ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
31 މެއި 2025 - 10:38
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ ސައުދީގެ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތެއްގެ ދަށުންނެވެ. ސައުދީއަށް ފުރާވަޑައިގެންނެވީ އެ ގައުމުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގަ އެވެ.
ރައީސް އޮފީހުން ބުނީ، ރައީސާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން އެ ގައުމުގައި ތިއްބަވާނީ ވެސް ސައުދީ ސަރުކާރުގެ ހާއްސަ މެހެމާންދާރީ ކަމުގެ ދަށުގައި ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އޭގެ އިތުރުން ރައީސާއެކު ވަޑައިގަންނަވާ ވަފުދުގައި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރާއްޖެއަށް މި އަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން ހައްޖަށް ދާ އެންމެން އިއްޔެ ވަނީ ފުރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބޭބެ ކަލޯ
31 May 2025
ކޮންމެ މީހަކުވެސް ވެރިކަމުގައި ހުންނައިރު ދެއިރު ދެދަޅަޔަށް އުމުރާއަށް އަހަރަކު އެއްފަހަރު ހައްޖައްދާތަން ފެނޭ. ވެރިކަމުން ބޭލީމާ ނުވަތަ ބޭރުކުރީމާ އެމީހުނަށް ކަޢުބަތުﷲ ގެފުޅު މަތިން ހަނދާންވެސްނުވޭ. އެކަމާ ސުވާލު ނުކުރެވޭނެބާވަ!
އިބްރާމް
01 June 2025
ނުކުރެވޭނެ!!! " ނުބެހޭ ކަންތައްތަކާ ކާލުކެޔަސް ހޯއް ނުގޮވާށޭ..."
ރައްޔިތުން2.0
31 May 2025
ރައީސް އަޅުގަނޑަށް ދުއާކޮށްދެއްވާތި
ތައުބާތައުބާ
31 May 2025
ހުރިހާވަގުތެއް ޚާއްޞަކުރަންވަންވާނީ އަމިއްލަ ނަފްސަށް ދުއާކުރުމުގައި. އަަބަދުވެސް ތެދުހެދުމުގެ ތައުފީގުދެއްވައި އެކަމަށް މަގުފަހިކޮށްދެއްވާތޯ
އަޅުގަނޑު1
31 May 2025
މަބުރޫރު ޙައްޖަކަށް އެދެން
ފަރދނ
31 May 2025
ބާއްޖަވެރި ދަތުރަކަށް އެދެން
ދުއާ
31 May 2025
ހުރިހާ ބޭފުޅުންނަށްވެސް މަބުރޫރު ޙައްޖަކަށް އެދެން. ތިޔަ ބޭފުޅުންގެ ކިބައިގައި އިިހްލާސްތެރިކަން ލައްވައި، ގައުމާއި ރައްޔިތުންގެ މައްޗަށް ޒިންމާދާރުކަން ލައްވައި، އިސްލާމްދީން ނަގަހައްޓައި އެދީނަށް ނަސްރުދިނުމުގައި ސާބިތުކަން ލައްވައި، ގައުމުގެ ކަންކަން ހެޔޮމަގުން ގެންދިއުމުގެ ތައުފީގު ދެއްވުން އެދި ދުއާކުރަން. އާމީން.