އުކުޅަސް: އެރަށަށް ސީޕްލޭން ދަތުރުތައް ފަށަން ދަނީ ތައްޔާރުވަމުން --- ފޮޓޯ/މިހާރު
03 ޖޫން 2025 - 14:10
އއ. އުކުޅަހަށް މާލެއިން ޝެޑިއުލްކޮށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "މިހާރު" އަށް މިއަދު ވިދާޅުވީ ސީދާ ދަތުރުތައް ފެށުމުގައި އިސް ނެގީ، އުކުޅަހުގައި މި ވަގުތު 250 އެނދުގެ ސިޓީ ހޮޓަލެއް އަޅަމުން އަންނަ ކާނި ހޮޓަލުން ކަމަށެވެ.
އެ ކުންފުނީގެ ހަ ވަނަ ގެސްޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވާނެ އެވެ.
ޝައުކަތު ވިދާޅުވީ އެ ރަށަށް ކުރާ ސީޕްލޭންގެ އެކްސްކްލޫސިވިޓީ ދީފައިވަނީ މަންޓާ އެއާލައިނަށް އެކަނި ކަމަށެވެ. އޭގެ ދަތުރުތައް ފެށުމަށް މަންޓާގެ ޓީމެއް އިއްޔެ ވަނީ އުކުޅަހަށް ގޮސް ސާވޭކޮށްފަ އެވެ.
"ސިޓީ ހޮޓަލް ހުޅުވަން ވާއިރަށް ސީޕްލޭން ދަތުރުތައް ވެސް ފަށާނެ ކަމަށް ބެލެވެނީ." ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެއާ ކައިރީގައި އުކުޅަސް އޮތް ނަމަވެސް އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އާއްމުން އެދެމުން ދިޔަ ކަމެއް ކަމަށެވެ. އޭގެ އެއް ސަބަބަކީ މާލެ އާއި އުކުޅަސް ގުޅުވައިދޭ އަލިހުރަސްކަނޑު އާއްމު ގޮތެއްގައި ގަދަވާތީ، ދަތުރު ކުރުމުގައި ދަތިތައް ދިމާވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންތާއިން އުކުޅަހަށް ފަށާ ސީޕްލޭންގައި ޓޫރިސްޓުން އަދި ދިވެހިންނަށް ވެސް ދަތުރު ކުރެވޭނެ އެވެ. އެ އެއާލައިނުން ދިވެހިންނަށް ހާއްސަ ދެ ފެއާއެއް ތައާރަފް ކުރާނެ އެވެ.
އުކުޅަހުގައި މި ވަގުތު ޖުމްލަ 800 އެނދުގެ 35 ގެސްޓްހައުސްއެއް ހިންގަ އެވެ. އަލަށް ހަދަމުން އަންނަ ތަންތަނާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެނދުގެ އަދަދު 1،200 އަށް އަރާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
33334
03 June 2025
އުކުޅަހުގެ މަގުތައް ހަދަން ފެށީމާ ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ކަމަށް ގެސްޓުން ކޮމެންޓްކޮށްފައިހުރޭ. އަދި ރަށް ހީވަނީ ޖަންކް ޔާޑެއްކަމަށް ވެސް ބައެއް ގެސްޓުން އެބަބުނޭ!!! ގުދުރަތީ ގޮތުން ރީތި ރަށްތަކެއް ލިބިފައި ވިއަސް ރައްޔިތުންގެ އުޅުމުގައި ރީތި ސިވިލައިޒްޑް ގޮތްތައް ނެތުމުން ރަށް އޮންނަނީ ވަރަށް ހަޑިކޮށް!!! މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަށް ހުރީ މިހާލުގައި!!!! ހިތްވަރެއްލާފައި ރަށް ސާފުކުރަން މަސައްކަތް ކުރަންވީނު!!!
ތޮއްޑޫ
03 June 2025
ކޮބާ ތޮއްޑޫ ކައުންސިލް. ކީއްތަ ތި ކުރަނީ؟ މިކަހަލަ ކަމެއް ކޮއްލަބަލަ
ސަންޑޭ
03 June 2025
ނޫ ނޭ ތީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. އުކުޅަހަށް ވެސް ބޮޑު އެއަރޕޯޓެއް ބޭނުންވޭ.