މަތިކިޅި.
27 މެއި 2025 - 10:46
އައްޑޫ މީދޫ، އީކޯ ގާޑަން، މަތިކިޅީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ އެތަނަށް ގެއްލުންދޭން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފި އެވެ.
މަތިކިޅި ސޮސައިޓީން ސޯޝަލްމީީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޭ ފަތިހުގެ ވަގުތެއްގައި އަނެއްކާ ވެސް މަތިކިޅީގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އީކޯ ގާޑަންގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތުގައި މިފަހަރު އަލިފާން ރޯކޮށްފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.
އެ ސޮސައިޓީން ތުހުމަތުކުރަނީ މިއީ ބަޔަކު ގަސްދުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި އެކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ވެސް ވަނީ ގޮވާލައިފަ އެވެ.
"މިއީ ސީދާ އީކޯ ގާޑަނަށް ގެއްލުން ދިނުމަށް ޖެހި ހުޅެއް ކަމަށް ތުހުމަތުކުރެވެ އެވެ. މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެ މީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ފޭސްބުކްގައި މަތިކިޅި ސޮސައިޓީން އާންމުކުރި ޕޯސްޓުގައިވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ވަނީ މަތިކިޅީގައި ވަނީ އަލިފާން ރޯވެފަ އެވެ. އެތަނުގެ ހޭޅިފަށަށް ޖަމާކޮށްފައިވާ ކުނިތަކެއްގައި ރޯވެ، އަލިފާންގަނޑު ބޮޑު ބަޔަކަށް ފެތުރި ވަނީ މަތިކިޅީގެ ބޮޑު ބައެއް ވެސް އަނދައިފަ އެވެ. އެހެންވެ، އެ ސޮސައިޓީން ވަނީ އެތަނުގައި އަލުން ވިނަ އިންދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރު.
27 May 2025
އޮނަރަބަލް އަފީފު ދީދީ ވަރަށް ބޮޑަށް ކޯފާވާނެ ތިކަންތަކުގެ ސަބަބުން.
ރާވެރިބެ
27 May 2025
ގުދުރަތީ މާހައުލަށް ނުވަތަ ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަށް ހޯދާ އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން ގޮވާލަން. މިހާރު މިއޮންނަ ގޮތަށް ނަމެއްގަ ކުރާ ޖުރިމާނާ އަކުން ނުފުދޭ. މީގެ އެންމެ ބޮޑު ގެއްލުންދޭ އެއްފަރާތަކީ ސަރުކާރު. ފަޅުތަކާ ފަރުތަށް ރިސޯޓު ހެދުމަށް ދިނުން އެކީ ހުއްޓާލަން ޖެހޭ! މިކަމުގަ ޕޮލިޓިކަލް ވިލް ދައްކަން އެބަޖެހޭ!
މޫޗީ.މީދޫ
27 May 2025
ސ.މީދޫއަކީ ރާއްޖޭގެ ނިސްބަތުން އެއްމެ ހޭލުންތެރިވާންޖެހޭ ރައްޔިތެއް އުޅޭރަށެއް. އެކަމަކު މިހާރު ފެއްނަމުންދަނީ އެހެންކުލަވަރެއް. ރާއްޖޭގެ އެންމެ ބޮޑު ސަހަރާ އާދެ ކޯގައްނު ގައި ހުރި މަހާނަގާތަކަށް ގެއްލުން ދީވަނީ ހަލާކުކޮއްފައި އެކަން ކުރާ ބަޔެއް ހޯދާ ފިޔަވަޅު ރަށު ރައްޔިތުންނަށް ނެއެޅޭ އަދި ނުހުއްޓުވޭ. ފެއްނަނީ ފަހަތަށް ދާ ފިކުރެއް ގެ ފަހަތުގައި އުޅޭބަޔެއް.
ދިވެހިން ޒިންދާބާދު
27 May 2025
ކޮންމެހެން މަތިކިޅި ވެގެނެއްނޫން ރޯކުރަނީކީ. މީދޫގެ ޗަސްބިމާއި ހިތަދޫ ގޮނޑާއި ހިތަދޫ އާރިކިޅި ސަރަހައްދާއި ފުވައްމުލަކު ދެކޮޅުގަ އޮންނަ ޗަސްބިންތަކާއި ފުވައްމުލަކު ގޮނޑުގައާއި ރަށުތެރޭގަ ފުނިފުންޏަށް ކުނިތައް ޖަމާކޮށް އަލިފާން ރޯކުރުމަކީ ގަސްދުގަ ކުރާ ކަންކަން. އެއީކީ ބަޔަކަށް އޮޅިފަ އޮތްކަމެއް ނޫން. ދިވެހިންނަކީ ތަހުޒީބު ބައެކޭ ބުނާއިރު އަމަލުން ފެންނަނީ ނާތަހުޒީބު ކަމާއި ގޮތެއްފޮތެއް ނެތްކަން..
ވާފިރު34
27 May 2025
ހަޖަމް ނުވަނީ ހުޅުދޫ ކުދިންނަށް
ހަރު ވިސްނުން
27 May 2025
ހުދޫ މީދޫގައި ޓޫރިޒަމް ފެތުރިދާނެތީ ޓޫރިސްޓުން ރަށުތެރޭގައި ގިނައިން އުޅޭތަން ފެންނަން ނޭދޭ ފިކުރެއްގެ ބަޔަކު އިންތިޒާމްވެގެން ހިންގާ ކަމެއް މީ.
އޮޅާލާއޮޅާލާ
27 May 2025
ކޮން މަތިކިޅި އެއްތޭ ތިޔާ ތަނުން ތިރަށު މީހުން އިންޑަސްޓްރިއަލް މަސައްކަތް ކުރަން ގޯތި ދޭންވީއޭ މަތިކިޅި އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ
ސާހިބާން
27 May 2025
ތީ ކޮން ގަމާރެއް ތަ! ތިމާވެށި ކިޔާ އެއްޗެއް ކަލެޔަށް އިގާތަ! ގުދުރަތީ ގޮތުން މި ކަހަލަ އެކޯސިސްޓަމް އުފެދިފައި ހުންނާނީ ކޮންމެވެސް މަގުސަދެއްގަ! މި ތަން ތަން ޒަމާންތަކަކަށް ހިމާޔަތް ކުރަންޖެހޭ! ގުދުރަތީ ރީ ތަރިކަ ތައް އެ ތަންތަނާ ގުޅިފަ ވާ ދިރޭ ތަކެއްޗަށް! މި ތަންތަނުގެ ސަބަބުން ވައިސާފު ވެ މާހައުލު ރީތި ވޭ
ތަހުޒީބު
27 May 2025
ތަހުޒީބު ނުވާ މީހުން އުޅޭތަންތާ ތިކަހަލަ ގާޑަންތައް ހަދައިގެން ނޫޅެވޭނެ. ހުރިހާ ހުސް ތަނެއް އޮންނަން ޖެހޭނީ ގޮޑައް.
ސަލީމު އިދުރީސް
27 May 2025
ތިބުނާ ތަހުޒީބު މީހުން އުޅެނީ ރާއްޖޭގެ ކޮންރަކުތޯ؟؟