ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
30 މެއި 2025 - 15:34
ހައްޖުގެ އަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މާދަމާ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓުގައި ރައީސް މިއަދު ވިދާޅުވީ ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީގެ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތެއްގެ ދަށުން ކަމަށެވެ. އެހެންވެ، އެކަމަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސައުދީއަށް ވަޑައިގަތުމަށް އެ ގައުމުން ވަނީ ހާއްސަ ފްލައިޓެއް ހަމަޖައްސައިދީފަ އެވެ.
"އަޅުގަނޑުގެ ހައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ހިނގާ ކަމެއް ނޫން. ސައުދީ މެހެމާންދާރީގެ ތެރެއިން، ސައުދީ ރޯޔަލް ކޯޓުގެ ތެރެއިން ހަމަޖައްސައިދީފައި ހުރި ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަށް މި އަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން ހައްޖަށް ދާ ފަހު ގްރޫޕު މިއަދު ފުރާނެ އެވެ.
ރައީސް ވިދާޅުވީ ހައްޖަށް ދާ ދިވެހިންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަށް މި އަހަރު އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އޭގެ ތެރެއިން މައްކާއިން މަދީނާއަށް ބަހުގައި 10-12 ގަޑިއިރު ކުރާ ދަތުރުތައް ދެ ތިން ގަޑިއިރުގެ ހައި-ސްޕީޑު ރޭލަށް ބަދަލުކުރުމާއި މައްކާ ރޫޓު އިނީޝިއޭޓްކުރުން އަދި ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީގައި ކްލިނިކެއް ގާއިމްކުރުން ހިމެނެ އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.
މި ލުއިކަން މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ލިބިފައިވާ އިރު، ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ11
31 May 2025
އަހަރުމެން އާދައިގެ ރައްޔިތަކަށް ތިކަހަލަ ފުރުސަތެއްނެތް.
ލާލީ
31 May 2025
ހައްޖާއް މީގެ ކުރިންވެސް މީހުންގޮސްއައިސި އެކަމަކު މިހާރު ސަރުކާރުން ހީވަނީ މީހުންގެންދަނީ ދެއްކުންތެރިކަމުގެ ގޮތުންހެން ހީވާންފަށާފި. ހައްޖައްދާމީހުން ކުރާ ހުރިހާ ކަމަކާ ތިބޭތަނަކާ ފާހަނާކުރާގޮތާ ހުރިހާ އެއްޗަކީ އާމުކޮށް ދައްކަންޖެހޭ ކަންކަމެއްނޫން. ބައެމީހުންނަކީ ކެމެރާތަކަށް އަރަންބޭނުންވާނެ ބައެއްނޫން އެކަމަކު އެވެސް ބަލާނުލާ ހައްޖުކޯޕްރޭޝަނުން މިހާރުކަން ކަން ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން. ދެން ކިއުގަ އެތައްބަޔަކުތިއްބާ ވެރިމީހާ މިފުރަނީ.
ބެރި
31 May 2025
ތިއައީ އިސްލާމިކް ޔުނިވަރސިޓީންވެސް ކުރާކަމެއް. ކޮންފަރެންސެއް ބޭއްވިޔަސް ވަނަދިނުމެއް ބޭއްވިއަސް، މަގުމަތީގައިވެސް މީހުން ފޮޓޯ ޖެހުން. ދެން އަހުމަދިއްޔާ ސްކޫލުންވެސް ކުރަނީ އެކަންތައް. އެކުދިންގެ ޕްރައިވެސީ އަށް އިހްތިރާމެއް ނެތް.
ޚަބީލާ
31 May 2025
ކުށްފާފަ ކޮށްފަ ހައްޖަށް. މީތަ އިސްލާމްދީނަކީ؟ ހަދަަނެހާ ދޮގެއްހަދާފަ ރައްޔިތުންގެ ހައްގުތައް ހިފަހައްޓާފަ އެތައްބަޔަކަށް ހަރާންކޯރުވެފަ ހައްޖަަށް.
މެން
31 May 2025
ބަހުގަ މާފަސޭހަވާނެ ހޭދަވާނީ 4 ނުވަތަ 5 ގަޑިއިރު މެދުތެރެއިން މަޑުކުރާނެ ތަންތަން ބަލާލެވޭނެ މައްކާ ހޮޓަލުން ބަހައް އަރާގޮތަށް މަދީނާ ހޮޓަލަށްދެވޭނެ މާފަސޭހަ ރޭލުގާ ދާމީހާ ހޮޓަލުން ބަހުގާ ރޭލްސްޓެސަނަށް ފުރުމުގެ ދޮޅިގަޑި ނުވަތަ ދެގަޑިއިރުކުރިން ދާންޖެހޭ ޗެކިންކުރަންޖެހޭ ތަކެތިގެންދެވޭނީ ވަކިވަރަކަށް ވަކިސައިޒެއްގެތަކެތި ދިއުމައްފަހުގާވެސް ހޯތަލަށް ދެވޭނީ އަނެކާވެސް ބަހައް އަރާއިގެން ތަކްލީފްބޮޑު މިވާހަކަތަށް ނުދައްކަނީކީއްވެބާ؟
ނެކުސްޓް ޕްރެޒިޑެންޓް
31 May 2025
މަނިކުފާނު. ކޮންއިރަކުންތޯ ހައްޖު ކޯޓާ އިތުރުވާނި؟ ހާދަބައެކޭ ކިއުގައި.
ޝެލަރީ
31 May 2025
މަނިކުފާނު ފުރަތަމަ ރަށްޔިތުންކައިރީން މާއާފްއަށް އެދިލައްވާ އޭގެފަހުގަ ތިޔަ މަތިވެރިއަޅުކަމައް ފުރާވަޑައި ގަންނަވާ ދިވެހީން މީގެ ކުރީން ނުދެކޭވަރުގެ ދަތިވާނުވާނޭނގޭ ވެރިކަމެއްތިޔަކުރައްވަނީ ބަލިވީމަ ކާލާނެ ބޭސްކޮޅެއް ނުލިބޭ އަދިވެސް އަންނައަހަރޭ ކިޔާލަ ކިޔާލަ ތިޔަހުންނަނީ
އުއްތަމަ އުސްތާޛް
31 May 2025
ހައްޖަށް ދިއުމުގެ ކުރިން މީހުންގެ ހައްގުތައް އަދާކުރައްވަން ވާނެ.
ކީއްކުރާނީ، އެމެރިކާ ޔަހޫދީ ދީން އޮތީ މިހާރު.
31 May 2025
ހައްޖަށް އުފަލުން އަގުބޮޑު އެއްޗެހީގަ ދާއިރު ސައުދީން ބައިވެގެން ބަޔަކު ކަތިލަމުންދާކަން ބަޔަކަށް ރޭކާނުލާކަމީ ހިތާމަ ހުރިކަމެއް.
އ އަހްމަދު
31 May 2025
ހައްޖުގެ އަޅުކަން ނިމި ގައުމަށް ވަޑައިގަތުމަށްފަހު މިދިވެހި ގައުމަށް އިހްލާސްތެރި އަމާނާތްތެރިއެއްގެގޮތުގައި ލަހައްޓަވާށި ކޮރަޕްޝަނާ ދުރުކުރައްވާށި
އެހެންވެ ދޯ ގޯތި ގުރުނެގީ
31 May 2025
އެތައް ހާސް މާލޭގެ ރައްޔިތުންނެއް ދޮޅު އަހަރު ވަންދެން ތަޅުވަ ތަޅުވާފައި، ޔރޭގަނޑު ދަންވަރު އިޢުލާނުކޮށް އަވަސްއަރުވާލައިގެން ގޯތި ގުރު މިނެގީ މިހެންވެ ތާ! އެކަމަކު ހަނދާން ކުރައްވައްޗެވެ! މަނިކުފާނު ވަނީ މަތިމައްޗަށް އިތުރުފުޅު ހައްދަވާފަ އެވެ. ތިވަޑައިގަންނަވަނީ ޙައްޖަށެވެ! އެތަކެއްހާސް މާލޭގެ ނިކަމެތި ރައްޔިތުންނެއް ހިތުގައި ޖައްސުވާފަ އެވެ.