މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަރަފާތު ބިމުގައި އެމީހުންނަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި.
05 ޖޫން 2025 - 10:35
ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން ރޭ ފަތިހުން ފެށިގެން ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ޓެންޓުތައް ކައިރީ ހުންނަވައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އިއްޔެ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ މިއަދުގެ އިރު އެރުމުގެ ކުރިން ހުރިހާ ހައްޖުވެރިން އަރަފާތު ޓެންޓުތަކަށް ވެއްދުމަށް ކަމަށެވެ.
އެ މަސައްކަތުގެ ދަށުން އޭނާ ވިދާޅުވީ ރޭ 3:30 ހާއިރު ހުރިހާ ހައްޖުވެރިން އަރަފާތަށް ގެނެސްފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަރަފާތު ބިމުގައި.
ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ބަޔަކީ އަރަފާތް ބިމުގައި ހުރިހާ ހައްޖުވެރިން މަޑުކޮށް ﷲ އަށް ދުއާ ދަންނަވައި އަޅުކަންތަކުގައި ޝާމިލް ވުމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އަރަފާތް ބިމުގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކޮށްފައިވާ ޓެންޓުތަކުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ސިއްހީ ގޮތުން ވެސް ދިވެހި ހައްޖުވެރިންގެ ހާލު އާންމުކޮށް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާ އަށް ޒިޔާރަތްކުރި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތު ބިމުގައި#MHCLHajj1446H pic.twitter.com/0hcX3p1hpY
— Maldives Hajj Corporation Limited (@Hajjcorporation) June 5, 2025
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ 1،000 ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މިނާގައި ވެސް ތިބެން މި ފަހަރު ތިބީ "މަތީ ކެޓަގަރީގެ" ޓެންޓުތަކެއްގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދިވެހި ހައްޖުވެރިން އަރަފާތުގެ ޓެންޓެއްގައި މަޑުކޮށްލައިގެން.
މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހައްޖާޖީން މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަ ކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ.
މި ހަފްތާގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރަފާތު ދުވަހު، މައްކާގެ ބޭރުގައި އޮންނަ 70 މީޓަރު (230 ފޫޓު) އުސް އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އެތައް ގަޑިއިރެއް ވަންދެން އެކި އަޅުކަމުގައި ދެމިތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޭހު ޝާހީ
07 June 2025
ހިތައް އަރައެވެ. އެކި މީހުންނަށް އެކި ފަންތީގެ ޓެންޓްތަކާއި އެކި ލެވެލްގެ ހިދުމަތް ހައްޖުގައި އޮތުމަކީ މިމާތް އަޅުކަމުގެ މަގްސަދާއި ޚިލާފު ކަމަކަށް ނުވަނީތޯއެވެ. ހަރަމްފުޅުގެ ބެލެނިވެރިކަމަށް އިސްލާމްދީނާއި ދުރު ސައުދު އާއިލާއަށް ދީގެން މުސްލިމުން ހަމަ ތިބެންވީތޯއެވެ.
އެކަލޯ
05 June 2025
އަރަފާތު ބިމުގައިވެސް ތިބެނީ ބޮޑުސޯފާގަތޯ
އަބްޑޫޅް +
05 June 2025
"އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް". ކަލޭމެން ތިޔައީ ރޭޝިޝްޓުން ދޯ؟
އަބްޑޫޅް +
05 June 2025
"އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ". އެހެން އުންމަތެއްގެ ބައެއްތަ އެއީ؟ ކޮބާ، ތިޔަ ނަންކުރާ އުޚުއްވަތްތެރިކަން؟
މައިނަސް
05 June 2025
އަޙުވަތްތެރި ކަމަކު ނޯވޭ އެކުގަ ނިދަކަށް ގުޅުން އޮންނަންޖެހޭ ގޮތަށް އޮންނާނެ
އަބްޑޫޅް +
05 June 2025
އިހުގަ ނައުޒޯނގު ފަހަރުގަ ހައްޖަށް ދިޔައިރު، ކައުޅު ގުއިވެސް ހައްޖަށް ދިޔަ. މާލޭގެ ބަނދަރުގަ ނައު އޮއްވާ ކައުޅު އުދުހިފައި ގޮސް ފާސިންޖޯރުންގެ ފޮށި ތަންމައްޗަށްވެސް ގުއުރޭ. އެ ގުއި އެހެން ހުރެގެން ހިކެނީ. ދެން ޙުދެއިދާގެ ބަނދަރުން ޖަމަލަށް ސަވާރުވެގެން، ގާފިލާ ގައި މައްކާއަށް ދާއިރު، އެއްކަލަ ހިކި ކައުޅު ގުއިތަފާލުތަކަށްވެސް އޮންނަނީ ހައްޖަށް ދެވިފަ. އެ އަށް އަހުރެމެން ދިވެހި ބަހުން، އޯލަކޮށްލައި. މި ކިޔަނީ "ކައުޅު ގުއި ހައްޖަށް ދިޔުން".
ޖާހިލު
05 June 2025
ވަރަށް ހިތަށް ތަދުވޭ ދޯ ބުނެވޭ ސައިތޯނާ ވެސް މާޔޫސް ވާވާހަކަ އަރަފާތު ބިމުގަ މުސްލިމުން ތިބޭއިރު
އަބްޑޫޅް +
05 June 2025
އޭ ޖާހިލު، "ކައުޅު ގުއި ހައްޖަށް ދިޔުން" އެއީ ދިވެހީންގެ ހަރު ބަހެއް. އަހުރެން އެ ހަރުބަސް ދަސްކުރީ އަހުރެންގެ މާމަ އާއި ދެބޭންގެދެދަރި ހުސެން ސޮލާޙުއްދީނު ގެ ލިޔުއްވުމުންނާއި، އަހުރެންގެ މައިފުށުގެ ކާފާ، ބޮޑުފެންވަޅުގޭ ސީދީ އަރިއަހުން. އޭގެ އިތުރުން އަހުރެންގެ މަންމަ އާއި ދެބޭންގެދެދަރި، މުހަންމަދު ޖަމީލް ދީދީ ގެ އަރިއަހުން ވެސް ދިވެހިބަސް އުނގެނުނިން. މިއީ މުޅިން އުއްތަމަ ފަނޑިޔާރުން. ކަލޭ ދިވެހިބަސް ދަސްކުރީ ކޮން ބީރަށްޓެއްސެއްގެ ކައިރިންތަ؟
ޖާހިލު
05 June 2025
އަހަރުމެންނަން މީހަކު މީހަކަށް ވަނީ ތަގުވާވެރިކަން ހުރި މިންވަރަކަށް. ސީދި އަކަށްވެފަ މައިފުށު ކޮންމެ އެއްޗެއް އޮތަސް ހެޔޮ އަހަރުމެންނަށް
އެކަލޯ
05 June 2025
ހީވާކަހަލަ ދިވެހިން ހައްޖައްގޮސްގެން އުޅެނީ މުޅިން އަލަށްހެން. ބަލަގަ ދިވެހި ރާއްޖެ އިސްލާމްވި ހިސާބުންފެށިގެން ﷲގެ ވާގިފުޅާއެކު ހައްޖައް ނުދާ އަހަރެއް ނާދެއޭ
މުލޭ
05 June 2025
ވިލާތުން މި ގައުމަށް "ޑިމޮކްރަސީ" އައި ފަހުން ތިޔަހެން ހީނުވާ އަހަރެއް ނާދޭ.
އަބްޑޫޅް +
05 June 2025
މައްސަލަޔަކީ، މި އަހަރު ތިންވަނަ ހަރަންފުޅަށް ޒިޔާރަތްކުރަން ބޭނުން ދިވެހީންނަށް އެކަން ކުރެވޭނެ ކަމާމެދު ޝަކު އުފެދިފައި ވުމެވެ. އެހެން އަހަރަށް މި ދަތުރު ކުރަނީ ބަހުގަ އުރުދަނަށްގޮސް، އެލެންބީ ބުރިޖު ހުރަސްކޮށް މަދީނަތުއިސްރާއީލުގެ ތައްގަނޑު ދިވެހި ޕާސްޕޯޓުގަ ޖައްސައިގެން ބަހަކަށް އަރައިގެން އިސްރާއީލުގެ ވެރިރަށަށް އަލްޤުދުސް އަށް ގޮސް، އެ ރަށުގަ ހުންނަ ޤުއްބަތުއްސުޚަރާ އަށް ވަނުން. ސުވާލަކީ އިސްރާއީލުން ދިވެހިޕާސްޕޯޓު އޮތީ މަނާކޮށްފަހޭ؟ ޙޫމް.
ޖާހިލު
05 June 2025
ބުރޯ ތިގެންގުޅޭ މޮޅު ޕާސްޕޯޜޓު ހިފައިން ތިއުޅޭ ގައުމުގަ އަހަރުމެންނާ ނުބެހި ހުރެބަލަ
އަބްޑޫޅް +
05 June 2025
ޙޫމް ޖާހިލު. އަހުރެން ތިޔަ ރަށަށް އެނެމެ ފަހުން ދިޔައީ މީލާދީން،، ހާހާއި ނުވަސައްތަ އެކާނަވައި ވަނަ އަވަރުދު. އަހުރެން ވަރަށް ގިނަ މީހުންނާ ބެހެން. އެހެން މީހުން ކަލޭ ރުޅިއަންނަހާ ރުޅިގަދައެއް ނުވޭ. ގަބުޅިއެއްގެ ފެން ބޮއިގެން ގަބުޅިކޮޅެއް ކާލީމަ ތިޔަ ރުޅި ގަނޑު މަޑުވެދާނެ. ގަބުޅިއެކޭ ހީނުކޮށް ކާލާ!
ޑރ މުހައްމަދު ސައީދު.
05 June 2025
އަރަފާތް ބިމަށް ނުގޮސް އެހެން ޤައުމު ތަކުގެ މީހުން ހައްޖު ކުރަނީތަ ؟ ދިވެހިން މީގެ ކުރިން ހައްޖައްދާއިރު އަރަފާތް ފެންނަ ހިސާބަށްވެސް ނުގޮސް ހައްޖު ކޮށްފައިވަނީތަ އަނެއްކާ ؟
އަބްޑޫޅް +
05 June 2025
ޙޫމް.