ސަރުކާރުން ނިންމާފައި ވަނީ 21 ރޫމް ހިމެނޭ އިތުރު އިމާރާތެއް އިސްކަންދަރު ސްކޫލަށް ހަދައިދޭން.
އިސްކަންދަރު ސްކޫލްގައި ވީރާނާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ދެ ބުރީގެ އިމާރާތް.
05 ޖޫން 2025 - 07:12
އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހަދާފައިވާ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން ބޭނުން ނުކުރާތާ 8 އަހަރު ފަހުން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އިސްކަންދަރު ސްކޫލްގައި ވީރާނާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ދެ ބުރީގެ އިމާރާތުގެ ފުރަތަމަ ފްލޯގެ ޝީޓް ކަނޑައިގެން ގޮސް ވެއްޓެން ކައިރި ވެފައި: މިދިޔަ ނުވަ އަހަރު ވީއިރު ވެސް މި ތަނާ އަޅާލި ބައެއް ނެތް.
މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރިން ހުރި ދެ ބުރީގެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު، މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގި ކަމަށް ވެ އެވެ. އެހެންވެ، އެ އިމާރާތުގެ ފުރަތަމަ ފްލޯ ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގަ އެވެ. އެ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން އެ ކްލާސް ރޫމުތައް ބޭނުން ކުރުން ހުއްޓާލިތާ ހައެއްކަ އަހަރުވެއްޖެ އެވެ. އެކަމަކު، އެ ފްލޯގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ހެލްތު ރޫމް ހިންގަ އެވެ.
ސްކޫލްގެ ހާލަތު އެނގޭ މީހަކު 2022 ގައި "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ވާރޭ ވެހިއްޖެ ނަމަ ޑެޕިއުޓީ ޕްރިންސިޕަލުންގެ ކޮޓަރީގައި ވެސް އޮންނަނީ ވަރަށް ބޮޑަށް ފެން ބޮޑުވެ ހާލަތު ގޯސްވެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ ދެ ބުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އެ ސްކޫލްގެ ގޯތިތެރޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެއީ 21 ކްލާސް ރޫމް ހިމެނޭ އާ އިމާރާތެކެވެ.
އިސްކަންދަރު ސްކޫލްގައި ވީރާނާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ދެ ބުރީގެ އިމާރާތް ތަޅާލަން ރޭ ތައްޔާރު ކޮށްފައި.
ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ހަލާުކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސް ގިނަ ދުވަސް ވެފައިވާތީ އެ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ އިމާރާތް ބޭނުން ނުކުރެވޭތީ ކުދިންނަށް ކިޔަވައި ދެމުން އަންނަނީ ބީ ބްލޮކް އާއި ސީ ބްލޮކްގަ އެވެ. އެކަމަކު، ކުދިންނަށް މިހާރު ކިޔަވައިދޭ އިމާރާތުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ޝަކުވާ ވެސް ކުރިން ކޮށްފައި ވެ އެވެ.
އިސްކަންދަރު ސްކޫލްގައި ވީރާނާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ދެ ބުރީގެ އިމާރާތުގެ ފުރަތަމަ ފްލޯގެ ޝީޓް ކަނޑައިގެން ގޮސް ވެއްޓެން ކައިރި ވެފައި: މިދިޔަ ނުވަ އަހަރު ވީއިރު ވެސް މި ތަނާ އަޅާލި ބައެއް ނެތް.
މި މައްސަލަތަކާ ހެދި ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ވެސް ބެލެނިވެރިން ކޮށްފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 21 ކްލާސްރޫމްގެ އާ އިމާރާތާ އެކު އެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުރުމި
05 June 2025
މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގި ކަމަށް ވެ އެވެ އެކަމަކު މިދިޔަ 8 އަހަރުގައި ވެސް ވެރިޔަކާއި އެޑއުކޭޝަން މިނިސްޓަރުންނާއި އެތަށް ސްޓޭޓް މިނިސްޓަރުން ތިބެން ކޮންކަމެއްތޯ ކުރީ
ނޭވާނުލެވޭ
05 June 2025
ޢިސްކަންދަރުސްކޫލް ބަދަލުކޮށްލާ ކޮންމެވެސް މާސިންގާރަށަކަށް. އައްޑޫ،ތިނަދޫ.ފޯއްމުލަކުނޫނީ ލ.އަތޮޅުވެސް ރަގަޅުވާނެ. މާލޭގައި ދެންއިތުރު ސްކޫލެއް ހަދާނެކަމެއްނެތް.ޤާސިމްކޮލެޖާއި އެސްޓީއޯގުދަންތަކާއި، ފެންކުންފުނީގެ އިމާރާތްތަކާއި، ސްޓެލްކޯއާއި، އެމްޓީސީސީއާއި، އާރުޑީސީއާއި، ބޯޅަކުޅޭ ދަނޑުތަކާއި އަދިބައެއް އޮފީސްތައްވެސް މާލެއިން ހިޖުރަކުރިއްޔާ މާލޭގެ ތޮއްޖެހުން މަދުވާނެ.މިހުރިހާ ތަނެއް މާލޭގައި ހަދާފުރާލީމާ މިއުޅެނީ ރައްވެހިންނަށް ގެދޮރުނުލިބިގެން.
ހުސެންބެ655
05 June 2025
ތިއިމާރަަތް ތަޅާލާއިރު...ހަނި މަގައް ޖާގަ އިތުރު ކޮއްލެވޭނެތޯ؟؟
އަހުމަދު.
05 June 2025
މިހާރުވެސް ޗާނދަނީ މަގުގައި ދުއްވާފައި އަދި ހިގާފައިވެސް އުލެވޭ ވަރެއްނޫން. ތިޔަބިން އަމީނީއްޔާ ސުކޫލަށް ދީފައި އިސްކަންދަރު ސުކޫލް ހުޅުމާލެއަށް ބަދަލުކޮށްލަންވީނު.
ަކިނިހެން
05 June 2025
އަމީނިއްޔާ ހުޅުމާލެއަށް ބަދަލުކޮށްފަ އެސަރަހައްދު އެއްކޮށް އިސްކަންދަރަށް ދިނުން ކިހިނެއް. ދެން މާލެއިން ހުޅުމާލެއަށް ދާންޖެހޭކުދިން އަހުމަދު އުރައިގެން ކޮންމެ ދުވަހަކު ގެންގޮސްދޭނީ
ޕޮލި
05 June 2025
އަދިވެސް އިތުރު އިމާރާތެއް އަޅަނީތަ؟ތިޔަ ސްކޫލު ހުޅުމާލޭ އަށް ބަދަލުކޮށްލަބަލަ!ތިޖާގަ ހުސަކޮށްބާއްވަނާވި
ވަރަށް އަވަހައް
05 June 2025
ހުޅުމާލެ ސުލަމް ސިޓީ އަކައް ވާނެ ތަނެއް
ގަމާރު ނަމްބަރު
05 June 2025
މިހާރުވެސް މާލޭގަ ސުކޫލް މަދު، ރަށު ސްކޫލަށް ދާންވީނު
ކިމް
05 June 2025
މެނޭޖްކުރުމުގެ ދަތި ވާހަކަ ދައްކަނީ ބެލެނިވެރިންތަ؟ ސްކޫލުންނެއް ނޫން؟
ރަދީފްއޮފިޝަލް /
05 June 2025
މިކަންވެސް މިކުރަނީ މަމެންގެ ސަރުކާރުން.ސާބަހޭ ރައީސް.
ނަމަނަމަ
05 June 2025
މީ ރާއްޖޭގެ ރޯޔަލް ޕްރައިމަރީ ސްކޫލްގެ ހާލަތު! ދެން ކޮބާ އެހެނިހެން ސްކޫލްތަކުގެ ހާލަތު! އެކަމަކު ސިޔާސީ ވެރިންގެ ގެކޮޅުތަށް ކޮންމެ ފަސް އަހަރަކުން މިލިއަންނުން ޚަރަދު ކޮއްލައިގެން 'އާބާތުރަ' ފިލުވާނެ!
ކޮބާތަ
05 June 2025
ކޮބާތަ އަރަބިއްޔާ؟
ހުރީ
05 June 2025
އަފްގާނިސްތާނުގަ