މަޖިލީހުގެ ކޮމިޓީއެއްގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ޖޫން 2025 - 14:55
ކުރީގެ ސަރުކާރުން ހިންގި ހައުސިން މަޝްރޫއުން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ކުރާ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެ ކޮމިޝަނުން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.
އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކޮށްފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ ބޭފުޅުންނަށް މިހާރު ދައުވާކޮށްފައިވާ ކުށްތައް ފިޔަވައި އިތުރު ތުހުމަތުތައް ކުރެވޭތީ ފުލުހުންނާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެ ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ. އެހެންވެ، އެ ލިސްޓް ރިވިއުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.
އެކަމަކު، މި ސަރުކާރުން އެންމެ ފަހުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތައް، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ މީހުންނަށް ދޭށެވެ. އެކަމަކު މަކަރާއި އޮޅުވައިލުމުގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން އެ ލިސްޓުން އުނިވާނެ ކަމަށް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަޔާތް ކުޑަ މީހާ އަށް އިންސާފު
05 June 2025
ޚޯހޯ.. ކޮބާ މުއިއްޒު މެން ގަނެފައޮތް ގަނޑު؟؟ފޭސް 2 ބަހާލި ގޮތުން އިންސާފުގެ ހުތުރުކަން ހާމަވޭ..
ސޮބާހް އަހްމަދު
04 June 2025
ޔާމީން ދައުރުގައި ދިން ފްލެޓްވެސް ކައްވާލީ މިމީހުން.
ސިފަތުﷲ ހަސީބް
04 June 2025
މިކަން މިހެން ކުރަން ޖެހޭ. މީ އެއްމެންގެ ފްލެޓް ފޭރިގަތް މީހާ. އިނގޭތީ މިބުނަނީ.
ޝުހާދު.
04 June 2025
ބަރާބަރު. މީނައަށް ދައުވާކުރަން ލަސްވެސްވެއްޖެ.
ނާޑުވާ
03 June 2025
މިއީ ސިޔާސީ ކަމެއް. އަދި ޔާމީން ސަރުކާރުގެ ފަހުރެޔާ އޭގެ ކުރިން ކުއްލިޔަކަށް އެއްލަކިން ދަފްތަތުގަ ޖެއްސުމާ ކަންކަން އިބޫ ސަރުކާރުގަ ނުބެލީމަ އޭތި ބެކްފަޔަރ ކުރަނީ އެ.
ބަހާރު
03 June 2025
ފައްޔާޒު ކޮބާ؟ރައްޓެހިންނަށް ޑައުންޕޭމަންޓް ފްރީކޮށް ވިނަރެސް ދިނީ، ބައެއްމީހުނަށް 2 ފްލެޓްގެވެސް
ނަފާ
03 June 2025
ކުރީގެ ސަރުކާރުން ސަރުތު ހަމަނުވާ ފަރާތްތަކަށް ފުލެޓު ދޫކުރިކަމަށް ތުހުމަތުކުރެވި، އެކަމާ ގުޅިގެން ޝަރީޢަތަށް މައްސަލަ ހުށަހެޅި، އެފަރާތްތައް ކުށްވެރިވެފައިވާ ފަދައިން، މިހާރުގެ ސަރުކާރުންވެސް ހަމަ އެފަދަ ކަމެއް ކުރާނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ޙައްޤުވެރިންނަށް ލިބެންޖެހޭ ފުލެޓުތައް ނުޙައްޤުން އެހެން ބަޔަކަށް ދީފިނަމަ، އެއީ ވަރަށް ބޮޑު އިޖްތިމާޢީ އަދި ޤާނޫނީ މައްސަލައެކެވެ.80% ގޯސްކޮންއޮއްވާ ލިސްޓު ބާތިލް ނުކޮއްދޭން މި ދެނީ ކީއްވެ!
އިއްލަބެގެ
03 June 2025
މި ދެމީހުން ކަންތައްކުރި ވަރަށް ގޯސްކޮށް ސާބަހޭ އޭސީސީ
ސަރަނގު ހަލީލު
03 June 2025
ގޯތިވިޔަސް ފުލެޓުވިޔަސް ރައްޔިތުންގެ ފައިސާއަށްވިޔަސް އަދުލުވެރިކަމާއި އެކީ ކަންކަން ނުކޮށް ފަރުޖައްސާފަ، ހަމަގައިމުވެސް ޤިޔާމަތްދުވަހުން ސަލާމަތެއް ނުވެވޭނަ،
ޗުރާސިޔަ
03 June 2025
އަވަހަށް ދައުވާކުރޭ. ދެން މިކަހަލަ ކަންތައްތައް ކުރާ މީހުންނަށްވެސް އިބުރަތްތަކެއް މިކަމުން ލިބޭނެ. ބޭއިންސާފު ކޮށް ކުރި ކަމެއް މިއީ. ސުކުރިއްޔާ އޭސީސީ