުއްޓުވި ދެ ފުލުހުން -
25 މެއި 2025 - 14:41
ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ކަމަށް ބުނެ ހުއްޓުވި ނޫސްވެރިޔާއަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލާގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވައި، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ތުހުމަތުތަކެއް ކުރީ ވަން އޮންލައިންގައި ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ.
އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު، އެމްޖޭއޭއިން މިއަދު އާންމުކުރި އިންސިޑެންޓް ރިޕޯޓުގައި ބުނީ އެ މައްސަލާގައި މިވަގުތަށް ފެންނަން ހުރި މެޑިކަލް ރިޕޯޓުތަކާއި ނޫސްވެރިޔާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާއަށް ބަލާއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
އެމްޖޭއޭއިން ބުނެފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމުގެ ތެރޭގައި ގަދަކަމުން ކާރަށް އަރުވަން އުޅެފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭނާގެ ނިތްކުރި ކާރުގައި ޖެހި ދުޅަވެފައި ހުރި ކަމަށެވެ.
ފުލުހުން އޭނާ ހުއްޓުވި ވީޑިއޯ ޑިލިޓު ކުރަން އިންކާރު ކުރުމުން ފޭސް 2 ގެ ޕޮލިސް ސްޓޭޝަންގެ ތެރޭގައި އޭނާއަށް އެކި ގޮތްގޮތުން ބިރު ދައްކައި، މޫނުމަތީގައި ޖަހާ އަނިޔާ ކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭގެ އިންސިޑެންޓް ރިޕޯޓުގައިވެ އެވެ.
އޭނާގެ މެޑިކަލް ލިޔުންތަކުން ކޯމަތިން ދުޅަވެ، ކަނާއަތް ހަރުވެ ނޫފައިގެންފައި ހުރި ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.
އެ ކަންކަމާ ގުޅިގެން އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި ސީނަށް ގޮސް ހުއްޓުވަން އުޅުނު ދެ ފުލުހުންގެ މައްސަލަ ތަހުގީގުކުރުމަށް އެންއައިސީއަށް ހުށަހެޅުމަށް އެމްޖޭއޭއިން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ހަމްދާންގެ ހާލަތުން ގާތުން ބަލައި ފޯރުކޮށްދެވެން އޮތް ގާނޫނީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވެސް އެމްޖޭއޭއިން ވަނީ ނިންމާފައިވެ އެވެ.
އެ ނޫސްވެރިޔާ ފުލުހުންނާ ކުރިމަތިލުމުގެ ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ވެސް އެއްބަސްވާތީ، އެމްޖޭއޭއިން ވަނީ އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައިފަ އެވެ. އަދި ޑްރޯން އެރުވުމުގައި ވެސް ހުއްދަ ނަގައިގެން އުޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އެ މައްސަލަ މެދުވެރިވީ ހުޅުމާލޭ ފޭސް 2 ގެ ނިގަކަސް މަގުގައި މޫދާ ދިމާލުން މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ސުވާލުކުރުމުގެ ތެރޭގަ އެވެ. އެ ނޫސްވެރިޔާ ބުނި ގޮތުގައި ހުއްދަ ނެތް ކަމަށް ބުނުމުން އޭނައާ ބެހޭ މައުލޫމާތު ދިނުމަށް އެދުމުން އައިޑީކާޑް ދެއްކުމުން އެއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުން ވަނީ ވާހަކަ ދައްކައިފަ އެވެ. ފުލުހުން އޭނާއާ މުއާމާލާތުކުރަމުން ދިޔަ ވަގުތުކޮޅު އޭނާ ހުރީ ފޭސްބުކް ލައިވް ޖައްސައިގެންނެވެ.
ހަމްދާން ބުނިގޮތުގައި ފުލުހުން އޭނާއަށް ޑިމާންޑު ކުރީ އެ ވީޑީއޯ ޑިލިޓް ކުރުމަށެވެ. އަދި އޭނާ ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ވީޑިއޯ ޑިލީޓުނުކޮށް އެތަނުން ދާން އުޅުމުގެ ތެރޭގައި އޭނާގެ ފަހަތުން ގޮސް ގަދަކަމުންނެވެ.
ހަމްދާންގެ ތުހުމަތާ ގުޅޭގޮތުން ފުލުހުން ބުނީ ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ޔަގީންކޮށްދޭން އޭނާ އިންކާރު ކުރި ކަމަށެވެ.
"މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ހުޅުމާލެެ ފޭސް 2ގެ ޕޮލިސް ސްޓޭޝަކަށް ގެނެސް ސުވާލު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
ނަމަވެސް އަނިޔާކުރި ކަމުގެ ތުހުމަތުތަކަށް ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އލށފތ.
26 May 2025
ފުލުހުން އަދިވެސް ބޭޒާރުވުން ފިޔަވާ ކޮންކަމެއް ވަނީ.
ރުބިކަން
25 May 2025
އެ ވީޑިއޯ ބެލީމަ އައީ ރުޅި.. ނޫސް ވެރިޔަކަސް އެފާޑަކަށް ނޫޅެެވޭނެ.. ތިއީ ފުލުހުންތާ!! އާންމުން ނުކުމެ އެ"ނޫސްވެރިޔާ" ތިރިގަންނަވާލާނޭދުވަސް ދެކެން ބޭނުންވަނީ..
ބަބޫ
25 May 2025
ތިވީޑިއޯ މަވެސް ބެލިން. ނޫސްވެރިޔާގެ ބަސްމަގު ހުރީ ނޫސްވރިކަމުގެ އެއްމެ އުހުގައި ފިޔަޖަހާ ތަރިއެއްގެވެސް ނުހުންނާނެހާ ފުރިހަމަކޮށް. ގައުމީ އިނާމު ހައްގުވާ ހިސާބުގަ. ހައްޔަރު ކުރަން އުޅުނީމަ ގަދަ ދެއްކީމަ އަނިޔާވެސް ވާނެ. އެހާލަތުގައި ލިބޭ އަނިޔާގެ ޒިންމާ ފުލުހުން ނަގަން ނުޖެހޭނެކަން ގާނޫނު އަސާސީގަ އޮވޭ.
ޔަގީނ
26 May 2025
ތިބުނާޒާތުގެ ވާހަކަ ގާނޫނު އަސާސީގައި އޮވޭތަ.
އެހެންނު
25 May 2025
ފުލުހުންނަކީ ސިޔާސީ ޕާޓީ އެކޭ
ގައުމުގެ ރައްޔިތެއް.
25 May 2025
ނޫސްވެރިޔެކޭ އެބުނާ މީހާޢާއިމެދު ފިޔަވަޅު އެޅުން ލަސް. ޤާނޫނީ ވާޖިބަށް ހުރަސްއެޅީމާ ބާރުގެ ބޭނުން ކުރަން ޖެހޭނެ. ނޫސްވެރިން ވެސް ޤާނޫނަށް ތަބާވާން ޖެހޭނެ. މަވެސް ތިބުނާ ވީޑިއޯ ބެލިން. ވަކަރުގޭ ކުދިންނަކީ ނޫސްވެރިންކަމަށް ވާނަމަ ދުނިޔޭގައި އުޅެން އެހެންމީހުންނަށް ދަތިވާ ހިސާބަށް ޤައުމުގެ ކަންކަން ރަޤަޅު. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) ވެސް އައްޗީކަންތައްތައް ކުރުން ހުއްޓާލާ.
ޢެޑްމުންޑޯ
25 May 2025
ގަދަކަމުން ކާރަށް އަރުވަން އުޅުމުން ބޯޖެހި އަނިޔާވިއޭ ، ބަލަ ފުލުހުން ކާރަށް އަރުވަން އުޅުނީމާ ކޮންކަމަކާ ގަދަ ދައްކަންވީ ، ފުލުހުން ބާރުގެ ބޭނުންކުރަންޖެހެނީ ގަދަދައްކާ ނުކިޔަމަންތެރިވީމަތާ ، ރުހުމާއި އެކު ގޮސް ބުނާއެއްޗެއްބުނެފައި އައީމާ އެނިމުނީއެއްނު
ދިއްދޫމީހާ
25 May 2025
އެ ނޫސްވެރިޔާ ފުލުހުންނާ ކުރިމަތިލުމުގެ ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ވެސް އެއްބަސްވާތީ، އެމްޖޭއޭއިން އެނޫސްވެރިޔާ ދުރޫސުލް އަހްލާޤް ކްލާހަކަށް ފޮނުވަންވީ..
ގޭންގލިޝް
25 May 2025
އެހެން އެވަނީ މަގުމަތީ ގޭންގްތަކުން ހޮވާލައިގެން ފުލުހުންގެ ތެރެޔަށް މީހުން ވައްދާތީ. އެމީހުންގެ އެއްވެސް ގޮތެއްފޮތެއް ނެތްތާ މީހުނަށް އިޙްތިރާމާއެކު މުޢާމަލާތް ކުރަންވެސް ނޭގޭނެ.
ސުހާބާ
25 May 2025
ނޫސްވެރިން ގެންނަނީ ކޮން ތާކުން؟ ވަކަރުގެއިންތަ ނޫނީ ބާޑީފަށުންތަ؟
×ޗހގސޗހ×
25 May 2025
އެއަރޕޯޓު ސަރަޙައްދުގައި ޑްރޯން އެރުވި މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން ޖެހޭ.
ވަން
25 May 2025
ފުރަތަމަ ކަމަކަށް ސަރުކާރުން ތިޔަ ނޫސްވެރިޔާއާ އޭނާ ނިސްބަތްވާ ނޫސް ގެ ހުއްދަ އުމުރަށް ބާތިލު ކުރަން ފެނޭ.... އެއީ ނޫސްވެރިއެއް ނޫން.. އެ ފެންވަރެއް ނެތް.