ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން: މިއަދު ޓިމޯ ލެސްޓޭއާ ދެކޮލަށް ކުޅުނު މެޗަށް ފަހު އޭނާ ވަނީ ގައުމީ ޓީމާ ދުރަށް ދިޔަކަން ހާމަކޮށްފަ
10 ޖޫން 2025 - 21:27
ދަށް ނަތީޖާތަކެއް ކުރިމަތިވުމުން. މަފާށް އެދެމުން ކޯޗު އަލީ ސުޒޭން ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި އެވެ.
އިންޑިއާގައި 2023 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު އޭރުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލުމަށް ފަހު ގައުމީ ކޯޗަކަށް އެފްއޭއެމުން ހަމަޖެއްސީ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒޭނެވެ.
އޭގެ ކުރިން ވެސް 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗުކަން ސުޒޭން އަދާކުރި އެވެ.
އެފްއޭއެމް އާއި ފުޓްބޯޅައިގެ އެހެން މައްސަލަތަކަށް ވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރިން ފާޑުކިޔަމުން ދިޔަ ސުޒޭން ގައުމީ ޓީމުގެ ކޯޗިން އޮފިޝަލެއްގެ ގޮތުގައި އެފްއޭއެމްއާ ގުޅުނީ ފެބްރުއަރީ 2020 ގަ އެވެ. ގައުމީ ޓީމުގެ މަގާމާ ހަވާލުވުމަށް ފަހު ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔުން ސުޒޭން ހުއްޓާލި އެވެ.
އޭރުގެ ހެޑް ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމާ ގުޅުނު، ސުޒޭން މިއަދުގެ ނިޔަލަށް ހުރީ ގައުމީ ޓީމުގެ އެކި މަގާމުތަކުގަ އެވެ.
ބައެއް ފަހަރު އިންޓަރިމް ކޯޗެއްގެ ގޮތުގަ އެވެ. ކޫޕްމަންގެ ކޮންޓްރެކްޓް އެފްއޭއެމުން އުވާލުމުން ވެސް އަދި މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން ވެސް ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އެފްއޭއެމުން ދިނީ ސުޒޭނަށެވެ.
ސައުދީ އަރަބިއާގައި 2027 ގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ކޯޗުކަން ހަވާލު ކުރީ ސުޒޭނާ އެވެ.
އެ ދެ މެޗަށް ވެސް އޭނާ އާ އެކު އެއްބަސްވީ ވަކިވަކިންނެވެ. ފުރަތަމަ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ވަކި އެއްބަސްވުމެވެ. އޭގެ ފަހުން ކޯޗަކު ހޯދަން އެފްއޭއެމުން އިއުލާން ކުރި އެވެ. އެ އިއުލާނަށް ސުޒޭންގެ އިތުރުން މުހައްމަދު ޝިޔާޒު (މޯހަން) އާއި މުހައްމަދު ނިޒާމް (ނިޒާންބެ) ވެސް ކުރިމަތިލިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އޭރު ސާފް ޗެމްޕިއަންޝިޕް ވެސް މި މަހު ބާއްވަން އިއުލާން ކޮށްފައި އޮތުމުން އެފްއޭމުން ކޯޗަކު ހޯދަން އިއުލާން ކުރީ އެ މުބާރާތަށް ވެސް ހާއްސަކޮށްގެންނެވެ.
އެކަމަކު ލަންކާގައި ބާއްވަން ހަމަޖެއްސި އެ މުބާރާތް ފަސް ކުރުމުން، އެފްއޭއެމުން ވެސް ވިސްނުން ބަދަލުކޮށް އިއުލާނާ އެއްގޮތަށް ކޯޗަކު ނުނަގަން ނިންމި އެވެ. އަދި އެފްއޭއުމުން ނިންމީ އޭރު ވެސް އޮތް ކޯޗިން ޓީމާ އެކު ޓީމޯ ލެސްޓޭ މެޗުގެ ނިޔަލަށް ކުރިއަށް ދިއުމަށެވެ. އެ ކޯޗިން ޓީމުގެ ހެޑް ކޯޗަކީ ސުޒޭނެވެ.
މިއަދުގެ މެޗާ އެކު ސުޒޭންގެ ދައުރު ވަނީ ހަމަވެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގައި ގައުމީ ޓީމު ލީޑް ކުރި ސުޒޭން ވަނީ ދެން ގައުމީ ޓީމުގައި މަސައްކަތް ނުކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އަޅުގަނޑު މި ޓީމާ އެކު ކުރި މަސައްކަތް މިހާހިސާބުން މި ނިމުނީ އެވެ،" ޓިމޯ ލެސްޓޭގެ މެޗަށް ފަހު ގިނަ އިރުތަކެއް ނުވެ ސޯޝަލް މީޑިއާގައި ސުޒޭން ކުރި ޕޯސްޓްގައި ބުންޏެވެ.
ފީފާގެ ސްޓޭންޑަޑަށް ފެތޭ އެންމެ ދަނޑެއް ވެސް ނެތް ޓިމޯ ލެސްޓޭއިން މިއަދު އޮސްޓްރޭލިއާގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.
ސުޒޭން ބުނީ މެޗުގެ ނަތީޖާ އަކީ "ވަރަށް ދަށް ނަތީޖާއެއް" ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހި ފުޓްބޯޅަ އާއިލާގެ ކިބައިން އޭނާ ވަނީ މާފަށް އެދިފަ އެވެ.
ގައުމީ ޓީމަށް ވެސް އެންމެ އުނދަގޫ ދުވަސްވަރު ޓީމު ލީޑް ކުރުމުގައި އޭނާ އަށް ބައިވެރިވެވުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށް ސުޒޭން ބުންޏެވެ.
އޭނާ ބުނީ ދެން ގައުމީ ޓީމާ ހަވާލުވާ ކޯޗަކަށް އޭނާގެ އެއްބާރުލުމާއި ހެޔޮ އެދުންތައް އޮންނާނެ ކަމަށެވެ.
"ދިވެހި ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ދުވަހެއް [ދަނޑިވަޅެއް] ކަމުގައި ވީނަމަވެސް ގައުމީ ޓީމާ އެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާ އުފަލެކެވެ،" ސުޒޭން ލިޔެފައި ވެއެވެ.
"... ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ."
ސުޒޭންގެ ކޯޗުކަމުގެ ދަށުން ރާއްޖޭން 14 މެވު ކުޅުނެވެ. އެއީ 2021 ގެ ސާފް ޗެމްޕިއަންޝިޕް ވެސް ހިމަނައިގެންނެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު އެ 14 މެޗުގެ ތެރެއިން ރާއްޖެ އަށް މޮޅު ވެވުނީ ތިން މެޗުންނެވެ. އެއީ އެފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަތުން މޮޅުވި ދެ މެޗުގެ އިތރުން މިދިޔަ އަހަރު ފަހުކޮޅު ބަންގްލަދޭޝްގައި އެ ގައުމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގަ އެވެ. ޖުމުލަ ހަތް މެޗުން ބަލިވި އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ދިވެހި ޓީމު ވީ ބައްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރި ފަރި މިތުރާ
11 June 2025
ސުޒޭން އެބުނާ ފުޓުބޯޅަ އާއިލާ އަކީ ކޮބާ؟
ސުޒޭން ސުޒޭން
11 June 2025
ސަލާމް ސުޒޭން ވަޒީފާގަ ހުރިމުއްދަތު ؟ ސުޒޭންގެ މަހުމުސާރަ؟ ސުޒޭންގެ ކޯޗުކަމުގަ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ އަދަދު؟ ސުޒޭނުގެ ކޯޗުކަމުގަ ޕްރެކުޓިސްކުރި ސެޝަންތަކުގެ އަދަދު ؟ މިސުވާލުތަކުގެ ޖަވާބު ނޫސްވެރިއާ ހޯދަދީބަލަ
ރަދީފްއޮފިޝަލް / ލެސްޓޭ
11 June 2025
21 ވަނަ ގަރުނުގަ މިނިވަންވެ ގައުމެއްގެ ދަރަޖަ ލިބުނު ފުރަތަމަ ގައުމަށް ޓީމޯ ލެސްޓޭ ވެގެން ދިޔައިރު ރާއްޖޭގަ ފުޓްބޯޅަ ކުޅާތާ 40 އަހަރުވެއްޖެ. ނަމަވެސް މޮޅެއް ނުލިބި މެޗު ނިމިގެން ދިޔައީމަ އެއީ އަފިރިން ދިވެހިން ދެރަވެ ލަދަ ގަންނެ ކަމަށް. ވ.ވެދުން
އައްލޮސް
11 June 2025
ފުޓްބޯޅަ ދަނޑެއްނެތް ގައުމެއްގެ އަތުން ބަލިވީ. މިތާ ދެގެ ދޭތެރޭގަ ޓާފާ އަނެކައްޗެއް އަޅައިގެން، ލިބޭ ހުރިހާ ލާރިއެއް ފުޓްބޯޅައަށް ޚަރަދުކުރަނީ.
ކަސްރަތު ނާހިދާ
11 June 2025
ތައުލީމެއްނެތް، ޑިސިޕްލިންއެއްނެތް ކަޑަ މީހެއް
ހ. ހުސައިން
11 June 2025
މާލޭގެ ކުލަބުތަކަށް ދިވެހި ފުޓުބޯޅަ ބަރޯސާވާހާ ހިނދަކު ފުޓުބޯޅައަށް ދިރުމެއް ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުދެކެން. ދެން އޮތް ފޯމިއުލާއަކީ އަތޮޅު ނުވަތަ ރަށު ވާދަ ފުޓުބޯޅައަށް ވެއްދުން. އެރުން ކުރާހިތްވާ ބަޔަކު އެކަމެއް ކުރަނޭތާ. ނަމަވެސް ސަރުކާރުން ނުވަތަ އެހެންވެސް ގޮތްތުން ކުލަބުތަކަށް ލިބޭ ފައިސާއަށް ޒިންމާ ކުރެވޭނެ ފުރިހަމަ އުސޫލެއް ސަރުކާރުން ގާއިމުކުރުން މުހިންމު.
އައްލާ ބެއްޔާ
11 June 2025
ދެން ތި ފުޓްބޯޅަ ދޫކޮށްފައި ބަށި ، ފޯލި ކުޅުން ، ފައިގަތަޅާ ކަހަލަ ދިވެހިން ކުރިން ވެސް ކުޅުނު ކުޅިވަރުތައް ކުރިއަރުވަން ވީ. އޭރުން ބޭކާރު ހަރަދު ކުރަން ނުޖެހި ސަގާފަތް ދިރުވާ އަދި ގައުމީ ލޯބި އާލާވެ ރައްޔިތު މީހާ އަށް ރަގަޅު ކަސްރަތަކަށް ވެސް ވާނެ. އެންމެ 22 ވަރަކަށް ކުޅުންތެރިންނަށް ފުޓްބޯޅަ އޭ ކިޔާ އެތަކެއް މިލިއަން ހަރަދުކޮށް ރައްޔިތަކަށް ގައުމަކަށް ވާ ފައިދާއެއް ނެތް. ވަކި ބަޔަކު އެއިން މުއްސަދި ވަނީ.
އަސަފަފ
11 June 2025
ދިވެހި ފުޓްބޯޅަދެކެ ލޯބިވާ ދަރިޔެއްގެ ހައިސިއްޔަތުން މިއަދު ދެރަވަން
ަައ.
12 June 2025
މަވެސް
ރަނގަޅު ކުރަން ބައިވަރުކަންކަން
11 June 2025
ގިނަފަހަރަށް މައްސަލައަކީ ކޯޗުންނެއް ނޫން. ކިތަންމެ ހުނަރެއް ކުޅުންތެރިންގެ ހުއްޓަސް ފިޒިކަލީ ވަރުގަދަ ނޫންތަން ފެންނަނީ. ވަރުބަލިކަމާ ޖެހިލާއިރަށް އެއްލިގެންދާތަންފެންނަނީ. ރަނގަޅު ނިއުޓްރިޝަން ލިބިގެން ރަނގަޅަށް ނިދައިގެން ދުންފަތާ ހަކުރު ބުއިންތަކާ ޖަންކްފުޑް އާ ދުރު ރަނގަޅު ލައިފް ސްޓައިލެއްގަ ކުދިން ބައިތިއްބައިގެން ތަމްރީނުދީ އެގޮތުގައި ދެމިތިބޭ ޓީމެއް މެދުކެނޑުމެއްނެތި ޕްރެކްޓިސް ކުރެވޭގޮތަށް މުސާރަ ދީގެން ގެންގުޅެބަލަ. ތަފާތު ފެންނާނެ
ކަދަމަ
11 June 2025
ހެޔޮނުވާނެ، ކޯޗިން ދާއިރާއިން ވެސް ދުރަށްދޭބަލަ