ރައީސް ޑރ. މުއިއްޒު، ސައުދީގެ ހައްޖު މިނިސްޓަރާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 ޖޫން 2025 - 20:59
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނާގައި ހުންނަ ހައްޖު މިނިސްޓްރީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ ސަރުކާރުން ދެއްވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް އަދި ހުރިހާ ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އެ މަނިކުފާނު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ އެކު ހައްޖުވެރިން ދަތުރުކުރުމުގައި ލިބުނު ލުއިފަސޭހަކަމަށް އަދި ހައްޖާޖީންނަށް ދެއްވި ހާއްސަ މެހުމާންދާރީ އާއި އެ ގައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގެ އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތައުރީފު ކުރައްވައިފަ އެވެ.
ރައީސްގެ ދެކަނބަލުން ވަނީ ސައުދީ ރޯޔަލް ކޯޓުގެ ދަށުން މި އަހަރު ހައްޖަށް ވަޑައިގެންފަ އެވެ. ރައީސްއާ އެކު މަތީ ފަންތީގެ ވަފުދެއް ވެސް ދަތުރުގައި ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގެ ހުރިހާ ކަމެއް ހަމަޖައްސަވާފައިވަނީ އެ ގައުމުގެ ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޖާބެ
09 June 2025
ކުރީގެ ރައީސްމައުމޫން އަށް ވަނީ ގެފުޅުގެ ދޮރުކޮޅުހުޅުވުމަށްފަހު އެންމެފުރަތަމަ ވަނުމުގެ ޟަރަފު ސައުދީރަސްގެފާނު، އެއްއަހަރެއްގަ ހައްޖުގަ ދެއްވާފަ، އެފަދަ ސަރަފެއް އަދިވެސް މިސަރަހައްދުގެ އެއްވެސް ގައުމެއްގެވެރިޔަކަށް ނުލިބޭ، އެދުވަހު އުރުދުންގެ ރަސްގެފާނު އަބްދުﷲވެސް ހުންނެވި.
ހިލްމީ
09 June 2025
ރައީސް މައުމޫނަށް ސައުދީން އެރުވިވަރުގެ ޝަރަފާއި އިއްޒަތެއް ރާއްޖޭގެ އެހެން އެއްވެސް ރައީސަކަށް ނާރުވާ.
އަބްޑޫޅް +
09 June 2025
ބަލަ مبادرة طريق مكة (މައްކާ މަގު ގެ އިސްނެގުން) މި އިސްނެގުމުގަ މިހާރު އެބެ ހިމެނެޔޭ، ޕާކިސްތާނު، އިންޑޯނޭސިޔާ، މަލީޒިޔާ، މަގުރިބުކަރަ، ބަނގަލާދޭހު، ތުރުކީ އަދި އެތުދަޅުކޯއްޓޭ، މި ރަށްރަށް. މިއިން ހަމަ އެއްރަށަކީވެސް، ސައްތައިން ސައްތަ އިސްލާން ދައުލަތެއް ނޫން. އެހެންވީއިރު މިހާދުވަސް ވަންދެން މި އިސްނެގުމުގަ ރާއްޖެ ބައިވެރި ނުކޮށް މި އޮތީ ހަމަ ކަލޭމެންގެ ގޮތަކުޑަކަމާއި، ފަރުވާކުޑަ ކަމުންނޭ. ކިހާ ބޮޑު ގެއްލުމެއް ތިޔަދިނީ، ނިކަމެތި ދިވެހީންނަށް.
1181
09 June 2025
ހައްޖުކޯޓާ އިތުރުކޮށްދޭން ދަންނަވަައިދެއްވާ!
ޢައްބާސްބެ
10 June 2025
އަސްލުވެސް ދޯ؟2000 އަށް