ފޯޅަވަހީގައި އަސްކަރީ ޖެޓްތަކެއް: މި ރަށުގައި ވަޒަންވެރި ނުވެވޭ ގޮތަށް އޮތުމުން، ޗާގޯސް މޮރިޝަސް އަށް ލިބުނަސް ހައްގުތައް ކަށަވަރުނުވާ ކަމަށް އދ.ގެ ޓީމަކުން ވަނީ ބުނެފައި.
11 ޖޫން 2025 - 05:58
އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރިޔަސް އެ ރަށްތަކުން ބޭރުކޮށްލި މީހުންގެ ހައްގުތައް އަދިވެސް ކަށަވަރު ނުވާ ކަމަށް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން އިއްޔެ ބުނެފި އެވެ.
މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައ ވިޔަސް އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) މިހާރުވެސް އިނގިރޭސި ވިލާތާއި އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ދީފަ އެވެ. އެ ރަށް 99 އަހަރަށް އެ ގޮތުގައި ބާއްވަން އެއްބަސްވެފައިވަނީ އަހަރަކު 137 މިލިއަން ޑޮލަރުގެ ކުއްޔަށެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އދ.ގެ އެންމެ މަތީ ކޯޓުން ނެރުނު ލަފަޔާ އެއްގޮތަށް، ޗާގޯސްގެ 50 އަށް ވުރެ ގިނަ ރަށުގައި، އެތަނުން 1960ގެ ތެރޭ އިނގިރޭސި އިސްތިއުމާރުގައި ނެރެލި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ފޯޅަަވަހި އަދިވެސް އޮންނާނީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ކަމަށް ވާތީ އެތަނުގައި ވަަޒަންވެރިއެއް ނުވެވޭނެ އެވެ.
"އިނގިރޭސި ވިލާތާއި އެމެރިކާގެ އަސްކަރީ ބާރުތައް ފޯޅަވަހީގައި ދަމަހައްޓައި، އެތަނުގައި ޗާގޯސްގެ އަސްލު ރަށްވެހިންނަށް އަލުން ވަޒަންވެރި ނުވެވޭ ގޮތަށް އޮތުމުން، މި އެއްބަސްވުމަކީ ޗާގޯސް ރައްޔިތުން އެނބުރި އައުމުގެ ހައްގު ގެއްލޭ އެއްބަސްވުމެއް ކަމަށް ބެލެވޭ،" އދ.ގެ އެކްސްޕާޓުންގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
މިއީ އެ މީހުންގެ ކާބަފައިންގެ ބިންތަކަށް އެނބުރި އައުމާއި ސަގާފީ ހައްގުތަކަށް ހުރަސް އެޅޭ އެއްބަސްވުމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޗާގޯސް ހަވާލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ވަނީ ވަޒަނުން ނެރެލާފައިވާ ޗާގޯސް މީހުންގެ 10،000 މީހުންނަށް 40 މިލިއަން ޕައުންޑުގެ ޓްރަސްޓް ފަންޑެއް އުފައްދަން ނިންމައިފަ އެވެ. އެކަމަކު އދ.ގެ މާހިރުން ބުނެފައިވަނީ މިއީ ޗާގޯސް މީހުންގެ ގެއްލިފައިވާ ހައްގުތައް ހޯދުމަށާއި އަލުން ވަޒަންވެރިކުރުވުމުގައި އެކަށީގެންވާ ގޮތުގައި ބޭނުންކުރެވިދާނެ ފަންޑެއްތޯ ސުވާލު އުފައްދައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
11 June 2025
ފޯޅަވަހި ހަވާލުކުރީ މޮރިޝަސް އާއެވެ. އެކަމު އެއީ ފޯޅަ ވަހީގެ ރައްޔިތުންގެ ތަނެކެވެ. އެތަން ލިބެންވާނީ މޮރިޝަސް އަކަށް ނޫނެވެ. ފޯޅަވަހީގެ ރައްޔިތުންނަށެވެ.
ކޮރަލް
11 June 2025
އަހަރަކު ލިބެން އޮތް 100 މިލިއަން ޑޮލަރު ރާއްޖެ އަށް ލިބުނީ އެވެ. ސޯލިހް ފޮނުވި އެންމެ ސިޓީ އަކުން ރާއްހެ އަށް ޗާގޯސް ގެއްލުނީ އެވެ. އިންޑިޔާ އާ ދެކޮޅަށް މުއިއްޒު އަށް ވެސް އެއްޗެކޭ ބުނެ ވޭ ވަރަށް ވުރެ ދަރަނި އޮތީ ބޮޑު ކޮށް ނަގާފަ އެވެ. މުނައްވަރުގެ ބަހެއް ވެސް ނެތެވެ. ސިޔާސީ މީހުން އެކައްޗެއް ކިޔައި ފިއެވެ. ޝާ ހިދު އަށް އދ ގެ ގޮނޑި ލިބިއްޖެ އެވެ. ދިވެހީންނަށް ފޯޅަވަހިން ބައެއް ގެއްލިއްޖެ އެވެ.
ސެނބެ
11 June 2025
އަދި ކޮބާ މިލިއަނުން ލިބުނު ރިޝްވަތު؟؟
ފޯޅަވަހި
11 June 2025
ފޯޅަވަހި އެއީ އެއްވެސްއިރަކު ދިވެހި މުސްލިމު ރައްޔިތަކު އުޅުނުތަނެއްނޫން. މިހާރުގެ ހާލަތާއެކު އެތަނުގަ އެތަނުގެ އަސްލު އަހުލުވެރިން ވަޒަންވެރިވުމުގެ މަގުފަހިކޮއްދިނުމައް މަޖުބޫރުވާނެ. މިކަހަލަ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއައް ދިވެހިރާއްޖެ ވެއްޓެން ދިވެއްސެއްގެ ހައިސިއްޔަތުން އަހަރެން ނޭދެން.
މޮރަލް11
11 June 2025
އަނެއްކޮޅުން ކޮރަލްގެ ނަމުގައި މީހަކު، ހެއްދެވިފަރާތަށް ބިރެއް ކަމެއް ނެތި، ދޮގުވާހަކަތައް ލިޔެ ނަގަނީއެވެ.
ދަންނަކަލޭގެފާނު
11 June 2025
މޮރިޝަސްއަށް ޗާގޯސް ދޭން ސޯލިހު ސިޓީއެއް ނުފޮނުވާ. ފޮނުވި ސިޓީއަކީ ޗާގޯސްއާ ރާއްޖެއާ ދެމެދުގެ ކަނޑު ބަހާފައޮތް ގޮތާމެދު އިއުތިރާޒެއް ނެތްކަމަށް ފޮނުވި ސިޓީއެއް. ކަނޑު ބަހާފަ އޮތްގޮތުން ކަނޑުން ރާއްޖެއަށް ލިބެންއޮތް ބައެއް ގެއްލިގެން ދާގޮތަށް ރާއްޖެއިން އެއްބަސްވުން މައްސަލައަކީ. އެކަމަކު މޮރިޝަސްއަށް ޗާގޯސްގެ ފުރިހަމަ ސިޔާދަތީ ބާރު އަދި ނުލިބޭތީ ރާއްޖެއަށް ލިބެން އޮތް ބައި ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް.. ހަގީގަތަށް ވާހަކަ ދައްކާ..
ނާޑުވާ
11 June 2025
ޗާގޯސް އަކީ ބަޔަކު ދިރިއުޅެމުން އައި ޖަޒީރާ ރަށްތަކެކެވެ. އެތަނަކީ އެއްވެސް ޒަމާނެއްގައި ދިވެހިން އުޅުނު ތަނެއް ނޫން. އެތަން މިހާރު އެ ދިނީ އެތަނުން ބޭލި އެތަނުގެ ވަޒަންވެރިންނަށް. މިއީ ސޯލިހުއާ އާޒިމާ އާ މުނައްވަރާ ގުޅިފައޮތް ކަމެއް ނޫން. އެކަމަކު ސޯލިހުގެ މަސައްކަތުން ކަނޑުން އޮތީ ތަންކޮޅެއް އިތުރުވެފަ. މި ޙަޤީޤަތް އޮޅިގެން އުޅެނީ ސިޔާސީ ކަމަށް ހެދިގެން އުޅޭ މޮޔައިންނަށް.
ކަނބުރުގެ
11 June 2025
އިނގިރޭސީން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރީމަ އިނގިރޭސިންގެ ބައި ނިމުނީ. ދެން އޮތީ ރަށްތަކުގެ އަހުލުވެރިން ގޮސް އެމެރިކާ މީހުން އެތަނުން ބޭރުކުރުން. އެބައި އެބަޖެހޭ ގަދަޔަށް ޖައްސަން.
ޣާޒާ
11 June 2025
މިމީހުން ބޭނުންވީމަ 10ވަރަކަށްހާސްމީހުންނަށް ގައުމެއް ހަދާދެވޭއިރު މިލިއަން މީހުންގެ ބޮލަށް ކޮންމެދުވަހަކު ބޮންއޮއްސަނީ ދައުލަތެއްކަމަށް ބަލައިނުގަނެތިބެ.