މޯލްޑިވްސް 2.0 ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--
31 މެއި 2025 - 14:59
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރަން ނިންމި ނިންމުން ދެމެހެއްްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ކަރަންޓު ޓެރިފް ރޭޓުތައް މާދަމާއިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި ރޭ ރައީސް ވަނީ އާންމު ކުރައްވައިފަ އެވެ.
މި ބަދަލާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މި ކަން ކުރެވޭނެ ގޮތަކާމެދު ފާއިތުވީ ދޮޅު އަހަރުތެރޭގައި ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްފައިވާނެ ކަމަށެވެ.
މިއީ ރާއްޖޭގައި މިފަދަ ބަދަލެއް ގެނެވޭ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ހުރި މައްސަލައަކުން ނުވަތަ ސަރުކާރުގެ ހަކަތަ މެނޭޖުކުރުމުގެ ސިޔާސަތުގެ މައްސަލައަކުން ދިމާވާ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާ ކަމަށެވެ.
އެހެންވެ މި ނިންމުން ނިންމީ ރައްޔިތުންނަށް އަތްފޯރާފަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.
ދެމެހެއްނެޓެނިވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ފެނަކައިގައި ހުރި މަލީ މައްސަލަތައް ރަނގަޅުކޮށްގެން ވެސް އެ ކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގެންގުޅޭ އިއާދަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ވެސް މި ކަމަށް ބާރު ލިބިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްގެން ވިޔަސް، މި ނިންމުން ދެކޮޅު ޖައްސަވާނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި، މާލެއެއް ރަށްރަށެއް ކިޔާނެ ކަމެއް ނެތް ހުރިހާ ރަށެއްގައި އެއްކޮށް ބަދަލުވާނީ ސްޓެލްކޯގައި ވެސް ފެނަކައިގައި ވެސް،" ރައީސް ވިދާޅުވި އެވެ.
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ކަމާ ބެހޭ މާހިރުން ދެކޭގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް ކަނޑައަޅާފައިވާ ހަތް ބޭންޑުތަލުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންވެ، ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓު ދަށްކުރުމަކީ ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާސާމިޔާ ޙަލީމް
01 June 2025
އޭ ލޮބުވެތި ރައީސްއެވެ. ކަރަންޓު އެންމެންނަށް އަގުހެޔޮކުރުމުން ވ އުފާކުރަމެވެ. އެހެނެސް މުވައްޒަފުންގެ މުސާރައިގެ މިއޮތްބޮޑު ތަފާތު ނައްތާނުލަނީސް އިދާރީ މުވައްޒަފުންގެ ފަޤީރުކަމެއް ނުކެނޑޭނެއެވެ. 20000ރ އިންމަތި 35000ރ އާ ދެމެދުދުގެ މުސާރަ ލިބޭ ސިވިސްސަރވިސް މުވައްޒަފުންތިބެއެވެ. އެމީހުންނަށް ވެސް ބާޒާރުގެ އަގުތައް ހަމައެއްވަރެވެ. މިހެންވުމުން 7000ރ ލިބޭ މުވައްޒަފު ދަރާވިކި އޮންނައިރު ޓީޗަރުން ނަރުހުން ފަދަ މީހުން ވ އަރާމު ދިރިއުޅުމެއް އުޅެއެވެ.
އިދާރީ ބަލަދުވެރިޔާ
01 June 2025
ލިބޭމިންވަރު ނިކަން ދަނެގެން، ވިބޭނުންތައް ބަހާލައިގެން އުޅޭނަމައީ ތިބޭޒާރެއް ނުވީހޭ
އަހުސަން
01 June 2025
ހިންގުންދެކޮޅުޖައްސާނަމޭވިދާޅުވާއިރު މަޖްލިސްއިންތިޚާބުހޯދަން ކޮންމެކުންފުންޏަކުން ކިތައްސަތޭކަ މީހުންނަށްތޯ އެއްވެސްބޭނުމެއްނެތި ވަޒީފާދިނީ. ލާރިކޮޅެއްދީފައި ދަނޑުވެރިކަންކުރަން އެމީހުންފޮނުވިނަމަ ކުންފުނިތައް ރަގަޅަށްހިގާފައި ގައުމުގެ އިގްތިސާދުވެސް ކުރިއަށްދާނެ. ޑޮލަރުގެ ރޭޓް ޖޫން ނިމޭއިރު 20އަށް ބަދަލުވެ އާރެކޯޑެއްލިބުމަކީ މަނިކުފާނުވެސް ހިތްދަތިވާނެކަމެއްނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ދެމެހެއްޓެނިވި ގޮތަކަށް އަގު ބެހެއްޓުމުގެ އިތުރުން މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރަމުންދާ ގޮތަށް ބަލާއިރު ކ.އަތޮޅު މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށްރަށަށް އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށް ދުރާލާ ކަންކަން ރާވައިގެން އެއްވެސް ކަމެއް ނުކުރާ ފަދައިން ކަރަންޓްގެ މަސައްކަތް ވެސް ކުރަމުން ނުދާތީ، ރައީސް ވިދާޅުވިޔަސް ރާއްޖޭގެ އެހެން ރަށް ރަށަށް ނުވަތަ މާލޭސަރުކާރުން ކިޔާގޮތަށް "އަތޮޅު ތެރެއަށް" ތިކަން ކަމެއް ނުވާނެ އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ކުންފުނި ތަކުން ކުރާ "އިސްރާފާއި ބޭކާރު ޙަރަދު ތަކުގެ ވާހަކަ ދައްކަން މިސާލު ކުންފުންޏަކަށް ނަގަން އެންމެ ރަނގަޅު ކުންފުންޏަކަށް ވާނީވެސް ފެނަކަ ކޯޕަރޭޝަން" ކަމަށް ދެކެން. ފުރަތަމަ ކުލީގެ ގޮތުގައި އަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދު ކޮށްފައި ކ.އަތޮޅުމާލޭގައި ކުންފުނީގެ ހެޑް އޮފީސް ހުރުމާއި ކުންފުނީގެ ބޯޑް އަދި ސީނިއަރ މެނޭޖްމަންޓް ގައި ސްޓެލްކޯ އަށް ވުރެން ގިނައިން މީހުން ތިބުމަކީވެސް އިސްރާފުގެ ގޮތުގައި ކުރާ ބޭކާރު ޙަރަދު ތަކެއްކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ކަރަންޓް އަގު ބޮޑުވުމުގައި ތެލުގެއަގު ބޮޑުދައުރެއް އަދާކުރާއިރު ތެލަށް ކުރާންޖެހޭ ޙަރަދު ކުޑަކުރެވިދާނެގޮތަކީ ސަރުކާރުން އެސްޓީއޯ އާއި ވާހަކަ ދައްކައިގެން ކ.މާލޭ ތެޔޮތާނގީގެ ބަދަލުގައި އުތުރުން ހަނިމާދޫ އަދި ދެކުނުން އައްޑޫ ހުޅުމީދޫ ނުވަތަ ހުވަދުއަތޮޅު ފަރެސްމާތޮޑާ ފަދަ ރަށެއްގައި ޑީސަލް ރައްކާކުރެވޭނެ ބޮޑެތި ތާނގީތައް ހަދާ އުތުރާއި ދެކުނަށް އެސްޓީއޯގެފަރާތުން ސީދާ ތެޔޮ އެތެރެކޮށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެއްސުން. މިއީ ނުކުރެވޭނެ ކަމެއްނޫން.
އުދުހޭ
31 May 2025
މިހާރުވެސް ކަރަންޓް ދެނީ ގެއްލުމުގަ. ކުޑަކުރި އަގު ދުވަސްކޮޅަކަށް ހިފެހެއްޓޭނެކަމަށް ބެލެވެނީ އެންމެ ގޮތަކުން. އެއީ ބީއެމްއެލްގައި ރައްޔިތުން ރައްކާކޮށްފައިވާ ފައިސާ ނަގާ ސަރުކާރުން އެ ބޭނުންކުރުން.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ދިހަ ބާރަ ބޭންޑަށް އަގު ނަގާގޮތަށް ހެދުމާއި، ރައީސްގެ އިނާޔަތާއި ޑިސްކައުންޓް އަދި ރޯދަ އެލަވަންސާއި ޙައްޖު ހަދިޔާ އާއި ހޫނު މޫސުމުގެ ހެޔޮއަގު ފަދަ އެއްވެސް ކަމަކީ ހައްލެއްނޫން. އަދި މިއިން އެއްވެސް ކަމަކީ ދާއިމަށް އެކަންކަން ކުރެވޭނެ ކަމެއްވެސް ނޫން. އެހެން ކަމުން ވިސްނުން ބަހައްޓަންވީ ކުންފުނިތަކުން ކުރާ އިސްރާފް ކުޑަކޮށް ކޮންމެހެން ކުރާން ނުޖެހޭ ޙަރަދު ކުރުން ހުއްޓާލާ އަދި ލިޖިސްޓިކަށް ކުރާ ހޭދަ ފަދަ ހަރަދު ތައް ކުޑަކޮށްގެން ތިކަންކަން ކުރަން.
އޮނަރަބްލް އަފީފު ދީދީ
31 May 2025
މަތީގައިދެންނެވި ކަންކަންނުކުރެވޭނަމަ، ކުރާންވީކަމަކީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި، ހަނިމާދޫ އަދި ލ.ގުޅުފައިވާ ރަށް ތަކަށް ކަރަންޓްދިނުމުގެ ހިދުމަށް State Electric Company ގެ ދަށަށް ބަދަލުކޮށް ކުންފުނި ޕްރައިވަޓައިޒް ކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް 1000 ޙިއްސާ އަށް ވުރެން ބޮޑުނޫން އަދަދަކަށް ޙިއްސާ ގަނެވޭގޮތަށް ހެދުމަށްފަހު ސްޓެލްކޯ އަކީ Public Limited Company އަކަށް ބަދަލުކޮށް ދައުލަތަށް ބުރައަކަށް ނުވާގޮތަށް ހިންގާ ކުންފުންޏަކަށް ހެދުން.
އޮނަރަބްލް/ހޭކުޑައި
31 May 2025
މަތީގާދެންނެވި ކަންކަން ނުކުރެވޭނަމަ ދެންކުރަންވީ ކަމަކީ ހުރިހާކަމެއް ތިރިޔަށްބާލަން އައްޑޫ ކައުންސިލާ ހަވާލުކުރުމެވެ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ރައްޔިތުނަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭތީ އަބަދު މައްސަލަ ޖެހިފައިވާ އައްޑޫސިޓީގެ ކަރަންޓަށް ހައްލު ހޯދުމަށާއި ކަރަންޓްގެ އަގު ހެޔޮކުރަން ފުރުސަތު ހޯދަން Electric Marine Cable އަޅައިގެން ހުޅުމީދޫ އަވަށާއި، ހެރެތެރެ ރިސޯޓް، ވިލިގިލި ރިސޯޓް އަދި ސައުތުޕާމް ރިސޯޓަށް Addu Central Power House އިން ކަރަންޓް ދެވޭގޮތް ހަދައިފި ނަމަ މިހާރު ތެޔޮ އުފުލުމަށާއި ލިޖިސްޓްކު ޙަރަދުގެ ގޮތުގައި ހޭދަވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ.
އޮނަރަބްލް/ޖެނެރޭޓަރ
31 May 2025
ރައިއްޔަތުންނަށް ބޭނުންވާވަރަށް ކަރަންޓުނުއުފެއްދޭތީ އައްޑޫއިން މާލެއަށް ކަރަންޓްކޭބަލްއަޅަންވީއެވެ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
އިތުބާރުހުރިގޮތަކަށް ފެނަކަ ކުންފުންޏަށް ކަރަންޓްނުދެވޭތީ އައްޑޫގެ ގިނަ ވިޔަފާރިވެރިންވަނީ ސޯލާހަރުކޮށް ފެނަކައަށް ބުރައަކަށްނުވާގޮތަށް ކަރަންޓްގެ ޔަޤީންކަން ހޯދާފަ. އެކަމަކު ފެނަކައިން ހަދާފައިވާ ޤަވާއިދުތަކެއްގެ ސަބަބުން އައްޑޫގެ އެތައްބަޔަކަށް މިހާރު ސޯލާ ހަރުކުރުމަށް ވަނީ ފުރުސަތުބަންދުވެފައި. މިކަންބަދަލުކޮށް ބޭނުންބަޔަކަށް އެމީހުންބޭނުންކުރަން ބޭނުންވާއަދަދަށް ކަރަންޓްއުފެއްދޭވަރަށް ސޯލާހަރުކުރަން ހުއްދަދީ ގްރިޑަށް ގުޅަން ފުރުސަތު ދޭންޖެހޭ.