މާލޭގައި ބޭއްވި ފިިތުރު އީދު ނަމާދެއްގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް ކުޑަކުދިންނާއި ބޮޑެތި މީހުން ނަމާދު ކުރާ ސަރަހައްދަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖޫން 2025 - 15:35
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ބުނީ ހުކުރު ދުވަހު ފާހަގަކުރާ އީދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމްގެ އިތުރުން ހުޅުމާލެ 2 ގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކެންސަލް ކުރަން ޖެހިއްޖެ ނަމަ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް ވަކިން ޖާގަ ހަމަޖައްސާފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ އަވަސްކޮށްފަ އެވެ. ކުރިން 7:30 ގައި ފަށާ ނަމާދު މިހާރު ކުރަނީ 7:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާބަބު
02 June 2025
ދިވެހިންގެ އަސްލާ ސަގާފަތް ގެއްލި އަރަބި އަފްޤާން ގޮތައް ހެދުން އަޅައި ތާރީހް ނެތިގެން ގޮއްސި. އިންޓަނެޓާއައި އާއިލްމުގެ ސަބަބުން އައި ބަދަލުތައް.
ޏާއްކޮ
02 June 2025
ދިވެހިންގެ ސަގާފަތް ގެއްލެނީ ހަމައެކަނި "އަރަބި އަފްގާން" ހެދުން އެޅީމަ (2 ޑިފަރެންޓް ކަލްޗާސް ބުރޯ). ހުޅަނގުގެ ފެށަންތަކާ ނިވާކަން ކުޑަ ހެދުން ލިޔަސް ހަމަ އެއްވެސް މައްސަލައެއް ނެތް. ސަގާފަތަކަށް އަސަރެއް ވެސް ނުކުރާނެ.
ސސސހ
03 June 2025
ދިވެހިންގެ ސަގާފަތް ހޭވައްޓާފަ ދިރުވަނީއެންނު އެތިބަ ޓޮޕްކޮޅު ލައިގެން.... ގައިމު މަގެއް މައްޗަށް ނުކުމެ ލޯ ހުޅުވާ އެތިބޭ މީސްމީހުނާ ދިމާލަށް ބަލާލަން ނުކެރޭ ވިއްޔަ ހޭ ވައްޓާފަ ސަގާފަތް ދިރުވާލެއް ބޮޑުކަމުން... ނާ އެހެންޏަ.. އެއްބައި ވިއްޔަ ތިފެންނަނީ.. އަރަތްބޭ އަފްޤާނޭ ކިޔާއިރު އަނެއްކޮޅު ނުކިޔެނީ ކީއްވެ؟ އެމެރިކާ އޭ ޔޫރަޕޭ ވެސް ކިޔަން ކެރެންވާނެ.. އަސްލު ސަގާފަތަކު އާލާނުކޮށްގެނެއް ނޫނެއްނު އެހެންވީމަ ތިއުޅެނީ..
ބަތޫތާ
02 June 2025
މުޅިދުނިޔޭގަވެސް ސައްތައިން ސައްތަ އިސްލާމީގައުމުތަ ނުލާހިކުމަދު. އެކަމަކު މި ސައްތައިން ސައްތަ އިސްލާމީގައުމުގަކީ އެންމެ ގިނަ އެންމެ ފެންވަރުދެރަކޮށް މިސްކިތް ހުންނަ އަދި ކޮބާ އެންމެ ވަގުތީ މިސްކިތް ގިނަ ގައުމުކަންނޭގޭ. 60 ޕަސަންޓް ހަމަނުވާ ގައުމުތަކުގައިވެސް ހާދާ ރީތީ އިސްލާމީ ވަންތަ މިސްކިތްތައް ގިނައޭ.
ލެއްގިކޮނިޝަނަރ
02 June 2025
ހުޅުމާލެ 2 ގެ ކޮންތަނެއްގަތޯ ކުރިކެޓް ސްޓޭޑިއަމެއް އިންނަނީ. އިންސާނެއްގެ ލޮލަށް ފެންނަގޮތަކަށް ތިބުނާތާކު ކުރިކެޓް ކީއްކުރަންތޯ؟ އެހެންކަހަލަ ސްޓޭޑިއަމެއްވެސް ނުފެނުނު. އަނެއްކާ ތީ ޖިންނި ޝައިތޯނުންނަށް އެކަނި ފެންނަތަނެއްބާ؟