ސަންފްރޮންޓްގެ ފިހާރައެއް: އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ނަގައިދޭން ވަނީ ހުކުމް ކޮށްފައި
03 ޖޫން 2025 - 11:34
ސަންފްރޮންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ އަހަރުތަކެއް ކުރިން 2010 ވަނަ އަހަރު މާލެ ހުޅަނގު ދެކުނު ހާބަރު ސަރަަހައްދުން ބިން ވިއްކަން ސަރުކާރުން ހުޅުވާލުމުން ސަންފްރޮންޓުން ދެ ބިމެއް ގަންނަން ފައިސާ ދެއްކި އެވެ. އޭރު ސަރުކާރުން ހުޅުވާލީ އެ ސަރަހައްދުން 11 ބިމެއް ވިއްކުމަށެވެ.
އޭރު ސަންފްރޮންޓުން 2،000 އަކަފޫޓްގެ ދެ ބިމަށް ބީލަމުގެ އުސޫލުން އަގު ހުށަހެޅުމުން، އެ ދެ ބިން އެ ކުންފުންޏަށް ވިއްކަން ސަރުކާރުން ނިންމުމުން އެ ކުންފުނިން 26 މިލިއަން ރުފިޔާ ދައުލަތަށް ދެއްކި ނަަމަވެސް، އެ ދެ ބިން ވެސް އެ ކުންފުންޏާ ހަވާލުކޮށްފައެއް ނުވެ އެވެ.
އެ ކުންފުންޏާ ބިން ހަވާލުކޮށްފައިނުވަނީ އެ ބިޑް ހުއްޓުވަން ހައި ކޯޓުން އޭރު ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސަންފްރޮންޓުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބިމަށް ދެއްކި 26 މިލިއަން ރުފިޔާ ދެއްކުމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް، އެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ދީފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ، އެކަމުގެ ބަދަލެއްގެ ގޮތުން 20 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކުރި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވަނީ 20 މިލިއަން ރުފިޔާއަކީ ސަންފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހައްގުވާ މިންވަރުގެ ފައިސާއެއްކަން ލިޔުންތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ހުކުމުގައިވަނީ ދައުލަތަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
04 June 2025
ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ ޕާޓީއަށް ފަންޑު ހޯދުމަށް ކުރެވުނު އެއް މަޝްވަރާއަކީ ދައުލަތުން ބަދަލުގެ ގޮތުގައި އެކި އަދަދު ހޯދުމަށް ހުށަހަޅާފައިވާ ކުންފުނިތައް ބަލައި އެތަންތަނުގެ ވެރިންނަށް އެޕްރޯޗްކޮށް ބަދަލުގެ ގޮތުގައި އެދިފައިވާ މިންވަރު "ނެރެދީފިނަމަ" ވެރިކަންކުރާ ޕާޓީއަށް ކަޓެއްގެ ގޮތުގައި ޕަސެންޓެއް ލިބޭނެތޯ ބެލުން. މިކަންކުރުމަށް ލިޔެކިޔުންތައް ދިރާސާ ކުރަންފެށިތާ 6 މަސްވަރު ވެދާނެ. މީގެ ގިނަ ބަދަލުތައް ފެންނާނެ. ބަލަންތިބޭ!
ފަންވަތް
03 June 2025
ދައުލަތަށް ލިބޭ ފައިސާގެ ބޮޑުބައެއް މިގޮތަށް ބަހާލަންޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއް. މިގޮތަށް ދައުލަތުގެ ފައިސާ އިސްރާފު ކުރުން ހުއްޓުވޭނެ ގޮތެއް ހޯދަންޖެހޭ.
ފަހި
03 June 2025
ކޯޓުން ހުއްޓުވި އެއްޗެއްގެ ޒިއްމާ ކޯޓުން އަދާކުރަން ޖެހޭނީ
ބަދަލު
03 June 2025
ބަދަލު ހޯދަން ދައުވާކުރާ މީހުން ގޯސްނުކޮށް، ސަރުކާރު ތަކުން ކުރާ މިފަދަ ކަންތައް ރަނގަޅު ކުރަން ޖެހެނީ. ސަރުކާރަކީ ކުޅޭކުޅޭ ތަނަކަށް ވެގެން ނުވާނެ.
ނާޑުވާ
03 June 2025
ސަން ފްރަންޓަށް 10 ޣާޒީއަށް 10 ދެން އަތްޖަހާ
ނަރީމާން
03 June 2025
ރައްޔިތުންގެ ލާރި ލޫޓުވުން ނޫންކަމެއް ކޯޓުތެރެއިން ކުރާތަނެއް ނުފެނޭ.
ޢިބުރާހިމް ވަހީދު
03 June 2025
ޢެލާރިކޮޅުހިފާގެން ފިލިމީހަކު ފިލާފި ދެން ޖެހެނީ ސަރުކާރިން ބަދަލުދޭން ގޯހެއްނޫ ރަގަޅު މިކުޅޭގޭމެއް މިކަމުގެ ގެއްލުން ނިކަމެތި ރައްޔަތުމްނައް ބޯހަލާކު
އ އަހްމަދު
03 June 2025
ހައިކޯޓުން ބިޑުހުއްޓުވީމަ ކީއްވެބާ ދައުލަތުން އެބިމަށްލާރިނެގީ އަޅުގަނޑުގަބޫލުކުރަނީ ކޯޓުންބިޑުހުއްޓުވީމަ ސަންފުރަންޓުން ފައިސާ ދައްކައިގެންވެސްނުވާނެކަމަށް އަނެއްކާ 26 މިލިއަން ރުފިޔާގެވިޔަފާރިއެއްކޮށްގެން 4 އަހަރުތެރޭ 20 މިލިއަން ފައިދާވަނީ މީކޯއްޗެއްވިއްކައިގެންބާ
ފަޅުމަސް
03 June 2025
މީރާއަށް ޓެކްސް ދައްކަންވީމަ ފައިދާއެއް ނޯވޭ.. ބަދަލު ހޯދަން ވީމަ ފައިދާވޭ.. މީރާއަށް ހުށަހެޅި ބަޔާންތަކުގެ ފައިދާގެ ނިސްބަތަށް ބަލައިގެން ނަގައިދެވޭ ބަދަލެއް ނޫނީ ސައްޙައެއް ނުވާނެ.. ނޫނީ ޓެކްސް އޮޅުވާލާކަމަށް ދައުވާ ކުރަންވީ ސަން ފްތްންޓުގެ ވެރިންގެ މައްޗަށް..
ހާސަރު
03 June 2025
ކޮމެންޓްކުރާއިރު އެގޭބާ މީރާއަށް ސަންފުރަންޓުން އަހަރަކު ކިތައްމިލިއަން ދައްކާކަން. ހަމަތިބެފަ ކޮމެންޓްކުރާކަށްނުވާނެ.
ހަލިމްބެ
03 June 2025
ސަންފްރަންޓަށް ވީ ގެއްލުން އެނގޭނީ ސަންފްރަންޓަށް އަދި ގެއްލުމުގެ ބަދަލު ހިސާބުކޮށްފައި އެމީހުން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެކަން އެނގެން އޮންނާނެ ދޯ؟ އެވަރުގެ ބޮޑު މިންވަރެއްގެ ފައިސާ ސަރުކާރުން ތާށިކޮށްގެން އުޅުމުގެ ސަބަބުން އެކުންފުނިން އެވަރުގެ ފައިސާއިން ވިޔަފާރިކޮށްގެން ނެރެވޭނެ ފައިދާއަކަށް ބިނާކޮށްގެން. ކޯޓުން ތިކަން ނިންމާފައި އޮންނާނީ އެމީހުން ހުށަހެޅި އޮޑިޓު ރިޕޯޓުތަކާއި ހިސާބުތަކާއި މިހުރިހާ އެއްޗެއް ވެސް ބަލައިގެން.
ޙަލީބޭއްޔާ
03 June 2025
ތިޔަ ބުނަނީ ތިޔަ ފައިސާއިން 100% ފައިދާ އޭވާނީ ވިޔަފާރީގަައި ގެއްލުމާ ފައިދާތާ ވާނީ މިފަހަރު ހުސް ފައިދާ ވާނެކަމަށް ބެލީ ކޮން ވަސީލަތަކުންތޯ؟