އެއާ އިންޑިއާގެ ވެއްޓުނު މަތިންދާބޯޓު، އެއާޕޯޓް ކައިރީ ހުންނަ ހޮސްޓެލް އިމާރާތެއްގެ ތެރެއަށް ވަދެފައި. -- ފޮޓޯ: އޭއެފްޕީ
12 ޖޫން 2025 - 18:11
މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި، އެ ހާދިސާގެ ދެ ގަޑިއެއްހާއިރު ކުރިން ދަތުރުކުރި ކަމަށް ބުނާ މީހަކު އެ ބޯޓުން ފާހަގަކުރެވުނު އާދަޔާ ހިލާފް ކަންތައްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
އާކާޝް ވަޓްޝާ ނަމަކަށް ކިޔާ މީހަކު އެ ބޯޓުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ވީޑިއޯތަކާ އެކު ބުނެފައިވާ ގޮތުގައި އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެ އެވެ. ބޯޓުގެ އޭސީ ވެސް ނުޖެއްސި ތިބެންޖެހުނީ ގަދަ ހޫނުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހްމަދުއާބާދުން އެ ބޯޓު ފުރުމުގެ ދެ ގަޑިއިރު ކުރިން އަހަރެން އޭގައި އިނިން. ދިއްލީން އަހްމަދުއާބާދަށް އައި އިރު އާދަޔާ ހިލާފް ކަންތައްތަކެއް ފާހަގަވި،" އޭނާ ލިޔެފައިވެ އެވެ.
ވަޓްޝާ ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ދިއްލީން އެ ބޯޓު ފުރުމުގެ އިރުކޮޅެއް ކުރިން ވެސް ބޯޓުގެ އޭސީ މަސައްކަތް ނުކުރާތީ މީހުން ފޮތް ފަދަ ތަކެތިން ވިހެގެން ވައި ޖައްސާތީ ފެނެ އެވެ. އެ ވީޑިއޯގައި އޭނާ ބުނާ ގޮތުގައި މިއީ ދިއްލީއަށް ހޫނު ގަދަ ދުވަހެއް ނަމަވެސް އޭސީއެއް ނުޖެއްސެ އެވެ.
އެ ވީޑިއޯތަކުގައި މީހުން އޭސީން ފިނި އާދޭތޯ ބަލަން އަތް ނަގައިގެން ތިބޭތީ ވެސް ފެނެ އެވެ.
I was in the same damn flight 2 hours before it took off from AMD. I came in this from DEL-AMD. Noticed unusual things in the place.Made a video to tweet to @airindia i would want to give more details. Please contact me. @flyingbeast320 @aajtak @ndtv @Boeing_In #planecrash #AI171 pic.twitter.com/TymtFSFqJo
— Akash Vatsa (@akku92) June 12, 2025
ވެއްޓުނު ބޯޓުން ފެނުނު ކަމަށް ބުނާ މައްސަލަތައް ކިޔައިދޭ ވީޑިއޯތައް
ބޯއިން 787-8 ޑްރީމްލައިނާގައި އިނދެ ވަޓްޝާ ވާހަކަ ދައްކަމުން ނަގާފައިވާ ވީޑިއޯގައި އިންފްލައިޓް އެންޓަޓައިންމަންޓް ސިސްޓަމުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭގެ ރިމޯޓަށް ފިތައި ބޮކިތައް ދިއްލަން އުޅެ އެކަން ވެސް ނުވި ކަމަށާއި ކެބިން ކްރޫންނަށް ގޮވުމަށް ބޭނުންކުރާ ބަޓަންތަކަށް ފިތުމުން އޭގެ މަސައްކަތް ވެސް ނުކުރާކަން ވަޓްޝާ ބުނެ އެވެ.
ދިއްލީން އަހްމަދުއާބާދަށް އައުމަށް އެންމެން ފްލައިޓަށް އަރާފައި ވަނިކޮށް ފްލައިޓް ނަންބަރު ބަދަލުކުރި ކަމަށާއި އެހެންވެ ކަނެކްޓިން ފްލައިޓަކަށް ލަންޑަނަށް ދާން އޭގައި ތިބި މީހުން އެ ހިސާބުން ފައިބަން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭވިއޭޝަން ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޑްރީމްލައިނާ 787-8 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނަށް 230 ފަސިންޖަރުންނާއި 12 ކްރޫންނާ އެކު ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގައި، ބޯޓު މައްޗަށް ނާރައި މަޑުމަޑުން ތިރިވަމުން ގޮސް ވެއްޓުނީ އެއާޕޯޓް ކައިރީގައި ހުރި ޑޮކްޓަރުންގެ ހޮސްޓެލްއަކަށެވެ. އެ އިމާރާތުގެ ތެރެއަށް މަތިންދާބޯޓުގެ އެއް ބައި ވަދެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އިމާރާތާއި ބޯޓު ވެސް ވަރަށް ބޮޑަށް އަނދައިފަ އެވެ.
އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހަކު ތިބި ބޯޓުން އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް އަދި ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްޑޫޅް +
14 June 2025
މިއިން އެނގޭ އެއްޗަކީ އެޔާ އިންޑިޔާ އާއި، އިންޑިޔާ ގެ އެންމެހައި ވެރީން މިކަމުގައި، އިހުމާލުވާ ކަމުގަ. ދައުވާ ކުރެވި، މި، އިންޑިޔާގެ ކުށްވެރި ބައިގަނޑަށް އަދަބު ލިބެން އެބަ ޖެހޭ. މީގެ އިތުރުން އެނގޭ އެއްޗަކީ، އިންޑިޔާ އަކީ ތިންވަނަ ދުނިޔޭގެ، ޓިނު-ތެލި ދޮންކެޔޮ ޖުމްހޫރިއްޔަތެއް ކަމުގަ. ކުޑަވެސް އަގެއްނެތް، ބައިގަނޑެއް.
ސައިބަރ-އިންޓެލް
13 June 2025
ތިފުލައިޓުގެ ސިސްޓަމްތައް ހެކްކޮށް ކޮންޓްރޯލް އަތުލީ ކަމަށްވެސް ވެދާނެ?
ޢަޒު
13 June 2025
ދަރިންނޭ މިހާދިސާތަކުން އެނގިގެންދަނީ އެންމެ ކުޅަދުންވަންތަ ފަރާތަކީ މާތްﷲކަން
ޗަކްބަރީ
13 June 2025
ތިމީހާ ދައްކާފައި ތިހިރީ ފްލައިޓެއް ވެއްޓުމާ އެއްގޮތަކަށްވެސް ގުޅޭ ކަންކަމެއް ނޫން. އޯޑިޔޯ ވީޑިޔޯ އޭސީފަދަ އާލާތްތައް މަސައްކަތް ނުކުރާ ފަހަރު އައިސްފައި ހުރޭ. އެއީ ބޯޓު ވެއްޓުމާ ގުޅޭ ކަމެއް ނޫން. ތިމީހާ އެކްސްގައި އެވާހަކަތައް ހިމެނުމުން އޭނާޔަށް ހުރިހާ އެންމެންވެގެން ބަވައި ނެގީ.
ޓައިޕިކަލް އިންޑިއަން.
12 June 2025
"އޭވިއޭޝަން ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޑްރީމްލައިނާ 787-8 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ." ރަފޭލް ޖެޓް ވެސް ފުރަތަމަ ފަހަރަށް ވެެއްޓުނީ އިންޑިއާ އެއަރފޯސް އަށް ވިއްކިފަހުން. ފުރާންސް ކުންފުނިން މިހާރު މޮޔަ ހީވެގެން އެއުޅެނީ.
ޙަސަންކ
12 June 2025
ތީގަ ތިހިރި އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއްނޫން
ލުބްލާ2025
12 June 2025
ހޮޅި ވާހަކަ ނުދައްކާ. ތި މީހަކު ޕޯސްޓުކުރި ވީޑިއޯތަކުގަ ހުރީ ބޯޓު ވެއްޓެން މެދުވެރިވާ ކަހަލަ ކަންކަމެއްނޫން. އެންޓަޓެއިންމަންޓް ސިސްޓަމް މަސައްކަތް ނުކުރުން އަދި ޓޭކްއޯފް ކުރާ ވަގުތު އޭސީއިން ފިނިނުވުން އެއީ ބޯޓުގެ ސަލާމަތީ ނިޒާމުތަކާ ގުޅޭ ކަންކަމެއްނޫން. އަދި އެއީ ވަރަށް ކޮމަން، ކުދި ކުދި މައްސަލަ.
މުލި
12 June 2025
މާނަ އަކީ އޭގެ މެއިންޓަނަންސަށް ސަމާލުކަމެއް ދެވިފައިނުވާ ވާހަކަ ، މަވެސް ޗެންނާއިން ބެންގަލޫރަށް އެއަރ އިންޑިޔާގެ ފްލައިޓަކަށް އެރިން ، އޭގެ ހާލަތު ފެނިފައި ސަހަރޯއޭ ހިތަށްއެރި -
ކުރުމަ
13 June 2025
އޭގެ ޒާތުގައި އަސަރެއް ކުރާ ކަމަކަށް ނުވެދާނެ. އެހެންނަމަވެސް އެއިން ދޭހަވަނީ މެއިންޓަނަންސް އާ މެދު އިހުމާލުވެފައިވާކަން. ނަމަވެސް ލިޔުމުގައި އެކަން ތަފްސީލުކޮށްފައި ނެތުމަކީ އުނިކަމެއް. އެތައް ބަޔަކު ގޮވައިގެންދާއިރު މެއިންޓަނަންސް ގެ މަސައްކަތްތައް ނުބެލެހެއްޓުމަކީ ބޭރަށް ފެންނަ ފަރުވާކުޑަކަމެއް. ފަހަރުގައި އެއީ ސަލާމަތީ ކަންކަމާ ގުޅޭ އެސްއޯޕީގައި ހުރި ކަންކަމަށް ނުވެދާނެ. ސީރިއަސް ކަމެއް މިއީ، މިއަށްވުރެ ރަނގަޅަށް ބެލެހެއްޓެންވާނެ.
އެކްސިް
12 June 2025
ގިނަ ފަހަރު ބޯޓު ވެއްޓެނީ ޕައިލެޓް އެރާއިން.
މިސު
12 June 2025
ސުވާލަކީ ކީއްވެތޯ ޓްވިން ޓަވަރު ވެއްޓެންވީ ތިގޮތަށް ބޯޓެއް އަރައިން
މަބުނީ
12 June 2025
ޓްވިންޓަވަރުހުރީ ދަނޑިފަނުންއަޅާފަ. އަދި ކުޑަބޯޓެއް އެރީވެސްދީ.
ޒާކިރު
12 June 2025
ބްރަދާ އާސްކްޑް އަ ވެރީ ގުޑު ކުއެސްޗަން.
ބަބޫ
12 June 2025
ކިތައް މީހުން މަރުވިކަމެއް ނޭގޭތަ؟