ޚަބަރު / ފުލުހުން

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ އިންޓަވިއުތައް ނިންމައި، ރައީސަށް ލަފާ އަރުވަން މިނިސްޓަރަށް

ސީޕީ ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން (ކ-ވ) އޭސީޕީ ޝަމީމް، ޑީސީޕީ ނަވީން އަދި ޑީސީޕީ ފަރުހާދު

05 ޖޫން 2025 - 20:48

21 comments

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށް ނިންމައި، އެ ބޯޑުގެ މެމްބަރުންގެ މާކްސްތަކާ އެކު، ގޮތެއް ކަނޑައެޅުމުގެ މަރުހަލާ ފެށުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް މިއަދު ފޮނުވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.

އެ ތިން ބޭފުޅުންނާ ރޭ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ ބޯޑަށް ފެނުނު ކަންތައްތަކާއި މާކްސްތައް ހޯމް މިނިސްޓަރު އިހުސާނަށް މިއަދު ފޮނުވީ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އެހެންވެ، އެ ތާރީހުގެ ކުރިން އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެކަމަކު، ޝުޖާއު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ނުވަތަ ރިޓަޔާ ކުރެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.

ޝުޖާއުގެ އިސްތިއުފާއާ އެކު، އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދުއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރި އެވެ.

21 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

06 June 2025

މުއައްސަސާގެ ވެރިއަކަށް ޕޮލިސް ކޮމިޝަނަރަކު ހުރުމުގެބަދަލުގައި ފުލުހުންގެ އިދާރީއޮނިގަނޑު އިސްލާޙްކޮށް ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނަވާނީ Director General of Police ގެ މަޤާމްގައިހުންނަވާ ފުލުހުންގެތެރެއިން އަންނަމީހެއްކަމަށް ކަޑައެޅުމަށްފަހު މިމަޤާމަށް އަންނާން ތައްޔާރުވެފައިވާ އެތައްބަޔަކު ތައްޔާރުކުރުމަށް ރާއްޖެ އިދާރީ 3 ސަރަޙައްދަކަށް ވަކިކޮށް ކޮންމެރީޖަނެއްގައި ޕޮލިސް ކޮމިޝަނަރެއްގެ އިތުރުން 2 ACP އިން ތިބޭގޮތަށް ޤާނޫނު އިސްލާޙްކުރޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 June 2025

ވަޒީރު އިޙްސާން އެކުލަވާލާނެކަމަށް ވިދާޅުވި ޕޮލިސް ސްޓްރެޓެޖިކް ޕްލޭނާއި، މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގައުމީ ސްޓްރެޓެޖީ އާއި އެހެން ކުށްތަކާދެކޮޅަށް މަސައްކަތްކުރާނެ ބަހާ ގާއިމްކުރުމާއި، ރައްޔިތުން ސްކޭމްގެ ޝިކާރައަކަށްވުން ހުއްޓުވަން ހަދާ އެންޓި ސްކޭމް ސެންޓަރު ހެދިކަމަށްވިޔަސް އިދާރީ އޮނިގަޑަށް މިދަންނަވާ ބަދަލު ނުގެނެސް ތިތަނުގެ ތެރޭގައިއޮތް ޤަދީމީ ބޯދާ އުސޫލު ބަދަލުކޮށް ޕްރޮފެޝަނަލިޒަމް ފެނިގެން ނުދާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 June 2025

އެ އާދަކާދަ ނެތްކަމަށް ބުނިކަމަށްވިޔަސް މުއައްސަސާގެ ވެރިންގެމައްޗަށްކުރެވޭ "މަޤާމްގެ ނާޖާއިޒު ބޭނުންކޮށްގެން ހިންގާކަންކަމަށް ހައްލުހޯދުމަށްޓަކާ" އިދާރީ 3 ރީޖަންގެ ޔުނިޓްތަކުގެ އިސްވެރިން އެއްރީޖަނުން އަނެއްރީޖަނަށް ބަދަލުކުރުމާއި، އުތުރުގައިހިންގާ ބައެއް ސިއްރު އޮޕަރޭޝަންތަކަށް ދެކުނުގެ ޑިވިޝަން އަދި ސެންޓްރަލްގައި ހިގާ ހަމަނުޖެހުން ހުއްޓުވުމަށް އުތުރުގެ ޕޮލިސް ފޯސް ބޭނުންކުރުން ފަދަ ކަންކަމަށްވެސް މިދެންނެވިފަދަ ޒަމާނީބަދަލެއް މިހާރު ބޭނުންވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 June 2025

ފުލުހުން ޒިންމާދާރުކޮށް މުއައްސަސާގެމައްޗަށް އިތުބާރު އުފެއްދުމަށް، މަތީގައިދެންނެވި ބަދަލުތައްގެނެސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމަށް ކަޑައަޅާ ކޮންމެރީޖަނެއްގައި ކޮމިޝަނަރ ގެ އިތުރުން 2 DCP އިން ވެސް ތިބޭގޮތަށް ކަޑައަޅާފައި ރީޖަންތަކުގެ ކޮމިޝަނަރުން ރިޕޯޓް ކުރަންޖެހޭފަރާތަކީ Director Generał of Police އަށް ކަމަށް ހަމަޖައްސާ ޤާނޫނުއިސްލާޙްކޮށް ޒަމާނީކުރޭ.

The name is already taken The name is available. Register?

އިންޑިޔާ އައުޓް.

07 June 2025

ދީދީ އިންޑިޔާގައި އޮންނަގޮތްތައް މިތަނުގައި ތައާރަފް ކުރަން ހާދަ ފޯރި އެބަހުއްޓޭ.

The name is already taken The name is available. Register?

މަޖިލިސް1

06 June 2025

އުފާވަނީ ނަވީންއާ ފަރުހާދު މި ދައުރާއެކު ތި ތަނުން ދާނެތީވެ. ޕޮލިސް ސަރިވސް އެ ދެމީހުންގެ ޚިދުމަތުގެ ވާހަކަ ދައްކާނީ އުފާވެރިކޮށެއް ނޫން. މިސަރުކާރުން ފުލުހުންގެ މުވައްސަސާ ރަގަޅުކުރަން ބޭނުންނަމަ އެ މީހުންނެއް ނުލާނެ.

The name is already taken The name is available. Register?

ގސއތު

06 June 2025

ނަވީން އިޒް މައި ޗޮއިސް

The name is already taken The name is available. Register?

ހޯގުޅަ

06 June 2025

ޢަތީގަށް ޕްރޮމޯޝަން ދޭން އެއްބަސްވާ މީހަކަށް ތި މަގާމު ލިބޭނީ. ނަވީނަކީ ތިމަގާމަށް ކޮލިފައި ނުވާ މީހެއްކަން ޕޮލިސް ބޯޑުން ކުރިން ވާނެ ނިންމާފަ..

The name is already taken The name is available. Register?

ކަނބިލި

06 June 2025

އެންމެ ރަނގަޅީ ޝަމީމް

The name is already taken The name is available. Register?

ގެޓް.

06 June 2025

ފަރުހާދު ސަޅިވާނެ

The name is already taken The name is available. Register?

ކަމަކު ނުދޭ

06 June 2025

ފަރުހާދަކީ އާރުލާ މީހެއް ނޫން. އެއްވެސް ފެންވަރެއް ނުހުއްނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454