މި މަހު ކުރީކޮޅު އިޒްރޭލުން ސަންއާ އެއާޕޯޓަށް ހަމަލާދީ މަތިންދާބޯޓުތައް ހަލާކުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
28 މެއި 2025 - 15:12
އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާގެ އެއާޕޯޓަށް މިއަދުވެސް ބޮން އަޅައިފި އެވެ.
"އިޒްރޭލުން ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަނެއްކާވެސް ވަނީ ހަމަލާދީފައި،" ހޫތީންގެ އަލް މަސީރާ ޓީވީން ބުންޏެވެ.
އެ ޓީވީ ޗެނަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަންވޭގައި އޮތް މަތިންދާބޯޓަކަށާއި ރަންވޭއަށް ވެސް ހަމަލާތައް އަމާޒުވެ ގެއްލުން ވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލު ކާޓްޒް ވަނީ ޔަމަނުގެ ވެރިރަށް ސަންއާގެ އެއާޕޯޓުގައި ހޫތީ "ޓެރަރިސްޓް ޓާގެޓްތަކަށް" ފައިޓާ ޖެޓްތަކުން ހަމަލާދިން ކަމަށް ބުނެފަ އެވެ.
މި ހަމަލާ ދީފައި މި ވަނީ ހޫތީން އިޒްރޭލަށް ދެ މިސައިލެއް ފޮނުވާލާފައި ވަނިކޮށެވެ.
އިޒްރޭލުން ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ ހޫތީންގެ އެއާކްރާފްޓެއް ކަމަށެވެ.
"ހަމަލާ ދިނީ އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ޓެރަރިސްޓުން އުފުލުމަށް ހޫތީ ޖަމާއަތުން ބޭނުންކުރި މަތިންދާބޯޓުތަކެއް،" އަސްކަރިއްޔާއިން ބުންޏެވެ.
މިދިޔަ ހަފުތާގައި ހަމަލާ ދިން ހުދައިދާ އާއި ސާލިފް ބަނދަރު ފަދައިން ސަންއާގެ މައި އެއާޕޯޓު ވެސް ހިންގަމުން ދަނީ ޓެރަރިޒަމްގެ ބޭނުމަށް ކަމަށް އިޒްރޭލުން ބުންޏެވެ.
މި މަހުގެ ކުރީކޮޅު ޔަމަންގެ އެއާޕޯޓަށް ހަމަލާދީ އިޒްރޭލުން ވަނީ 500 މިލިއަން ޑޮލަރުގެ ގެއްލުން ދީފަ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންއާގެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލީ 2022 ވަނަ އަހަރު އެވެ. އެ އެއާޕޯޓުން އާންމުކޮށް ދަތުރުކުރަމުން ދިޔައީ ގައުމީ އެއާލައިން ޔަމަނިއާއިން އުރުދުންގެ ވެރިރަށް އައްމާނަށެވެ. ގިނައިން މީހުން ދަތުރުކުރަނީ ގައުމުން ބޭރުން އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ މީހުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ދާއިރު އެކަމާ ދެކޮޅުހަދައި، ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ހޫތީން ގެންދަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި ރަތްކަނޑުގައި ވެސް ދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އެހެންވެ އިޒްރޭލުން ކުރިން ވެސް ވަނީ ޔަމަނަށް ހަމަލާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ11
30 May 2025
ޢެމީހުނަށް ބުނެދީބަލ އެމީހުނަކީއޭ އިންސާނިއްޔަތާދެކޮޅށް ހަގުރާމަކުރާ ޓެރަރިސްޓުންނަކީ
އިސްލާހު
28 May 2025
އިޒްރާހެލް ނޫން އެންމެންނަކީ ޓެރަރިސްޓުން؟؟؟؟
ބަކު
29 May 2025
ޓެރެރިސްޓު ސިމްޕެތައިޒަރސް ޑިސްލައިކުދީފަ ރުޅިމޫނު ދައްކަނީ.
ރަދީފްއޮފިޝަލް / ހޫތީން
28 May 2025
ހޫތީން ޖެހޭނެ މިފަހަރު ރަނގަޅު ރައްދު ހަމަލައެއް ދޭން.
ނoޯނޭމް
28 May 2025
އިޒުރޭލާ އެމެރިކާއަށްވުރެ ބޮޑު ޓެރަރިސްޓު ޖަމާއަތަކީކޮބާ؟
ރަދީފްއޮފިޝަލް / ނިރުބަ
28 May 2025
މަގޭ ލިސްޓްގެ 1 އިން 15 އަށް ވެސް އޮތި އެމެރިކާ އަދި އިޒްރޭލް (މިއީ އަސްލު ޓެރަރިސްޓުން)
މާކޮސް
29 May 2025
އެ ދެބައި މީހުންގެ އައުވަނުންނާއި ހޭދެބައިވެ ދަލުބޭރުންޖެހި އެކަމަށް ހަރަދުކުރާ ޖާހިލުން