ރިލްވާންގެ މަރާ ގުޅިގެން ދައުވާކުރި ތިން މީހުން: މުއާޒަށް ބަދަލު ނަގައިނުދިން މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައި
18 އޮކްޓޯބަރ 2025 - 12:38
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ) ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)އާ އެކު މުއާޒު ހައްޔަރުކުރީ ޖޫން 26، 2022 ގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މުއާޒު ބަންދުން ދޫކޮށްލީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ މުއާޒުގެ މައްޗަށް ކުރިއިރު އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
އެހެންވެ، އޭނާ ހައްޔަރުކޮށްފައި ބެހެއްޓީ ހައްގުތައް ގެއްލޭ ގޮތަށް، ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދަން މުއާޒު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ އާއި މެންބަރު މިސްބާހު އައްބާސް އަދި މެންބަރު އަހުމަދު ނާޝިދުގެ މައްޗަށް ވެސް ދައުވާކުރި އެވެ.
ދައުވާއާ ގުޅިގެން މި މައްސަލަ ސިވިލް ކޯޓަށް ބެލިދާނެ ކަމާ މެދު ޕީޖީ އޮފީހާއި ކޮމިޝަންގެ މެންބަރުން ސުވާލު އުފައްދައި އިހްތިސާސްއާ ގުޅޭ އިއުތިރާޒު ހުށަހެޅި އެވެ. ސިވިލް ކޯޓުން ހުކުމް ކުރީ މި މައްސަލަ ކުރިއަށް ނުގެންގޮސް، މައްސަލަ ކޯޓުން ބޭރުކުރާށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން މުއާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ ކޯޓުގައި ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ވަނީ ހުށަހަޅައިފަ އެވެ. އެ އިއުތިރާޒުގައި ދައުލަތުން ބުނެފައިވަނީ ރިޔާސީ ކޮމިޝަން މިހާރު އުވާލާފައިވާތީ، އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ހުށަނޭޅޭނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ހައި ކޯޓުން މިދިޔަ މަހު ނިންމި ނިންމުން މިހާރު ވެބްސައިޓްގައި އާންމުކޮށްފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ އިއުތިރާޒާ މެދު މުޅި މައްސަލަ ބަލައި، ހުކުމް އިއްވާއިރު ގޮތެއް ކަނޑައެޅުމަށެވެ. އެހެންވެ، މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.
މި މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކުރާ މުއާޒު ވަނީ މިފަހުން ސަރުކާރު ހިންގާ، ޕީއެންސީއަށް ސޮއިކޮށްފަ އެވެ.
މުއާޒުގެ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޕީޖީ އޮފީހާއި ކޮމިޝަނާއި މެންބަރުން ހެޔޮ ނިޔަތެއް ނެތި މުއާޒުގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާކޮށް ބަންދުކޮށްފައިވާތީ ގެއްލުމުގެ ބަދަލު ލިބެންޖެހޭ ކަމަށެވެ.
ސިވިލް ކޯޓުން ބުނީ ހެޔޮ ނިޔަތެއް ނެތި ތަހުގީގެއް ހިންގައި ދައުވާކޮށްފައިވާ ކަމަށް ބަލާނެ ނުވަތަ ކަނޑައަޅާނެ މިންގަނޑެއް ރާއްޖޭގެ ގާނޫނުތަކުގައި ނެތް ކަމަށެވެ. އެކަން އެގޮތަށް މަދަނީ މައްސަލައެއްގެ ތެރެއިން ވެސް ބަލަންޗާނީ ޕީޖީ އާއި ތަހުގީގު ކުރާ ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި އިހްތިޔާރުތަކާއި ބާރުތަކަށް ހުރަސްނޭޅޭ ގޮތަކަށް، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ހުކުމްގައިވެ އެވެ.
މި މައްސަލާގައި ކޮމިޝަނުން މަސްއޫލިއްޔަތާއި ބާރުގެ ބޭރުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ނުވަތަ ނުނިޔަތެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ބެލި ނަމަވެސް، އެކަމުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން މިއީ ކޯޓުން ބެލިދާނެ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، މި މައްސަލަ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާ ކަންތައްތަކެއް ހުރިތޯ ބަލައި އެކަމުގައި ގޮތެއް ނިންމިދާނެ ކަމަށް ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެއްބޭބެ
19 October 2025
ކޮންފަދަ ޑީލެއްބާ؟ އިހައްދުވަހު ސޮއިކުރީ….
ޖަރީމާ މޯޑިޒް
19 October 2025
ކޮންމެ ފަދަ ޖަރީމާއެއް ހިންގާފަވެސް އޭރެއްގައި އޮންނަ ސަރުކާރަކަށް ބައިއަތު ހިފާ ސަނާ ކީމާ ދޫނިރާއްޖޭގައި އެމީހަކު ހުދު ފޮތިކޮޅަކަށް ބަދަލުވާނެ.
ހުސްނުވާ ބަދަލު
19 October 2025
އަސްތާ! މުއިއްޒު ޕާޓީއަށް އިހަކަށް ދުވަހު މިސޮރު ސޮއިކުރިކަމުގެ އަސަރު މިފެންނަން ފެށީ ދޮގެ؟
ގޮނުއަނގަ
19 October 2025
ކުށެއްގެ ތަޙްޤީޤަށް ހައްޔަރު ކުރާ މީހުންނަށް ބަދަލު ދޭންވެއްޖެނަމަ ދައުލަތް ހުސްކުރެވިދާނެ. ދޮގު މަޢުލޫމާތު ދީގެން ހައްޔަރު ކުރުވާފަ ކުށްސާބިތު ނުވެގެން ދޫކޮށްލާ ކޮންމެ ފަހަރަކީ ބަދަލު ފައިސާ ދައުލަތުން ދޭން ޖެހޭނެ ކަމެއްނޫން. މިސަކަރާތް ހުއްޓާލަން ޖެހޭނެ. ލޫޓުވާ ނިޒަމަކީ ބަލައިގަނެވޭނެ ކަންކަމެއްނޫން. ބަދަލު ހޯދައިދީ ދޮގު ދައުވާ އުފުލި މީހެއްގެ އަތުން. ދައުލަތުން ހަޔަރުކުރާނީ ކުށެއް ކުރީމާ. ސާބިތު ނުވުމަކީ ކުށް ނުކުރުމެއް ނޫން.
ޑރ ވާންޗޯ
19 October 2025
ސަދޫމް އެކޭ ހަމައެއްގޮތަށް މިފަހަރު ދައުވާގެ އަގުދައްކާފަދޯ ތިދައުވާ ހުށައެޅީ!!!!!!.
ނޯ ލާދީނީ
18 October 2025
މަރު ކޮމިޝަނުން ވަނީ ކުރިންވެސް ބަދަލު ދީފައި. ފޭކު ވާހަކައެއް ހަދައިގެން ބަޔަކު ބޮލުގައި ހެއްކެއް ނެތް ދޮގު ތުހުމަތު އެޅުވުމުގެ ބަދަލުގައި ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ފަނޑިޔާރަކަށް ލީ. ދިވެހި ދައުލަތުން އުފެއްދި ކޮމިޝަނަކުން ލިބުނު ގެއްލުމުގެ ބަދަލު ދިވެހި ދައުލަތް ދެމިއޮތްހާ ދުވަހަކު ލިބެންޖެހޭނެ. އަދި އެކޮމިޝަނުގެ މެމްބަރުންގެ މައްސަލަ ތަހުގީގު ކުރެވެން ޖެހޭނެ.
ވަޑިދޮންތުއްތު
18 October 2025
ޕާޓީއަށް 50 މުއާއަށް 50. މީވެސް ހަމަ ބަދަލު ބަހާލެވިދާނެ ގޮތެއް.
މަންމަނު ޔޫސޭ
18 October 2025
އޭނާ ހައްޔަރުކޮށްފައި ބެހެއްޓީ ހައްގުތައް ގެއްލޭ ގޮތަށް، ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދަން މުއާޒު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެވެ. ބަލަ އެނާ ހައްޔަރު ކުރަނީ ޕީޖީ އޮފީހުން ނޫން، ޕީޖީން ހައްޔަރު ކުރުމަށް އެދެނީ ކޯޓުގައި، ގާނޫނުތަކާއި ގަވާއިދާ އެއްގޮތަށްވީމަ އޭނަ ހައްޔަރުކޮށްފައި ބަހައްޓަން ކޯޓުން އަމުރު ކުރަނީ، އެހެންކަމުން ތިޔަ މައްސަލައިގައި ބަދަލު ދެންޏާ ދޭންޖެހޭނީ އަމުރުދިން ކޯޓުން
ޔަގީނޭ
18 October 2025
މިއީ އެ ގުރޫޕު
ވަސް
18 October 2025
ތީ ފެންނުވަރާ ގުރޫޕު؟
1828
18 October 2025
ޤާނޫނެެއް ނެތުމަކީ ރައްޔިތަކަށް ލިބެންޖެހޭ ހައްޤެއް ގެއްލުވާލުމަށްޓަކައި ދެއްކޭނެ ހުއްޖަތެއްނޫން. ކުށްސާބިތުނުވާކަމަށްވާނަމަ އެބަންދުކޮށްފައިވާ މުއްދަތަށް ބަދަލުލިބިދިނުމަކީ އިންސާފް. ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދުކޮށްފައި ބެހެއްޓުމަކީ އަދި ބަދަލު ދޭން ނުޖެހޭ ސަބަބެއްވެސް ނޫން. ހުރިހާ މޮޅެއް ތިޔަ އޮންނަނީ ދައުލަތާއި އެއްކޮޅަށް. ކޮންކަހަލަ ދައުލަތެއް ތަ މިއީ؟