ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް: އެ ކައުންސިލުން ވަނީ ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި
04 ޖޫން 2025 - 18:18
ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ އެ ކައުންސިލުން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިއީ މިފަދަ ދައުވާއެއް ކައުންސިލަކުން އުފުލަން ނިންމި ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކައުންސިލުން ފޯރުކޮށްްދޭން ވާނެ ކަމަށް ބަޔާންކޮށް، އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ނަމަ އެ ތިންވަނަ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަން ޖެހެ އެވެ.
ނަމަވެސް، ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާ އެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން އެދިގެން ވެސް އެ ކުންފުނީގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައެއް ނުވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ. އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކުޅުދުއްފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލަކީ ވަކި ގާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާ ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ޖޫން 3، 2024 ގައި ސިޓީއެއް ފޮނުވި ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފެނަކައާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި
އެ ސިޓީގެ ޖަވާބުގައި ފެނަކައިން ބުނެފައިވަނީ ތިންވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ނަމަ ކައުންސިލާ އެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށެވެ.
ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާ އެކު އެއްބަސްވުން ހެދިފައި ނުވުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް އިތުރު ސިޓީއެއް ފޮނުވި އެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް އެ ސިޓީގެ ޖަވާބެއް ފެނަކައިން ދީފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރު ކުރުމަށްޓަކައި، ފެނަކައާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
05 June 2025
ކުޅުދުއްފުށީ ކައުންސިލުން ތިކުރާ ދައުވާއަށް ސާބަސް. ފެނަކައަކީ ކުޅުދުއްފުށިން ފައިދާ ލިބުނުތަނެއް. ސިޔާސީ މަޅީގެ ސަބަބުން ތަނަށް ބޮޑު ގެއްލުންވާވަރަށް މީހުން އަޅައިގެން ރައްޔިތުންނަށް އަގު ހެޔޮކޮށް ޚިދުމަތް ނުދެވޭ ތަނެއް. އެހެން ރަށްރަށުންވެސް ހިތްވަރުލިބެންވާނެ. ސަރުކާރުވެސް ޒިންމާކުރުވަން މިކަން ހަމަ ރަނގަޅު
ޓައި އެޅިދާނެ. ފޮޓޯ ނެގިދާނެ. އެނިމުނީ
05 June 2025
ވަރަށް ހެއްވާ ކައުންސިލްތައް މިހުންނަނީ. ރައްޔިތުންގޮވައިގެންވސް މިމީހުން ކޯޓައްދޭ. ދޭންޖެހޭ އެއްވެސް ހިދްމަތެއްދެވެނީކީނޫން. އެއްކަމެއްވެސް ކުރަން އެގޭބަޔަކު ނެތް.
ފުރޭތަ1
05 June 2025
މިޔަކީ މައްސަލައެއް ނޫން ތަހުޒީބު ބަޔަކު އުޅެންވާނެ ގޮތް. އެއްބަސް ނުވެވުނީމަ ކޯޓަށް ގޮސް ހައްލު ހޯދާނީ އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ނުކޮށް. އަވަހަށް މައްސަލަ ނިމޭނެ ކަމަށް އުއްމީދު ކުރަން
ދޮންފަނު
05 June 2025
ދޮންފަނުގައި ފެނަކަ [އޭރުގެ ޔުޓިލިޓީ] ކުންފުންޏަށް ދޮންފަނު އިންޖީނުގެ ނެގީ ރައްޔިތުންނަށް ދޭންޖެހޭ ބަދަލު،ނުދީ. މިކަން ކުރީ އޭރުގައި ކައުންސިލްގައި ތިބިބަޔަކު މިކަންކުރަން ރުހިގެން. ދިނަސް ދޭންޖެހޭނީ ރައްޔިތުންނަށް އެމީހުންގެ ހައްގު އަދާކޮށްފަ. އެހެންވީމާ ފެނަކަ އަކީ ދަރަނީގެ މައްޗަށް ދަރަނި އޮތް ބައެއް
ސަރުކާނު
05 June 2025
ކުލުދުއްފުށި ކައުންސިލްއަކީ މާ މޮޅުނބައެއް. ޑްރާމާއެއް ޖައްސަނީ ހަމަ.
ހަބީބު.
05 June 2025
ކޮއްކޯ މީކީ ޑުރާމާއެއް އަދި ޅެމެއްވެސްނޫން ސަރުކާރުން އެބަޖެހޭ ހުރިހާ ތާކައް ހަތަރެސްފައި ބޭނުން ހުއްޓާލާފަ އެކަންކުރުމުގެ ގާބިލުކަންހުރި ފަރާތްތަކާ ކަންކަން ހަވާލުކުރަން މުޅިއޮޑީގަ ހަސަނުގެ ދެފައި އޮތީމަ ކަމަކުނުދޭ ވެރިމީހާގެ ޒިންމާޔަކީ މިނިވަން މުއައްސަސާތަކާ ނުބެހި ދޮގުނުހަދަ ވެރިކަންކުރުން ސާފުވެއްޖެތޯ
ބައްޓޭ
05 June 2025
ސަރުކާރަކުން ޤާނޫނާ ހިލާފުވީމާ ރައްޔިތުން އިންތިހާބުކޮށްފަތިބި ކައުންސިލަރުންގެ ބޭނުން ޖެހޭ ދަނޑިވަޅުތައް މިހުންނަނީ. ސާބަސް
ޢަލިއ
04 June 2025
މައްސަލަ ނިމެންދެން ކަރަންޓް ކަނޑާލަން ޖެހޭނެ، އެއީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް
ކަރަންޓުބެ
04 June 2025
ތި ރަށުގަ ކަރަންޓު ދޭން ފެށީ މިދިޔަ އަހަރުތޯ؟ ކައުންސިލް ވުޖޫދުވީ މިދިޔަ އަހަރުތޯ؟ ވެރިކަން ބަދަލުވީމަތޯ ކައުުންސިލަށް އެއްޗެހި ފެންނަނީ؟ އެހެންވިއްޔާ ތިއީ ކުރާނެ ކަމެއް ނޭނގިގެން ކުރާ ކަމެއް. ތި އެގްރިމެންޓް ނަހަދާ މާދަން ފެނަކަ މުދާ ހިފައިގެން ފައިބައިފިއްޔާ ވެސް ކަލޭމެން ގޯސް ކުރާނީ އެ މީހުން.
ނުރަބޯ
05 June 2025
ވަރަށް ބަރާބަރު ވާހަކައެއް. މިހުންނަނީ ސަރުކާރާ ޒާތީ ވެގެން ސިޔާސީ ބޭނުމުގައި ކުރާ ކަންކަން.
ގަރީނު
05 June 2025
ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްތަކުގެ ޒިންމާތައް ގާނޫނުގައި ތަފާތުތަކެއް ހުރޭ. ސިޓީ ކައުންސިލް ވުޖޫދުވި ފަހުން ފެނަކައަށް ލިޔުމުން އެތައް ފަހަރަކު ދަންނަވައިގެން އެމީހުން އެއްބަސް ނުވީކަމަށް ކައުންސިލުން މި ބުނަނަނީ. އެހެންވީމާ ކަރަންޓު ދިނީ އިއްޔެހޭ މިސަރުކާރުހޭ ކިޔައިގެން ކުންފުންޏަކާ ސަރުކާރަކާ މައްސުނިކޮށްގެން މޮޔަ ވާހަކަ ތި ދައްކަނީ.
ޑރ ވާންޗޯ
04 June 2025
ކަރަންޓު ފޯރުކޮށްދެވޭކަން ޔަގީންކުރަން ދިއްލިފަހުރި ބޮކިތަށްވެސް ނުފުދެނީތަ؟. އެގްރިމެންޓްއެއް ހެދީވިއްޔާ ވަކިކޮންގޮތަކަށްބާ ޔަގީންކުރާނީ؟.
ބުރުމާ
04 June 2025
މަ ނެތިން ތިކަމުގެ ތެރެއަށް ތަދައްހުލު ވާކަށް. ތިކަމުން އަހަރެން މިހިރީ ބަރީއަވެގެން.