މޯލްޑިވިއަންގެ ކްރޫއެއް އެއާޕޯޓުގައި. އީދާ ދިމާކޮށް ދަތުރުތައް ވަނީ އިތުރުކޮށްފައި -- ފޮޓޯ: މިހާރު
04 ޖޫން 2025 - 10:45
ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް އަޅާނެ ކަމަށް ބުނެފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް މި މަހުގެ 1 އިން 9 އަށް ދަތުރުތައް އިތުރު ކޮށްފައިވާ ކަމަށެވެ.
މި ފަހަރުގެ ބޮޑު އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް އެންމެ ގިނަ ދަތުރުތައް ކުރަނީ ލ. ކައްދުއަށެވެ.
މޯލްޑިވިއަން އިން ކޮންމެ އީދަކާ ދިމާކޮށް ވެސް ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރެ އެވެ. މިދިޔަ ފިތުރު އީދާ ދިމާކޮށް 30 ފްލައިޓު އިތުރަށް އެޅި އެވެ
އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ވަނީ ފުޅާކޮށްފަ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 June 2025
ތެޔޮއެޅުމަށާއި އެއަރޕޯޓް ތަކަށް ދައްކާން ޖެހޭ ފައިސާ ދަރަނީގެ ގޮތުގައި ބަހައްޓައިގެން އަހަރު ނިމޭއިރު އެތައް ސަތޭކަ މިލިޔަން ރުފިޔާއަށް ކުންފުނި ދަރާފައި އޮތް އޮތުން ބަދަލު ކުރުމަށްޓަކާ ޑޮމެސްޓިކް ދަތުރު ތަކުގެ ރޫޓިންގ ތަކަށް ބަދަލުތައް ގެނެސް ގެއްލުމުގައި ކުރަމުންދާ އެތެރޭގެ ދަތުރު ތަކަށް ވެސް ކުރާންޖެހޭ ބޮޑު ހޭދަ ކުޑަކުރެވި އަދި ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ އެއަރޕޯޓް ތަކަށް ކަނެކްޓިވިޓީ ލިބޭ ގޮތަށް ތިކަން ކުރާން ވިސްނުން ރަނގަޅު ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
05 June 2025
ކޮންމެދުވަހަކު އެތައް ޝިޕްޓަކަށް ޕައިލެޓުންން، ކުރޫ އަދި ގުރައުންޑް ސުޓާފުންނަށާއި، މާލޭއެއަރޕޯޓް ޗާޖްތަކަށް ކުރާ ޙަރަދުން އަރައިގަތުމަށްޓަކާ ފުވައްމުލައް ފިޔަވާ ތިމަރަފުއްޓާއި އައްޑުއާއި ދޭތެރޭހުރި ޑޮމެސްޓިކް އެއަރޕޯޓްތަކަށް މާލެއިން ދަތުރުކޮށް އަދި އެތަންތަނުން މާލެ އައުމަށް GAN International Airport ގައި ވަގުތުކޮޅަކަށް ޓްރާންސިޓްވެފައި އޭނާ ދަތުރުކުރާން ބޭނުންވާ ޑޮމެސްޓިކް ޑެސްޓިނޭޝަނަށް ދަތުރުކުރެވޭގޮތަށް ޑެއިލީ ޝެޑިއުލްތަކަށް ބަދަލުގެންނަވާ.
އޮނަރަބްލް އަފީފު ދީދީ
05 June 2025
މަތީގައިދެންނެވި ބަދަލުތައް ގެންނަން މާލެއިން ދެކުނަށް (ފުވައްމުލައް ފިޔަވާ، ތިމަރަފުއްޓާއި އައްޑުއާއިދޭތެރޭ ހުރި އެއަރޕޯޓްތަކަށް) މާލެއިން ސީދާ ކުދިބޯޓްތައް ބޭއްވުމުގެބަދަލުގައި މާލެއާއި އައްޑުއާއި ދޭތެރޭ A-321 ބޮޑު ބޯޓް ޑެއިލީ ޝެޑިއުލްކޮށް، ގޭން އެއަރޕޯޓުން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ދަތުރުކުރެވޭގޮތް ހައްދަވާ. މިބަދަލު ގެނައިކަމަށްވިޔަސް ދެކޮޅަށް ފުލްލޯޑް ލިބޭތަންތަނަށް (މިސާލަކަށް ފުވައްމުލައް ފަދަ) މާލެއިން ޑިރެކްޓް ދަތުރު ބޭއްވިދާނެ.
އޮނަރަބްލް އަފީފު ދީދީ
05 June 2025
ކޮންމެ ދުވަހަކުވެސް މާލެ-ގޭން ދަތުރުތަކަށް A-321 ޝެޑިއުލް ކުރުމުން ފުވައްމުލައް ފިޔަވާ ގޭން އެއަރޕޯޓާއި ތިމަރަފުށި އެއަރޕޯޓާއި ދެމެދުހުރި ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ދަތުރުކުރުމަށް ATR-72 ގެ 2 ބޯޓް އައްޑޫގައި ބޭއްވިދާނެ. މީގެސަބަބުން ދިވެހިންގެ އިތުރަށް މިސަރަޙައްދަށް ދަތުރުކުރަންބޭނުންވާ ފަތުރުވެރިންނަށް ޔަޤީންކަމާއިއެކު ކޮންމެދުވަހަކުވެސް ދަތުރުކުރެވޭނެ ކަމުގެ ޔަޤީންކަންލިބި މުޅިދެކުނަށް ޑޮމެސްޓިކް ކަނެކްޓިވިޓީ ހަމަޖެހިގެން ދާނެ އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
05 June 2025
މަތީގައިދެންނެވިގޮތަށް އެތެރޭގެ ޑޮމެސްޓިކް ދަތުރުތަކަށް ބަދަލު ގެނައުމުން މާލޭ އެއާޕޯޓް ޓްރެފިކް މައްސަލަ ތަކަށްވެސް ލުއި ލިބިގެންދާނެ. އަދި ޤައުމީ އެއަރލައިނަށް ފަސޭހަކަމާއިއެކު ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓް ތަކެއް ގުޅާލުމަށް ފުރުސަތުލިބި ކުދިކުދި ބޯޓްތައް އިތުރު ނުކޮށް މިހާރު ހުރި ބޯޓްތަކުން އޮޕަރޭޓް ކޮށް ސީޕްލޭން އިތުރުކުރުމަށް އިންވެސްޓް ކުރަން މަގުފަހިވާނެ. އަދި އެތެރޭގެ ޓިކެޓް ބޮޑުތަނުން އަގުހެޔޮކޮށް ކުންފުންޏަށް ފައިދާވެސް ލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
05 June 2025
މިކަން ތަޖުރިބާކުރުމަށްޓަކާ އަންނައަހަރުގެ ސުކޫލް ޗުއްޓީއާއިދިމާކޮށް މިގޮތަށް ދަތުރުތަކެއްބާއްވާނެކަން 3 މަސްކުރިން އިއުލާންކޮށް ޕްރޮމޯޝަން ޖައްސާ ޓިކެޓްވިއްކާ ކާމިޔާބުކަމެއްތޯ ބެލުން ރަނގަޅު. މިކަން ކާމިޔާބުވެއްޖެނަމަ ތިމަރަފުށި، ކައްދޫ، ކާޑެއްދޫ، ކޫއްޑޫ، މާވާރުލު، ފަރެސްމާތޮޑާ އަދި ފުވައްމުލަކު އެއަރޕޯޓުން ކަނެކްޓިވިޓީ ދީގެން މިސަރަޙައްދުގެ ރައްޔިތުނަށް GAN International Airport މެދުވެރިވެގެން މޯލްޑިވިއަންގައި ދަތުރުކުރެވޭނެގޮތް ހަމަޖެއްސިދާނެ.