އޮޑިޓާ ޖެނަރަލް ނިޔާޒީ: ސަން ފްރަންޓް މައްސަލަ އިސްތިއުނާފުކުރަން އޮޑިޓާ ޖެނަރަލް ލަފާދިން އިރު އެކަން އޮތީ ދައުލަތުން ކޮށްފައި - ފޮޓޯ: މިހާރު
21 ނޮވެމްބަރ 2025 - 11:36
ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައި ދައުލަތަށް ލަފާދިން ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެކަން އޮތީ މީގެ ހަތަރު މަސް ކުރިން ފުރިހަމަ ކޮށްފައި ކަން ހާމަވެއްޖެ އެވެ.
ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ގަތުމަށް އެ ކުންފުނިން 2010 ވަނަ އަހަރު ސަރުކާރަށް ފައިސާ ދެއްކުމުން ބިން ހަވާލު ނުކޮށް އަދި ފައިސާ އަނބުރާ ހަވާލު ނުކުރި މައްސަލާގަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ހަދައި އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނީ ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ލަފާ ދެއްވި އެވެ.
ނަމަވެސް، ހައި ކޯޓުގެ ރަޖިސްޓަރީ ދައްކާ ގޮތުން ސިވިލް ކޯޓުގެ ހުކުމް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި މިދިޔަ ޖުލައި މަހު ވަނީ އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުގައި މިހާރު ވަނީ އެ މައްސަލަ ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.
ސަން ފްރޮންޓް މައްސަލާގައި، އެ ބިން ގަތުމަށް ދެއްކި 26.9 މިލިއަން ރުފިޔާ އަނބުރާ ދައްކަން 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށް އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް އޭރު އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމުގެ ދަށުން ބަދަލުގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި މައްސަލާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓުގައި ވަނީ ސަން ފްރޮންޓުން ދެއްކި ފައިސާ އަނބުރާ ލިބުން ލަސްވުމުން ބަދަލުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނެ ހަދާފައިވާ ހިސާބުތަކަކީ އަންދާޒާތަކެއް ކަމަށެވެ.
ސަން ފްރޮންޓަށް ލިބުނު ގެއްލުން ހިސާބު ކުރުން އެންމެ ރަނގަޅު މިންގަނޑަކީ އެ ކުންފުނީގެ މާލީ ހިސާބުތައް "އެކްޗުއަލް" އަދަދު ބޭނުން ކޮށްގެން ކުންފުނީގެ ނެޓް ޕްރޮފިޓް މާޖިން ހިސާބުކޮށް، ވިޔަފާރީގެ ފައިދާ ކަނޑައެޅުން ކަމަށް ރިޕޯޓުގައިވެ އެވެ.
އެ އުސޫލުން ހިސާބު ކުރާއިރު، ދައުލަތުން ބަދަލުގެ ގޮތުގައި ސަން ފްރޮންޓަށް ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒީ ސޮއި ކުރައްވައި، އިއްޔެ ނެރުއްވި ރިޕޯޓުގައި ވެ އެވެ. އަދި އެ މައްސަލާގައި ސަން ފްރޮންޓުން 20 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނު ނަމަވެސް، އެ އަދަދު ރަނގަޅު ނޫން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި ފާހަގަ ކުރުމުން، ދައުލަތުން ފާހަގަކުރި ގޮތަށް 10.7 މިލިއަން ރުފިޔާ އަށް ބަދަލުގެ މިންވަރު ކުޑަކުރަން އެ ކުންފުނިން ކޯޓުގައި އެއްބަސްވި ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުކުލުކު
26 November 2025
މޮޅު ހިސާބެއް. ބިންގަންނަށް ދެއްކީ 26.9 މިލިއަން. އަލުން ފައިދާގެ ހިސާބު ޖެހީމަ 15 އަހަރުފަހުން ދައްކަން ޖެހެނީ 10 މިލިއަން. މާނަޔަކީ ކުންފުނި 15 އަހަރު ދިޔައީ ގެއްލުމުގަޔޭ. ނިޔާޒީ ހިސާބު
ދައުލަތް
22 November 2025
ތިކަހަލަ ކިތައް މައްސަލައިގަބާ އިސްތިއުނާފުކޮށްފަވެސް އަނބުރާ ގެންގޮސްފަ އޮތީ؟
އަބްޑޫޅް +
22 November 2025
ސެންފޯޒެޑު މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގަ ތަ؟
ބުރާންތިން
21 November 2025
މިލިއަނުން ބަޖެޓް ކާލައިގެން ލައްކައިގެ މުސާރައެއް ނަގައިގެން ތާ އަބަދު ނާޗަރަންގީ ދަތުރުކޮށް އުޅެފައި ބަލާނުލާ އޮޑިޓް ރިޕޯޓެއް ނެރެލަފާނެ. ބޭކާރު އޮފީހެއް
ބުރާންތު
21 November 2025
އެއިދާރާގެ ބަހެއްވެސް މީގަ ބެލީމަދޯ ވީގޮތް އިންގޭނީ
ޔަގީނޭދޯ
21 November 2025
ސަން ފްރަންޓް އިން ދައްކާ ޖީއެސްޓީ ތަކާއި ބީޕީޓީ ތައް ވެސް ރިވިއުކުރަން ޖެހޭނެއޭ މާލޭގެ ވަރަށް ގިނަ ކުންފުނި ތަކުން ޖީއެސްޓީ އަށް މަކަރު ހަދާ ޚާއްސަކޮށް ގިނައިން އާމްދަނީ ލިބޭ ކުންފުނި ތައް މީރާ އަށް ވެސް ފެންނަނީ ކުދި ކުދި ކުންފުނި ތައް ލޫޓުވާލާށޭ ބޮޑެތި ކުންފުނި ތަކުން ކުރާ ކަންކަން މީރާ އަށް ނުބެލެނީ މީރާގެ ބޮޑުންނާއި އެމެންނާއި ގުޅުން އޮންނާތީއޭ އެއީ ޔަގީންކަމެކޭ...
ވިކިފަ
21 November 2025
ވިކިފަ އޮތް ނޫހެއް
ވަކީލް
21 November 2025
ކުންފުނިން އެއަދަދަށް އެއްބަސްވުމުންވެސް ބޮޑު އަދަދެއް ދައްކަން ހުކުމްކުރުމުގަ ވަރަށް ބޮޑު ގޯހެއް އެބައުޅޭ. މަންޒަރުގެ ފުރަގަހުން ގޯހެއް ހިނގުން ނުވަތަ ދެއްކި ވާހަކަތައް ރަނގަޅަށް ނުބަލާ އިހުމާލުވުން.
ތަމެންދޯ
21 November 2025
ސަން ފްރަންޓް އެއީ ތެދުވެރިކަމެއް ހުރި ކުންފުންނެއް ނަމަ ސަރުކާރު އަތުން ވަގަށް ގެންދިޔަ 20 މިލިއަން ރުފިޔާ އަނބުރާދޭނެއޭ ސަރުކާރުން ކޯޓް ހުކުމެއް އެގޮތަށް ނުކުރަނީސް އެކަމަކު ރާއްޖޭގެ ވިޔާފާރިވެރިން އަހަރަކު ދެފަހަރު އުމްރާ އަށް ދާނެ އަދި ހައްޖަށްދާނެ ތުނބުޅި ވަރަށް ދިގުވާނެ ފަޓްލޫނުގެ ފައިކުރި ބުރިކޮށްގެން އުޅޭނީ އެކަމަކު ފައިސާ އާއި ޖެހިއްޖެނަމަ ދަވާލަން ފަސްވެސް ނުޖެހޭނެއޭދޯ މީ ފެންނަ ހަގީގަތަކީ މުޅި މާލޭން ވެސް ނަރަކައިގެ އަޑީގައިދޯ އެންމެން
ވަމުންދަނީދޯ
21 November 2025
ރާއްޖޭގެ ޝަރުއީ ކޯޓްތަކުގެ ގާޒީންގެ ފެންވަރު މިފެންނަނީ ދެން މާލެ އަށް ރާއްޖެތެރޭން އަރާތިބޭ ތެލިދޮންނަ ގްރޫޕް ވެސް ވަކީލު ކަމުގެ ސަނަދު ނަގައިފިނަމަ އެމެންނަށް މާލޭގެ ކޯޓްތަކުގެ ގާޒީކަން ދެނީއޭ އިސްލާމް ދީން ދުނިޔެ އަށް ފެތުރެމުން އައި ދުވަސްވަރުވެސް ފަނޑިޔާރުންގެ ގޮތުގައި ތިބެނީ އެއީ އާންމުރައްޔިތުންގެ އިތުބާރު އޮންނަ ތެދުވެރި އަދި އިލްމީ ގޮތުންވެސް ގާބިލް ފުދިގެންތިބޭ މީހުންނޭ އެނަމޫނާ ނަކަލު ކުރިނަމަ މިކަން މިގޮތަށް ނުހިނގާނެއޭދޯ..
ވަގުންނޭވަގުންނޭ
21 November 2025
ދިވެހި ސަރުކާރުން ބަދަލު ދޭން ޖެހޭ ގޮތަށް ކަންކުރާ ސަރުކާރެއް ހިންގާ ރައީސަކު ޖެހޭނީ އެފަދަ ބަދަލު ދޭން އެއީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ނޫނޭ މި ޒިންމާ ނަގަން ޖެހޭނީ ރައީސް މީހާ މިހާރު ކަން މިދާ ގޮތުން މާލެ ތެރޭގައި އުޅޭ ފަސްމާމުލު ފަސްވަގުންގެ އާއިލާ އިން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވަށައިގެން އައިސް މާބުރުތަކެއް އެނބުރޭ ގޮތަށް އެނބުރުމުން ހަދިޔާއެއްގެ ގޮތުން އެމެންނަށް ސަރުކާރުން މިދެނީ ޓެކްސްފައިސާ ދައްކާ މީހުންގެ ފައިސާ ބިލިއަނުން