މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން އިއްޔެ އާންމުކުރި މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓުގައިވާ ގޮތުން މާލޭ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ އެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި ވެސް އީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އީދެއްގައި ވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިހާރު އޮވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ބުދަ ދުވަހަށެވެ.