ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މާދަމާ އުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ އުމްރާގެ އެ ދަތުރުފުޅަކީ މިދިޔަ ފެބްރުއަރީ މަހު ހަމަޖައްސަވާފައިވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ވަޑައިގަތެވެ.