ޒުންނަވާރު ސަލީމް: އޭނާ އާއި އަނބިމީހާ މެހެނާޒްގެ ވަކީލް ކަމުގެ ހުއްދަ ވަނީ ބާ ކައުންސިލުން ހިފަހައްޓާފައި.
28 މެއި 2025 - 18:50
މީގެ ކުރިން ވެސް ބާ ކައުންސިލުން ފިޔަވަޅު އަޅާފައިވާ، ގާނޫނީ ވަކީލުކަންކުރާ ދެމަފިރިއެއްގެ ވަކީލް ކަމުގެ ހުއްދަ ހިފަހައްޓައިފި އެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ނޯޓަރައިޒްކުރި އިރު، މެހެނާޒް ހުސައިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ޒުންނަވާރު ސަލީމް ސޮއިކުރައްވާފައިވާ ކަމަށެވެ. މިއީ ދެމަފިރިންނެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ވަނީ މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމުގެ ކުރިން އެކި މީހުންނަށް ނޯޓަރައިޒްގެ ހިދުމަތް ދީފަ އެވެ. އަދި ހުއްދަ ލިބުނު ފަހުން އޭނާގެ ފިރިމިހާ ޒުންނަވާރު އެ ހުއްދައިގެ ދަށުން ނޯޓަރައިޒްގެ ހިދުމަތް ދީފައި ވާތީ އެ ދެމަފިރިން އެފަހަރު 100،000ރ. އިން ޖޫރިމަނާކުރި އެވެ.
ބާ ކައުންސިލުން މިއަދު ބުނީ ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފިޔަވަޅު އެޅީ ވެސް، 2021 ވަނަ އަހަރު އެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކުރުމުގައި، މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު ސޮއި ކޮށްފައިވާ މައްސަލައެއްގައި ކަމަށެވެ.
"އެ އަމަލުތަކަކީ ޕަބްލިކް ނޯޓަރީގެ ސައްހަކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ފަދަ އަމަލުތަކެއްކަމަށްވާތީ އާއި އެ އަމަލުތަކުގެ ސަބަބުން އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މެދު އިތުބާރު ގެއްލިދާނެކަމާއ،ި އެއީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ އަމަލުތަކެއް،" ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އެ މައްސަލައި ބަލައި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަަހަށް އަދި މެހެނާޒްގެ ހުއްދަ 12 މަސްދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.
ހުއްދަ ހިފަހައްޓާފައި އޮންނަ މުއްދަތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނުނީ ހިދުމަތް ދިނުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ޒުންނަވާރަކީ ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދި މައްސަލަ ވެސް ކުރިން ޖެހުނު މީހެކެވެ. ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހެޅިކަން އެނގުނީ 2013 ވަނަ އަހަރު އޭސީސީން ކުރި ތަހުގީގަކުންނެވެ. އޭނާ ވަނީ ގާނޫނީ ވަކީލަކަށް ވުމަށް ސައްހަނޫން ބެޗެލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހަޅައިފަ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްސަލައިގެ މަކަރޭ
30 May 2025
ތިޔަކަލޭގެ ހުއްދައެއްނޫން، މީހާވެސް ހިފަހައްޓަންވީތާ މާލަސްވެސްވެއް. މީނަގެ އިޝްތިހާރުފެނިގެން މަސައްކަތެއް ހަވާލުކުރަންދިޔައީމަ މީނަގެ މޮޅެތި ޕްލޭންތަކުގެ ދަށުން ކްލައިންއަތުން ފަހުންދޭން ބޮޑު އަދަދެއް ހޯދާފައި މާގާތް ޕާޓްނަރަކަށް ހަދައި ކާން ބޯން ގުޅައި ކްލައިންލައްވައި ބިލުތަން ކަނޑުވައި ދުވަހަކު މައްސަލަ ކުރިއަށްދާކަމަށް ނުވެ ފައިސާ ރައްދުކުރަންވާ ހިސާނުން ގުޅުން ޙީނަރުވެ ފޯނު ނެގުން ދުރުވެ އެހިސާނުން ވައްސަލާމް. މަކަރުވެރިއެއް މީނައަކީ.
ސެތްފިކެޓް
29 May 2025
އެއްފުޅައްމަތިން ފުންމާލި ބަކަރި 25 ބުރިން ފުންމަންވެސް ޖެހެލުމެއްނުވާނެ، ތިކަލޭގެ ކަހަލަ ބައިވަރު މީހުން އެބައުޅޭ، އިކުރާމް ކިޔާ ފ.ނިލަދޫ ސޮރެއް ސިފައިންގެއިން ވަކިކުރީ ވަގުސެޓްފިކެޓް މައްސަލާގައި މީނާވެސް އުޅެނީ އަމިއްލައަށް ޑރ ޖަހައިގެން މިހާރުވެސް ލިންކެޑިން ޕޭޖް ބައްލަވާ
ނުރަބޯ
29 May 2025
މިއީ ވަރަށް ކޮރަޕްޓް މީހެއް.
ގަރީނު
29 May 2025
ސުވާލަކީ ވަގު ސެޓްފިކެޓް ސާބިތުވީމާ އޮންނަ އަދަބަކީ ހުއްދަ ބާތިލުކުރުންހޭ؟ ޖެހިގެން އަންނަ އަހަރު އަނެއްކާ އެހެން ތާކުން ކިޔަވާ ލައިގެން ސައްހަ ސެޓްފިކެޓެއް ގެނައިމާ ވަގުތުން ހުއްދަ ވެސް އީއާދަވޭހޭ؟
އަގެއްނެތް
29 May 2025
މަކަރާއި ހީލަތުގެ ކަމެއް އެހެން ޕްރޮފެޝަނަލް ބޮޑީއަކަށް ޒާބިތުވެއްޖެޖަމަ އެދާއިރާއެއްގައި ޚިދުމަތްކުރުން އުމުރަށް މަނާކުރާނެ. ޢެވެސް އަދި ސެޓުފިކެޓު ފޯޖުކޮށްގެން. މިވަރުގެ ކުށެއް ޑޮކުޓަރަކު ނުވަތަ އެކައުންޓެންޓަކު ކުރިނަމަވެސް ދުވަހަކުވެސް އެދާއިރާއެއްގައި އެޚިދުމަތެއް ނުދެވޭނެ. މިއީ އަދި ތަކުރާރުކޮށް ކުށަށް އަރައިގަތުން.
ޑރ ވާންޗޯ
29 May 2025
ތިޔަ ދެމީހުންވެސް ތިތިބީ ސިޔާސީ މަތީމަގާމަކަށް މިނިސްޓަރުންގެ ފެންވަރުގަ ސަރުތުހަމަވެ އިތުރުވެސް ވެފަ، ކީއްވެބާ މަގާމު ހަމަނުޖެހިގެން އެއުޅެނީ؟.
ޒުންނޫ
29 May 2025
މިވަރުގެ ބަޔަކަށް ކިހިނެއް އިތުބާރު ކުރާނީ؟ ހައްތަހާވެސް މަކަރާއި އޮޅުވާލުން. ޝަރުޢީ ދާއިރާއިން ބޭރުންކުރަންޖެހޭނެ މިފަދަ މައްސަލަތައް އުޅޭ މީހުން
ހާވީ ސެޕްޓަރ
29 May 2025
މިއީ ދިވެހިރާއްޖޭގެ މައިކް ރޮސް އާއި ރޭޗަލް ޒޭން އެވެ.
ހަހަ
29 May 2025
ދެފުރާނަ އެކުވެފާވާ ވަކިވާނެހޭ ހިލާ އުޑުގާ ދެނަން އެކީގާ ލިޔަމުންދަނީ ވިލާ..
ބަރު ކައުންސިލު
29 May 2025
ސިޔާސީމީހުންނާ ލޯޔަރުންނަކީ ރައްޔިތުން އެންމެ އިތުބާރުނުކުރާ ދެ ބައިމީހުން. ވައުދުވެ ވައުދު ނުފުއްދާ ބޮޑު މަންޒަރު ދައްކައިން މައްސަލަ ނަގާފަ ދެން ދަނީ ތޮޅިއަށް
ރިވާ
29 May 2025
ބައެއް ލޯޔަރުން ހަދަނީ ހުސް ދޮގު. ރުފިޔާ ނަގަން ވަރުހުރޭ އެކަމަކު ކޭސްގެ ތެރެއިން އެކަމިޓުމަންޓެއް ނުފެނޭ