ގޯތި ދޫކޮށްލާ މީހުންނަށް ޖާގަ ދޫކުރަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެއިން.
31 މެއި 2025 - 13:33
މާލޭގައި ހަނި ގޯޅިތަކާއި މަގުތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ނަމަ ލާ ޖައްސައިގެން އެހެން ސަރަހައްދަކުން ގޯތި ދޭން ރާވާފައި ޕްލޭނު މި އަހަރު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ރޭ ފާހަގަކުރެއްވި ގޮތުގައި ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
"އިކޮނޮމިކަލް ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދުތަކުގައި ވަރަށް ގިނަ ގޯތި އެބަހުރި. މި މީހުންނަށް އަޅުގަނޑު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވީން، ލާ ޖައްސާ އުސޫލުން މާލެ ސަރަހައްދުން، ގްރޭޓާ މާލެ އޭރިޔާއިން ބިން ދީފައި، އެ ތަންތަން ދައުލަތަށް ނަގާފައި، ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
މި ވައުދު ފުއްދުމަށްޓަކައި، ސަރުކާރުން ރާވާފައިވަނީ މި ޕްރޮގްރާމް ދާދި އަވަހަށް ފަށަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކޮށްލާ މީހުންނަށް، ހަމަ އެ ސައިޒުގެ ގޯއްޗެއް ދޭނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެ ހިމެނޭހެން، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ހިއްކާ ސަރަހައްދަކުންނެވެ.
މިގޮތަށް ދޫކޮށްލާ ގޯތިތައް ސަރުކާރަށް ނެގުމަށް ފަހު، އެ ގޯތިތައް ބޭނުންކުރާނީ މާލޭގައި ޕާކާއި ގްރީން ސްޕޭސް އިތުރުކޮށް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގެންގުޅޭ ޕްލޭންގެ ދަށުން ކަމަށް އެ މަނިކުފާނު ހާމަކުރެއްވި އެވެ.
"ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ، ލާ ޖައްސާ އުސޫލުން މާލޭގެ އެހެން ސަރައްދަކުން ގޯތި ހޯދުން. މި މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، 2010 ވަނަ އަހަރުގެ ތެރޭގައި "ވެށިފަހި މާލެ"ގެ ނަމުގައި މިފަދަ ޕްރޮގްރާމެއް ފެށި އެވެ. މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ. ނަމަވެސް، އެކަމުގެ ލިޔުން ދޫކުރުމަށް ފަހު އޭގެ ތެރެއިން ގިނަ މީހުންނަށް އޭރު ފްލެޓު ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
01 June 2025
ޢަނބި މީހާ ފިރިމީހާ ސަކަރާތް ޖަހާތީ މައްސަލަޔަކީ…އެކަކުލިއްޔާ އަނެކަކަށް ނުލެވޭ… އެޕްލިލޭޝަންް ސްޓޭޖްގަޔާ އެކަކު ދޫކޮށްލަންޖެހޭ ސްޓޭޖްގަޔާ އެހާމައްސަލަޖެހި ރޮދިފަށެއްގަ ރިލޭޝަން އެލިފަ… އުމުރަށް އިނދެގެން އުޅެވޭވަރު މީހުންނެއް ނޫން އުޅެނީކީ މިހާރު
އަޅި އަލި
01 June 2025
ކަމެއް ވިއްޔާ މާލޭ މީހުނަށް ކޮއްދީ! އެކަމަކު ޓެކްސް ނަގަނީ ހަމަ ހަމަ އަށް!
ބޯހިޔާވަހިކަމަކީ އަސާސީހައްގެއް
01 June 2025
ނޫނޭ ތިޔައީ ވަރަށް ގޯސް ހިޔާލެއް. މާލޭ މީހުން ހުރިހާ އަސާސީހައްގަކުން ބާކީކޮށްފަ ދެންތިބި ބޭފުޅުންނަށް ހުރިހާ އެއްޗެއްދީފަ ބަހައްޓާ. ހިލޭގޯތި ވިއަސް، އާސަންދަވިޔަސް، ފޮތްލިސްޓަކަސް، ހާއްސައެޙީގެކުދިންނަށްދޭ ފައިސާވެސް، 65 އަހަރުވީމަލިބޭ ފައިސާކޮޅުވެސް ރަށުބޭފުޅުންނަށް ދެއްވާ. މާލެމީހުން ނިކަމެތިން ރެފިއުޖީން ގޮތުގަ ދިވެހިގައުމުން ބޭރިކޮށްލާވީހާވެސް އަވަހަކަށް.
މުނީފާ
01 June 2025
ތިގޮތަށް މާލެގައި އޮތް ބިން ދޫކުރާގޮތަށް ޝަރުތުކޮށް ކިތަށް މީހުނަށް ހުޅުމާލޭން ފްލެޓް ދީފަ އެބަހުރި. ކޮންބަޔެއްތޯ މާލޭގެ ބިންކޮޅު ދޫކުރީ. ނޫނީ މިކަން ތަންފީޒުކުރުމަށް ކޮން މަސައްކަތެއްތޯ ކުރެވިފައިއޮތީ.
ދޮން
01 June 2025
ރެހެންދި ސުކޫލުކައިރީ އެއޮތީ ތިގޮތައް އަންނި ދުވަސް ވަރު މާލޭބިން ދޫކޮށްލާގޮތަށް ދިން ބިންތައް އެމީހުން ބޮޑެތި މަހުޖަނުންނަށް ވެއްޖެ ، މާލޭ ބިންވެެސް ދޫކޮށްނުލާ ، ދެތަނުން ބިންލިބިފައި މިޖަރީމާ ބެލުމަށް ގޮވާލަން ،
ބަޑިތަކުރު
01 June 2025
މީގެ ކުރިންވެސް މާލެއިން ލިބޭތަން ދޫކޮށްގޮތަށް ހުޅުމާލެއިން އެތައްސަތޭކަ ގޯތި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބަހާލާފައިވޭ. ކޮންތާކުންބާ މާލެއިން ގޯއްޗެއް ދޫކޮށްލީ. ދޫކޮށްލިތަނެއް ފެންނަން ނެތަސް ހުޅުމާލެއިންދިން ގޯތިތައް ބުރިބުރިއަށް ހަދާފައި ގިނަ ތަންތަން އެހުރީ ކުއްޔަށް ދީފައި. މިގޮތަށް ކަންތައް ނުކުރައްވައި މާލެއިން ހުސްވާ ތަންތަން ޕާކިންގއަށް އިތުރުކޮށްދެއްވާނެ ކަމަށް އުންމީދުކުރަން.
ޖެކް
01 June 2025
އޮނަރަބަލް އަފީފު ދީދީ އަށް ލިމިޓެއް ނޯވޭތޯ؟
ބަގުޑި
01 June 2025
ގަވައިދެއް ހަދާނަމަ މާލޭ / ރާއްޖެތެރޭ އެއްހަމަ ކުރައްވާ
8988222
01 June 2025
ފްލެޓަށް ޓަކާ ބިން ދޫކޮށް ނުލާތި. ފްލެޓަކީ އަގު ދަށްވާނެ އެއްޗެއް. ބިމަކީ ދުވަހަކުވެއް އަގު ދަށްވާނެ އެއްޗެއް. ނޫން. އަބަދުވެސް އަގު އަރާނީ
މާލޭ ފެނުން
01 June 2025
ހިންނަވަރު ގައިވެސް ވަރަށް ހަނި ގޯޅިތަކަށް ވާ ގޭގެ އެބަހުރި، މިފަހަރުވެސް ގިނައިން ގޯތި ދޫކޮށްފައި ތިބީ މާލޭ ފެނުން ފެންވަރާ މީހުންނަށް
އެޕްރޮގްރާމުންމިއަށް
01 June 2025
ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތިދޭނަމޭ ކިޔާފައި އެމްޑީޕީ ސަރުކާރުން އެކަންއެގޮތަށް ކޮށްފައި އޮއްވާ ދެން އައިބަޔަކު ބުނީ ފްލެޓެކޭ ލިބޭނީ ދެން މިބޭނުން ނުކޮށްފިއްޔާ ސަރުކާރުން ހިންގާ އެއްވެސް ޕްރޮގްރާމަކުން ބޯހިޔާވަހި ކަމެއްނުލިބޭނޭ. ދެން އަަހަރެމެންނަށް ކޮންފަދަ ބޮޑު އަނިޔާއެއް މިދިނީ. މާލޭ ތަންކޮޅުވެސް ދޫކޮށް ފްލެޓް ގަަނޑަކަށްލާފައި ކުލިވެސްދައްކަދައްކާ މިތިބީ.
ދޯރި-
31 May 2025
ފުލެޓްވެސް ގޯތިވެސް ދިނެވެ. ނަމަވެސް އެ ބުނާ ހުސްވާތަންކޮޅު ސަރުކާރަކަށް ނުލިބުނެވެ. އެ ތަންކޮޅުވެސް ގޯތި ނުވަތަ ފުލެޓްވެސް އެ މީހުންނަށް ލިބުނީއެވެ. މިކަހަލަ ޖަރީމާއެއް އަނެއްކާވެސް ފެށީހެއްޏެވެ.
ނަސްލީއިމްތިޔާޒު
01 June 2025
ކޮން ގާނޫނެއްގަތޯ އޮތީ ހަމައެކަނީ މާލޭމީހުނަށް ފްލެޓެއް ލިބުނީމަ ވާރުތައިންލިބޭ ކުޑަބިންކޮޅު ދޫކޮށްލަންޖެހޭ ގޮތަށް. އެހެންރަށްރަށުގައި ތިއްބެވީ ބޭފުޅުންވީމަތޯ، ފްލެޓްލިބުނީމާވެސް ރަށުގައި ހިލޭ ލިބިފައިއޮތް ތިންހަތަރު ބިޔަ ގޯތި ދޫކޮށްލަންނުޖެހެނީ....މީކޮންކަހަލަ އިންސާފެއްތޯ
އޮނަރަބްލް އަފީފު ދީދީ
31 May 2025
ރާއްޖޭގެ އެންމެ ޑިމޮކްރަޓިކް ޕާޓީކަމަށް ދައުވާ ކުރާ MDP ގެ ވެރިކަމާއި އެޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލިސް އޮވެގެން ރައީސަކަށް ހުރި އިބްރާހިމްގެ މައްޗަށް އަމުރު ހިންގި ކ.މާލޭ ބިންވެރިންގެ ގޮތުގައިތިބި އެބޭޅާގެ ވަޒީރުންނާއި އެރަށު މަޖިލިސް މެންބަރުން ގުޅިގެން "ރޭސިސްޓް އެއްރަށް ދައުލަތް ސިޔާސަތުގެ ދަށުން ތުބުން ކިރު ނުނެއްޓޭ އެރަށު ކުޑަކުދިންގެ ބޯވެސް ގުނައިގެން ތިމާމެންގެ ރަށު ކޮންމެ މީހަކަށް 25މ ރުފިޔާގެ ބިމެއް ހިލޭ ދިނުމުން" ޕާޓީވެސް ފުޑިއްޖެ.