ރައީސް މުއިއްޒަށް ސައުދި އަރަބިއްޔާއިން އަލްވަދާއު ކިޔަނީ
09 ޖޫން 2025 - 19:26
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތް ކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި، ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން، ދެ ގައުމަށް ވެސް ފައިދާ ކުރާނޭހެން ބަދަހި ކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާ މެދު ހިޔާލު ބަދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލުމަށް އަދި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތަށްޓަކައި ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤުގު ބިން ފައުޒާން އައްރަބީއާ ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
ރައީސް ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށްޓަކައި ސައުދީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ އެކު ހައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަ ކުރައްވައި، ދިވެހި ހައްޖާޖީންނަށް ދިން ހާއްސަ މެހުމާންދާރީއަށާއި އިންތިޒާމުތަކުގެ ފުރިހަމަ ކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުއްމީދު
11 June 2025
ދެން ކޮންމެ ދެދުވަހުން އެއްދުވަހު ބޮޑު މާސިންގާ ދޮގުތައް ނުހައްދަވާ އުޅުއްވާނެ ކަމަށް އުއްމީދުކުރަން
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
10 June 2025
ޔާމީން އަރިހުން މަޢާފަށް އެދިވަޑައިގެން-ފަ ބާ ޙައްޖަށް މުޢިޒު ވަޑައިގަތީ؟ ކެޔޮގަނޑު ކެނޑެން ދެން ޔާމީން ގެ ބޭނުން ކުރެއްވި!
ޔާނުު
10 June 2025
މާފުކޮށްފިން :ޕ
އެހެންނު
10 June 2025
އެނިމުނީނު އެކަން.....ސިންޕަލް ކަމެއްނު ތީ.
ޢެޑްމުންޑޯ
09 June 2025
ހައްޖު ކޯޓާ 1500 ނުވަތަ 2000 އަށް ބަދަލުކޮށްދެއްވުމަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯ ؟؟ އެއްވެސް ޚަބަރެއްގައި ހައްޖުކޯޓާގެ ވާހަކައެއް އަޑު ނުއިވޭތީ މިސުވާލު އުފެދުނީ
ދުހާނާ
09 June 2025
ކޯޓާ އިތުރުކުރިޔަސް ކިޔުގައި ތިބި މީހުންނަށް ވާނެ ފައިދާއެއް ނޯންނާނެ. އެމީހުންނަށް އެންމެ އަވަހަށްވެސް ޙައްޖަށް ދެވޭނީ މިހާރުވެސް ލިސްޓުގައި އޮތް އަހަރު. މިދިޔަ އަހަރުވެސް 150 ކޯޓާ އިތުރަށް ލިބުނުކަމަށް ކިޔާ. އެކަމަކު ކިޔުގައި ތިބި މީހުންނަށް ވީ ކަމެއް ހަރާން. ސިޔާސީ މީހުންނާއި ސަރުކާރުން ބޭނުންވާ ބަޔަކު އިތުރުވާ ކޯޓާއަށް ފޮނުވަނީ. އަހަރެންނާއި އަހަރެންގެ ދަރިން މިހާރު އޮތީ ފައިސާ ދެއްކިއިރު އޮތްވަރަށްވުރެވެސް ލިސްޓުގެ ފަހަތަށް ޖެހިފައި.