ވެއްޓުނު ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިބި.
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ތަނަށް މީހުން ޖަމާވެފައި. -- ފޮޓޯ: ދަ ހިންދޫ
12 ޖޫން 2025 - 13:59
އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.
އޭއެންއައި އިން ރިޕޯޓްކޮށްފައިވާ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު މި ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ. ބޯޓުގެ ބައެއް ބައިތައް އެ އިމާރާތުގެ ތެރޭގައި ވެސް އެބަހުއްޓެވެ.
އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
ބޯޓު ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ނަމަވެސް ބޯޓު ވެއްޓެއް ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވެ އެވެ.
އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.
ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު އިރު ލޭންޑިން ގިއަރު ވެސް މައްޗަށް ނުނެގެ އެވެ.
ފްލައިޓްރާޑާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބޯޓު ވެއްޓުނީ ބެރޯމީޓާ އަލްޓިޓިއުޑުން 625 ފޫޓު (އެއާޕޯޓް އަލްޓިޓިއުޑް އިން ގާތްގަނޑަކަށް 200 ފޫޓް) މައްޗަށް އެރި ފަހުން އިތުރަށް މައްޗަށް ނާރައި ތިރިވަމުން ގޮހެވެ.
އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.
މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އެއްކޮށް އަނދައިފަ އެވެ.
ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.
އެއާއިންޑިއާ އޮޕަރޭޓްކުރާ ޓާޓާ ގްރޫޕްގެ ޗެއާމަން އެން ޗަންދްރަސޭކަރަން ނެރުއްވި ބަޔާނެއްގައި މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ މިވަގުތު ހުރިހާ ވިސްނުމެއް ހުސްކޮށްފައިވަނީ ބޯޓުން ދަތުރުކުރި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ކޮށްދެވެހެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
12 June 2025
އެކްސްޕީރިއަންސްޑް ކެޕްޓަަނެއްގެ ހައިސިއްޔަތުން ޑެބީއަށް ހީވަނީ އެއަބޯންވިތަނާ 2 އިންގީނު ޕްލޭމް އައުޓް (އިންގީނު ނިވުން) ވީހެން. މިއީ މިލިއަނަކުން އެއްފަހަރުވެސްވުން ނާދިރުކަމެއް. ވީޑިއޯއިން ފެންނަގޮތުގައި ބޯޓުގެ ފުރޮޅުވެސް ރިޓްރެކްޓްނުވެ (މައްޗަށް ނުނެގި) އިނީ. ޓޭކްއޮޕްކުރާތަނުން 2 އިންގީނު ފެއިލްވީމަ ޕައިލެޓުންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ.
ނަގިއްޔާ
12 June 2025
ފުލައިޓް ރަންވޭއިން ނައްޓާލިއިރު އަވަހަށް މައްޗަށް އަރަން ފްލެޕް އެކްސްޓެންޑްކުރާނެ، ވީޑިއޯއިން ފެންނަގޮތުން ފްލެޕް ހުރީ އެކްސްޓެންޑް ނުކޮށް، ނުކުރެވުނީކަމެއް، ކަމެއްދިމާވީކަމެއް، ބާޑް ސްޓަރައިކުވީކަމެއް.... ކޮންމެއަކަސް ފުރޮޅުވެސް ރިޓްރެކް ނުކުރެވެނީސް ދިމާވިކަމެއްވީމާ ހީވާގޮތުން ވަރަށް ބޮޑު ކަމެއް ދިމާވީ.
އާންޏެކޭ
12 June 2025
ބޯޓަށް ރަންވޭ ކްލިއަރެންސް ދެވޭނީ ޓޭކް އޯފް ޕްރޮސީޖަރ ފުރިހަމަ ކޮށްފަހުރި ކަމުގެ ޔަގީންކަން ލިބުމުން. އާންމުކޮށް ޓޭކް އޯފް ކުރާ ބޯޓެއްގެ ފްލެޕް ހުންނާނީ 5 ޑިގްރީއާ 15 ޑިގްރީއާ ދެމެދު އެކްސްޓެންޝަނެއްގަ. އެކަމަކު ބޯޓު ހުރި އުސްމިނަށް ބަލާއިރު ގުރޮޅު މައްޗަށް ނާރާ ހުރީމަ މައްސަލައެއް އުޅޭކަމަށް ފާހަގަވަނީ. ބޯޓު އެއާބޯން ވާތާ ފަސްވަރަކަށް ސިކުންތު ތެރޭ ފުރޮޅު މައްޗަށް ނަގާނެ.
ޢެޑްމުންޑޯ
12 June 2025
ކޮންމެ ގައުމެއްގައި ހިގިއަސް މިފަދަ ކޮންމެ ހާދިސާ އަކީ ދެރަވެ ހިތައް އަސަރުކުރާ ހާދިސާތައް ،
ޑޮކްޓާރ. ބަނާނާ
12 June 2025
ހިތާވެރި ހާދިސާއެއް! މިޑްރީމް ލައިނަރ ބޯޓް ފަހަރު ތަކަކީ ޑިޒައިން އާއި އަދި އިންޖީނު އާއިގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިގެން 2021–2022 މައްސަލަތައް ރަގަޅު ކުރުމަށް ޑެލިވަރވެސް ކުރުން ހުއްޓާ ލާފައިވާ ބޯޓްތަކެއް! އަދި މިކަންކަން ރަގަޅު ކުރުމަށް ފަހު ބޯޓް ތަކަކީ ސަލާމަތީގޮތުން ފެންވަރު ރަގަޅު ބޯޓް ތަކެއްކަމަށް :ބޯއިން" ބުނެފަވޭ. އުއްމީދަކީ މިހާދިސާ އިން ގިނަ ފުރާނަ ތައް ސަލާމަތް ވުން!
މުރާސިލް
12 June 2025
ޢަހަރެން އެއާއިންޑިޔާގެ ފުލައިޓުން ދަތުރު މިކުރީ މީގެ 3 ޑުވަސް ކުރިންނެވެ. ދުޢާއަކީ މިފަދަ ހިތާމަވެރި ހާދިސާތަކުން އަޅަމެން ރައްކާތެރި ކުެއްވުމެވެ.
ޕައިލެޓް ޖައްލެ
12 June 2025
އެއާ އިންޑިއާގެ ސޭފްޓީ ރެކޯޑް ބަލާލުން މުހިންމު
ރަދީފްއޮފިޝަލް / މޯދީ ސްކެލެން ޓްރޭންގަލް
12 June 2025
ހިތާމަވެރި ހާދިސާއެއް.އަނިޔާ ލިބުނު މީހުންގެ ހިތާމައިގަ ބައިވެރިވަން.
ޑޮކްޓާރ. ބަނާނާ
12 June 2025
މަރުވެ އަނިޔާ ލިބުނު މީހުންގެ ހިތާމައިގަ ބައިވެރިވަން.. ހާދަ ފާޑެއްގެ ޓްރޭންގަލް އެކޭ ދެއްތޯ އޮފިޝަލް ؟
ކައުންސެލަރު....
12 June 2025
ބޯއިންގ ޑްރީމްލައިނާގެ ބޯޓްތަކަކީ ވަރަށް މައްސަލަ ބޮޑު ބޯޓްތަކެއްކަން ތާރީޚުން އެނގެން އެބައޮތް
ކަޓިކާ
12 June 2025
787 ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރޯ މީ. ކުރިން މައްސަލަ ޖެހިފަ ހުރީ 737 ބޯޓު ގަޔޯ
ހަމީޒާ
12 June 2025
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދަވަޅުގެ ސަބަބުން އެމީހުންވެސް އާބޯޓެއް ނުގަންނަތާ ގަރުނެއް ވެފާވާއިރު މިހާރުހުރި މުސްކުޅި ބޯޓުތަށްވެސް ރަނގަޅަށް މަރާމާތު ނުކުރެވޭކަމަށްވަނީ.
ވާންޗޯ
12 June 2025
ފޭކް ލައިސަން އައްކަށް ތިވާނީ