މައްކާގެ ހަރަމްފުޅު: ހަނދު ސާބިތުވުމާ އެކު މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ސައޫދީން ކަނޑައަޅާފައި.
27 މެއި 2025 - 21:13
މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދެންމެ އިއުލާނުކޮށްފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށެވެ.
BREAKING NEWS: The crescent moon has been sighted in Saudi Arabia — Dhul Hijjah 1446 begins tonight.
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) May 27, 2025
*Day of ‘Arafah: 5 June 2025*
*Eid Al-Adha: 6 June 2025*
May Allāh accept the Hajj of the Hujjaj and our worship and allow us to make the most of these blessed days. Aameen. pic.twitter.com/Pnw9ZBGKR7
ހިޖުރީ ކަލަންޑަރުގައި ވެސް ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އޮތީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ ވެސް މި މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ހަ ވަނަ ދުވަހަކީ ބޮޑު އީދު ކަމަށް ކަލަންޑަރުގައިވެ އެވެ.
ސައުދީ ސަރުކާރުން އެގޮތަށް އިއުލާންކުރުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރާއްޖޭން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ ފުރަތަމަ ގްރޫޕު އިއްޔެ ވަނީ ސައުދީއަށް ގޮސްފަ އެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބެނީ 1،000 ހައްޖު ކޯޓާ އެވެ. އެކަމަކު މިފަހަރު ލިބުނު ސީދާ އަދަދު އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދާބޭ
28 May 2025
ކޮބާތަ މާދަމާ އަކީ. މާދަމާ އެއް ދުވަހަކު ވެސް ނާންނާނެ. ތަންކޮޅެއް ސާފުކޮށް ބުދަ ތޯ ބުރާސްފަތިތީ ޖަހާބަލަ. ހެޔޮ ނުވާނެ. ކިޔާ މީހުން ގެ ބޯ ނުގޮއްވަބަލަ.
ރޯދަ
27 May 2025
މި 9 ދުވަހު ރޯދަ ހިފުމަށް ސަމާލުކަން ދޭތި އަދި އަރަފާތް ދުވަހުގެ ރޯދަ ދޫކޮށްނުލާތި