ޗައިނާ ސަފީރު އާއްމުކުރި ބައެއް ފޮޓޯތައް.
26 މެއި 2025 - 12:53
ރާއްޖޭގެ ގުދުރަތީ، ރީތިކަން ފެނި ވަރުބަލިވާނެ ހެއްޔެވެ؟
ޗައިނާގެ އާ ސަފީރު، ކޮންގް ޝިއަންހުއާ ރާއްޖެ ވަޑައިގެންނެވިތާ އިއްޔެއަށް މަހެއްވި އިރު މިއީ، އޭނާގެ ކޮންމެ ދުވަހެއްގެ ޝުއޫރެވެ. ސޯޝަލް މީޑިއާއަށް ހެނދުނާއި ހަވީރު ދޫކޮށްލާ ފޮޓޯތަކާ އެކު އޭނާ ރާއްޖެ ސިފަކުރައްވަނީ އުފާވެރި ތަނެއްގެ ގޮތުގަ އެވެ.
ސަފީރު އަބަދު ދައްކަވަނީ މި މާހައުލުން އޭނާ އަށް ލިބޭ ހިތްހަމަޖެހުމުގެ ވާހަކައެކެވެ. ހުޅުމާލެ ގޮނޑުދޮށުގައި، ފޮތެއް ކިޔާލަން އިންނެވި ވަގުތުކޮޅު ހިއްސާކުރައްވައި، އެ ހިތްހަމަޖެހުން ވެސް ހިއްސާކުރެއްވި އެވެ.
މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން ރާއްޖެ ވަޑައިގެންނެވި ކޮންގަށް މި ގައުމަކީ އާ ތަނެއް ނޫނެވެ. އެކަމަކު ވެސް ސަފީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ކޮންމެ ދުވަހަކު އޭނާ ގެންދަވަނީ "ގުޑް މޯނިން" މެސެޖަކާ އެކު ރާއްޖޭގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވަމުންނެވެ.
ރާއްޖެ ވަޑައިގެންނެވިތާ މަހެއް ވުމުން، އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ ދިރިއުޅުއްވާ ސަރަަހައްދުން ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި ފެނިވަޑައިގަތް، ހިތްގައިމު މަންޒަރުތަކުގެ ލިސްޓަކާ އެކު ފޮޓޯތަކެއް އާންމު ކުރައްވައިފަ އެވެ.
ސަފީރު ވިދާޅުވީ ދެފުރޮޅުލީ އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ވެސް، މަގުން ހިނގާ މީހުންނަށް ފުރުސަތު ދެ އެވެ. މާލޭގެ މަގުތަކަކީ އެހާ ފުޅާ މަގުތަކަކަށް ނުވިޔަސް މަގުގެ އެއް ފަޅިން ހިނގޭނެ ޖާގަ މަގުގައި ބާއްވާފައި އޮންނަ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅުއްވާ ސަފީރަށް ކަމުދިޔަ އަނެއް ކަމަކީ، މަގުތަކުގައި ޑަސްބިން ބެހެއްޓުމާއި މަގުތައް ވެސް ސާފުކޮށް ބޭއްވުމެވެ.
ބްރިޖަށް އެންމެ ބާރުބޮޑުވާ ވަގުތުތައް ވެސް ސަފީރު ވަނީ ބައްލަވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ހެނދުނު 8:00 ގެ ކުރިން މާލެ އާއި ހުޅުމާލަށް ވަޒީފާއަށްދާ މީހުން ބްރިޖުން ދަތުރުކުރާތީ އެންމެ ބޮޑަށް އެތަން ތޮއްޖެހެނީ އެވަގުތުގައި ކަމަށެވެ.
ސަފީރާއި ޗައިނާ އެމްބަސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން، ދުވުމެއްގައި ބައިވެރިވެފައި.
ރާއްޖޭގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ދެން ސަފީރަށް ފާހަގަކުރެވުނީ ދިވެހިންގެ މެދުގައި ކުޅިވަރަށް އޮންނަ ފޯރި އެވެ. ވަކި އުމުރެއް ނެތި ދިވެހިންގެ މެދުގައި ކުޅިވަރުގެ ޖޯޝު އޮންނަކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮނޑުދޮށުގައި ގަހެއްގެ ހިޔާލުގައި އިނދެގެން ފޮތެއް ކިޔާލެވުމަކީ ވެސް ވަރަށް ސަޅި ކަމެކެވެ.
އާންމުކުރި ފޮޓޯތަކުގެ ތެރޭގައި ވެސް ހުޅުމާލޭ ގޮނޑުދޮށުގައި ފޮތެއް ކިޔަން އިންނަވާ މަންޒަރު ފެނެ އެވެ.
Today marks my first month of saty in the Maldives.
— Ambassador Kong Xianhua (@China_Amb_Mdv) May 25, 2025
Here are some of my preliminary obersavtions around my neighbourhood. If I am wrong, pls kindly point out:
1, motors give way to pedestrians, no matter two-wheelers or four-wheelers
2, even though streets are not very wide,… pic.twitter.com/2FP4DQ6SER
ހުޅުމާލޭގައި މި ފަހުން ބޭއްވި 10 ކިލޯމީޓަރުގެ ދުވުމެއްގައި ވެސް ސަފީރު ބައިވެރިވެޑައިގަތެވެ.
ސަފީރުގެ ވާހަކަތަކުން އެނގޭ ގޮތުގައި، އޭނާ މި ގައުމުގައި މިހާތަނަށް ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެކެވެ. މަހެއް ފުރުމާ ދިމާކޮށް ފޮޓޯތަކާ އެކު ލިސްޓްކުރެއްވީ އެ ހިތްހަމަޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
26 May 2025
އެމަކު މާލޭގަ އުޅޭމީހުންގެ ވާހަކަ ތަފާތު އެމިހުން ބުނަނީ ނިނަން ކެރޭވަރެއް ނޫނޭ ބޫޅާ ނަޖިހުން ތަގައްޔަރު ވެފައޭ
ގާސިމް
26 May 2025
ބުޅާ ގެނެސް މަގުމައްޗަށް އުކަނީ ޗައިނާ ނުވަތަ ބަގްލަދޭޝް މީހުނެއްނޫން. ޗައިނާ ސަފީރު ކުރި ތައުރީފްގެ ބޭންން ހިފާ އަމިއްލަރަށް އެފަދަ އުފާވެރިތަނަކަށް ހަދަންތިބީ ދިވެހިން. ސޯސަލްމީޑިއާގަ އަމިއްލަ ފަލީހަތްނުވެ އަމިްލަ ފޫކޮޅުދޮވެވޭތޯ ބަލަމާހިނގާ
1818
26 May 2025
ބަލަ ދިވެހިންނަށްވުރެ ބަންގާޅީން ގިނައޭ! އެމީހުންނަށް މިތަނުގެ ޤާނޫނު ނުހިގާކަމުގެ މިސާލަކީ އިމިގްރޭޝަންގެ ވެރިޔާ "ސިޔާސީ" ހައްޔަރުގައި ހުރުން!
ހަސީނާާ
26 May 2025
އެހެންވީމައޭ އަހަރެން ބުނަނީ އެމީހަކަށް ފެންނާނީ އެމީހަކު ބަލަން ބޭނުންވާ އެއްޗެކޭ #ޕަވަރއޮފްޕޮޒިޓިވިޓީ
ކިމް
26 May 2025
ލަކީ ދޯ… އަހަންނަށް ފެންނަ މަންޒަރު ނުކެރޭނެ މީހަކަށް ދައްކަންވެސްް.
ފެކްޓްް
26 May 2025
ބޭބޭ!!! ނިކަން "މާލެ" އަރާލަބަލަ ތިހެން ވީ.އައި.ޕީ ގައި އުޅޭއިރު އާންމުން އުޅޭ އިހުސާސް ނޭނގިދާނެ. ރިސޯޓަށާ ގެސްޓްހައުސްތަކަށް އަންނަ ފަރާތްތަކަށްވެސް ނޭނގޭ ރާއްޖޭގެ ރަށްރަށުގައި ފެނާ ނަރުދަމާ ނެތް ރަށްރަށް ހުންނަކަންވެސް. ލޮލް
ސަރީރާ
26 May 2025
ރާއްޖެއަށް ހެޔޮއެދޭތީ އެވާހަކަތައް ޕަބްލިކްގަ ސަފީރު ހިއްސާނުކުރީ. އެއީ އެކަންކަން ނޭގޭތީކީ ނޫން. ފެންނާނެ މާރާމާރީއާ ވައްކަމާ ޑްރަގުގެ ކަންކަންވެސް. އެކަމަކު އެވާހަކަ ސޯޝަލް މީޑިއާއަށް މިފެއްވަރުގެ ޑިޕްލޮމެޓަކު ލައިފިއްޔާ އެކަމުގެ ނޭދެވޭ އަސަރުކުރާނީ ރާއްޖޭގެ ޓޫރިޒަމަށާ އިގްތިސާދަށް.
މުލޭ
26 May 2025
ފެނާއި ނަރުދަމާއާ ނެތީ ހަމައެކަނި މިގައުމުގެ ރަށްރަށުގައި ނޫން. ޗައިނާގައި ވެސް އެކަން އޮތީ އެހެން.